Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބާސެލޯނާ އިން ފަހު މެޗުގައި މޮޅެއް ހޯދައިފި

ޕްލެޒެންގެ މައްޗަށް ބާސެލޯނާ އިން ކުރި ހޯދީ 4-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ނޮވެމްބަރު 2022 | ބުދަ 03:03
ޕްލެޒެން އާއި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން

ޕްލެޒެން އާއި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސީގެ ފަހު މެޗުގައި ބާސެލޯނާ އިން ވިކްޓޯރިއާ ޕްލެޒެން ބަލިކޮށްފިއެވެ.

ޕްލެޒެންގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ އެ ޓީމާ ދެކޮޅަށް ނުކުތްއިރު ވެސް ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގުން ކަޓައިފައެވެ. ޕްލެޒެންގެ މައްޗަށް ބާސެލޯނާ އިން ކުރި ހޯދީ 4-2 އިންނެވެ. ގްރޫޕް ސްޓޭޖުގައި ބާސެލޯނާ އަށް ހޯދުނީ ދެ މޮޅެވެ. އެ ދެ މޮޅަކީ ވެސް ޕްލެޒެން އާ ދެކޮޅަށް ހޯދުނު މޮޅެވެ. ތިން މެޗުން ބަލިވީއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

މުބާރާތުން ކަޓާފައި އޮތުމުން ޕްލެޒެން އާ ދެކޮޅަށް ބާސެލޯނާގެ މުހިންމު ބައެއް ކުޅުންތެރިން ނުކުޅެއެވެ. އޭގެ ތެރޭގައި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ، އެއް ނަންބަރު ގޯލް ކީޕަރު ޓާ ސްޓެެގެން، ފްރެންކީ ޑި ޔޯން ފަދަ ކުޅުންތެރިން ހިމެނެއެވެ.

މެޗުގެ ހަ ވަނަ މިނެޓުގައި އަންސު ފާޓީ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސެލޯނާ އަށް ލީޑު ނަގައިދިނީ މާކޮސް އަލޮންސޯއެވެ. ބާސެލޯނާގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފު ނިމެން މިނެޓެކަށްވެފައި ވަނިކޮށް ޖެހީ ފެރާން ޓޮރޭސްއެވެ. އެއީ ޖޯޑީ އަލްބާގެ އެހީތެރިކަމާ އެކު އޭނާ ޖެހި ލަނޑެކެވެ. ދެ ވަނަ ހާފަށް ނުކުމެ ޕްލެޒެން އިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. 51 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި ލަނޑު ޖެހީ ޗޮރީއެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ފެރާން ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހާފައެވެ. ޕްލެޒެންގެ ދެ ވަނަ ލަނޑު 63 ވަނަ މިނެޓުގައި ޖެހީ ވެސް ޗޮރީއެވެ. އޭގެ ފަހުން 75 ވަނަ މިނެޓުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ޓޮރޭ ކަރާލްއެވެ.

މެޗުން މޮޅުވެ ބާސެލޯނާ ނިންމާލީ ތިން ވަނައިގައެވެ. އެއީ ހަ މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ޕްލެޒެން ގްރޫޕް ސްޓޭޖު ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ. އަންނަ ސީޒަނުގައި ބާސެލޯނާ އަށް ޖެހޭނީ ޔޫރޮޕާ ލީގުގައި ވާދަކުރާށެވެ.

ޗެމްޕިއަންސް ލީގުބާސެލޯނާވިކްޓޯރިއާ ޕްލެޒެން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު