Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ސިޔާސީ އޮއެވަރު

އެމެރިކާގެ ސިޔާސީ އޮއެވަރު އޮތް ގޮތުން އޮބާމާ ވަރުގަދަ އިންޒާރެއް ދެއްވައިފި

5 ނޮވެމްބަރު 2022 | ހޮނިހިރު 07:15

މި އުފެދެނީ ވަރަށް ނުރައްކާ އޮއެވަރެއް. ބަޑިއާއި ހަނގުރާމަމަތީ ހެދުމުގަ އުޅެން ހިތްވަރު ދެންޏާ، އަދިވެސް އިތުރު ބަޔަކަށް އަނިޔާވާނެ ކަމަށް ވިދާޅުވި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 ނޮވެމްބަރު 2022 | ހޮނިހިރު 07:15
ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގައި މި ފަހަކަށް އައިސް ހިންގާ، އެފަދަ ނާތަހުޒީބީ ޢަމަލުތައް ވަނީ އިތުރުވެފައި

ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގައި މި ފަހަކަށް އައިސް ހިންގާ، އެފަދަ ނާތަހުޒީބީ ޢަމަލުތައް ވަނީ އިތުރުވެފައި

އެމެރިކާގެ މިއަދު އޮތް ސިޔާސީ މަޞްރަހަށް ބަދަލު ނުގެނެސްފިނަމަ، އަދިވެސް އިތުރު ބަޔަކަށް އަނިޔާ ވާނެ ކަމަށް، އެމެރިކާގެ ތާރީޚު ދުށް އެންމެ މަޤުބޫލު އެއް ރައީސްގެ ގޮތުގައި މުޅި ދުނިޔެވެސް ސިފަ ކުރަމުންދާ ބަރާކް އޮބާމާ އިންޒާރު ކުރައްވައިފިއެވެ.

ނެވާޑާގައި ކުރިއަށް ދިޔަ ކެމްޕޭން ރެލީއެއްގައި އޮބާމާ މިފަދަ އިންޒާރެއް ދެއްވާފައި މި ވަނީ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް، ނޭންސީ ޕެލޯސީގެ ފިރިކަލުން، ޕޯލް ޕެލޯސީއަށް މަރުތޭލަކުން ހަމަލާ ދީ، ޒަޚަމްކޮށްލި ހާދިޡާއާ ގުޅުވައިގެންނެވެ.

ނޭންސީ ޕެލޯސީ ގޭގައި ވަދައިގެން ނޫޅުއްވާ ވަގުތެއްގައި، އުމުރުން 42 އަހަރުގެ މީހަކު އެ ގެއަށް ވަދެ، އުމުރުން 82 އަހަރުގެ ޕޯލް ޕެލޯސީއަށް މަރުތޭލަކުން ހަމަލާ ދީ ޒަޚަމްކޮށްލީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ހާދިޘާގައި ޕޯލް ޕެލޯސީގެ ބޮލުގެ ނާށިގަނޑުގައި ރެނދުލާފައި ވީ ނަމަވެސް، މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޮބާމާވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ޕޯލް ޕެލޯސީގެ ހާލު ރަނގަޅުވަމުން އައި ކަމުގައި ވީ ނަމަވެސް، ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް އޮބާމާ ވިދާޅުވިއެވެ. އެގޮތުން މިފަދަ ޢަމަލުތަކަކީ އަސާސީ މަދަނީ ސުލޫކާއި ޑިމޮކްރަސީގެ އާންމު އުސޫލުތަކާ ޚިލާފުން ހިންގާފައިވާ އަމަލެއް ކަމަށް އޮބާމާ ވަނީ ސިފަ ކުރައްވާފައެވެ.

ޕޯލް ޕެލޯސީ ހާލުކޮޅު މިހާރު ރަގަޅު ވަމުން އައުމާއެކު ހޮސްޕިޓަލުން ދޫކޮށްލުމުން ނެންސީ ވަނީ ހޮނިހިރު ދުވަހު މަސައްކަތަށް ނިކުންނަވާފައެވެ. އަދި އެކަމަނާވެސް ވަނީ އޮބާމާ އާ އެއްބީދައަކުން ވާހަކަފުޅު ދައްކަވާފައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގައި މި ފަހަކަށް އައިސް ހިންގާ، އެފަދަ ނާތަހުޒީބީ ޢަމަލުތައް ވަނީ އިތުރުވެފައެވެ. އެގޮތުން، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބީ ނަތީޖާތައް ބަދަލު ކުރުމަށް އަމާޒު ހިފައިގެން، އޭރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުން، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ހިންގި ޖަރީމާ ފާހަގަ ކުރަން ޖެހެއެވެ.  

ވެރިކަމުގެ 2 ދަޢުރު ފުރިހަމަ ކުރެއްވުމަށްފަހު 2017 ވަނަ އަހަރު ސިޔާސީ މައިދާނުން ހިސާބަކަށް ހަވާސާ ވެވަޑައިގެންނެވި އޮބާމާއަކީ، އެމެރިކާގައި މިއަދު ވެރިކަން ކުރަމުންދާ ޑިމޮކްރެޓިކް ޕަރޓީގައި މިވަގުތު ހުންނެވި އެންމެ މަޤުބޫލު ސިޔާސީ ޝަޚްސެވެ. އޮބާމާ މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުތަކަކީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މިޑް-ޓަރމް އިންތިޚާބުގައި، އެ ޕާޓީގެ މެންބަރުންނަށް ތާޢީދު ކަށަވަރު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކެކެވެ.

އެމެރިކާބަރަކް އޮބާމާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް