Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮރެޔާގެ މަސްރަހު ހޫނުވުން

ދެ ކޮރެޔާ ދެމެދު މަސްރަހު ހޫނުވެއްޖެ

2 ނޮވެމްބަރު 2022 | ބުދަ 10:23

އުތުރު ކޮރެޔާގެ އަމަލުތަކަށް ދެކުނު ކޮރެޔާއިން ރައްދު ދިން މިއީ ފުރަތަމަ ފަހަރު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 2 ނޮވެމްބަރު 2022 | ބުދަ 10:23
އުތުރު ކޮރެޔާ އިން ފޮނުވާލި މިސައިލް އެއް

އުތުރު ކޮރެޔާ އިން ފޮނުވާލި މިސައިލް އެއް

އުތުރު ކޮރެޔާ އިން މިސައިލެއް ޓެސްޓުތަކެއް ކުރިތާ ދެތިން ގަޑިއިރު ތެރޭ ދެކުނު ކޮރެޔާ އިން ވެސް މިސައިލްތަކެއް ފޮނުވާލައިފިއެވެ. ދެ ފަރާތުން ފޮނުވާލި މިސައިލް ވެސް ވެއްޓިފައިވަނީ އަނެއް ފަރާތުގެ ކަނޑުގެ ސަރަހައްދަށެވެ. މިއީ މިގޮތަށް ދެ ފަރާތުން އެއް ފަހަރާ މިސައިލް ފޮނުވާލި ފުރަތަމަ ފަހަރެވެ.

އުތުރު ކޮރެޔާ އިން ބުދަ ދުވަހު ފޮނުވާލި އެއް މިސައިލް ވެއްޓިފައިވަނީ ދެކުނު ކޮރެޔާގެ ދެކުނުގެ ސިޓީ އެއްކަމަށްވާ ސޮކްޗޯ އާ 26 ކިލޯމީޓަރު ދުރުން ކަނޑު ތެރެއަށެވެ. މިއާއެކު އެގައުމުގެ އަސްކަރިއްޔާއިން ވަނީ އެކަން ކުށްވެރިކޮށް މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި މިއީ ސަރަހައްދީ މިނިވަންކަމަށް އަރައިގަތުމެއް ކަމަށް ބުނެފައިވެއެވެ. އޭގެ ދެތިން ގަޑިއިރު ތެރޭ ދެކުނު ކޮރެޔާ އިން ވަނީ ތިން އެއަރ-ޓު-ގްރައުންޑް މިސައިލް ފޮނުވާލާފައެވެ. މި ތިން މިސައިލް ވެސް ވެއްޓިފައިވަނީ އުތުރު ކޮރެޔާގެ އިންވަކިކުރާ ރޮނގުގެ އެތެރެ އަށް އެއް ދުރުމިނަކަށް ކަނޑު ތެރެއަށެވެ.

ޑިމާކޭޝަން ލައިން ނުވަތަ އިންވަކިކުރާ ރޮނގަކީ ދެކޮރެޔާ ދެމެދުގެ ކަނޑުގެ ސަރަހައްދު މެދުން ބައި ކުރުމަށް ކަނޑައަޅާފައިވާ "ރޮގެނވެ". ނަމަވެސް މިއީ އުތުރު ކޮރެޔާ އިން ގަބޫލު ކުރާ އިމެއް ނޫނެވެ.

އަންގާރަ ދުވަހު އުތުރު ކޮރެޔާ އިން ވަނީ އެމެރިކާ އާ ގުޅިގެން ދެކުނު ކޮރެޔާ އިން ކުރިޔަށްގެންދާ ޖޮއިންޓް މިލިޓަރީ ތަމްރީންތައް ކުރިޔަށް ގެންދާ ނަމަ މުޅި ތާރީޚުގައި ވެސް ދައްކަން ޖެހިފައި ނުވާވަރުގެ އަގެއް ދެކުނު ކޮރެޔާ އިން ދައްކަން ޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. މިއީ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރާނެ ކަމުގެ އިޝާރާތެއް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އުތުރު ކޮރެޔާ އިން ނިއުކްލިއަރ ހަތިޔާރު ޓެސްޓުކުރުމުގެ މަސައްކަތް ދާދި އަވަހަށް އަލުން ފަށަން ތައްޔާރުވެފައިވާ ކަމަށް އެމެރިކާ އަދި ދެކުނު ކޮރެޔާގެ އިންޓެލިޖަންސް އިން ބުނެފައިވެއެވެ.

ދެކުނު ކޮރެޔާ އިން އުތުރު ކޮރެޔާ އަށް ރައްދުދީ މިސައިލް ފޮނުވާލާފައި މިވަނީ އެގައުމު ބޮޑުހިތާމައެއްގަ ވެސް ވަނިކޮށެވެ. އެއީ ހެލޮވީން ފާހަގަ ކުރުމަށް އެއްވި މީހުން ފިތިގެން 150 މީހުން މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ.

ދެކުނު ކޮރެޔާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ބުދަދުވަހު އުތުރު ކޮރެޔާ އިން އެކި މިސްރާބުތަކަށް މަދުވެގެން 10 މިސައިލް ފޮނުވާލާފައިވެއެވެ. ރައްދުގައި ދެކުނު ކޮރެޔާ އިން މިސައިލް ފޮނުވާލީ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުންނެވެ.

އުތުރު ކޮރެޔާ އިން މިއަހަރުގެ މިހާތަނަށް 50 އަށް ވުރެގިނަ މިސައިލް ޓެސްޓުކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ބެލިސްޓިކް މިސައިލް ވަނީ ޖަޕާންގެ މަތިން ވެސް ގޮސްފައެވެ.

އެމެރިކާ އާއެކު ދެކުނު ކޮރެޔާ އިން އޮގަސްޓް މަހު ފަށާފައިވާ ޖޮއިންޓް މިލިޓަރީ ތަމްރީންތަކަށް އެމެރިކާގެ ނިއުކްލިއަރ ސަބްމެރީނެއް ވަނީ ހޯމަ ދުވަހު އެހިސާބަށް ގެނެސްފައެވެ.

އުތުރު ކޮރެއާދެކުނު ކޮރެއާދުނިޔެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2025

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ
27 ފެބުރުއަރީ 2025

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި
18 ޑިސެމްބަރު 2024

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ
14 ޑިސެމްބަރު 2024

ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ޑިސެމްބަރު 2024
ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި
11 ޑިސެމްބަރު 2024

މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި

11 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި
08 ޑިސެމްބަރު 2024

މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި
06 ޑިސެމްބަރު 2024

ދެކުނު ކޮރެއާގެ ރައީސްގެ ބާރުތައް ހިފެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ލީޑަރު ގޮވާލައިފި

06 ޑިސެމްބަރު 2024
ދެކުނު ކޮރެއާގެ ރައީސްގެ ބާރުތައް ހިފެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ލީޑަރު ގޮވާލައިފި
04 ޑިސެމްބަރު 2024

ދެކުނު ކޮރެޔާގައި ކުއްލި ގޮތަކަށް އިއުލާނު ކުރި މާޝަލް ލޯ އާއެކު ރައީސް ގެ އިސްތިއުފާ އަށް ޕްރެޝަރ ބޮޑުވެއްޖެ!

04 ޑިސެމްބަރު 2024
ދެކުނު ކޮރެޔާގައި ކުއްލި ގޮތަކަށް އިއުލާނު ކުރި މާޝަލް ލޯ އާއެކު ރައީސް ގެ އިސްތިއުފާ އަށް ޕްރެޝަރ ބޮޑުވެއްޖެ!
24 ޖުލައި 2024

އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް

24 ޖުލައި 2024
އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް
07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް