Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ފުރިހަމަ އިތުބާރު ޒަވީ އަށް އެބަ އޮތް، ބޭނުންވާ ހުރިހާ ތައްޓެއް ހޯދޭނެ

އޭނާ ބުނީ ބާސެލޯނާ އިން ޒަވީ އަށް އިތުބާރު ކުރާ ކަމަށާއި އޭނާ އާ އެކު ބާސެލޯނާ އިން ދާން ބޭނުންވާ މިސްރާބަށް ދެވޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ނޮވެމްބަރު 2022 | ބުދަ 02:06
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ސްޕެއިންގެ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށް އެ ކުލަބުން ހާމަކޮށްފިއެވެ.

ކުރިން ކުޅުންތެރިޔެއްގެ ގޮތުގައި ބާސެލޯނާ އަށް ކުޅެ އެ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒަވީ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. ބާސެލޯނާ އާ ހަވާލުވެ އޭނާ ވަނީ އެ ކުލަބު އޭރު އޮތް ހާލަތުން ސަލާމަތް ކުރުމަށް އިސް ދައުރެއް އަދާކޮށްފައެވެ. ޒަވި އާ އެކު ބާސެލޯނާގެ ކުޅުމުގެ ވައްޓަފާޅު ރަނގަޅުވެ، އެ ޓީމުން ވަނީ މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައެވެ. އައު ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ބާސެލޯނާ އިން ހޯދިއެވެ. ނަމަވެސް އެ ކުޅުންތެރިންނާ އެކު ވެސް މި ސީޒަންގައި ބާސެލޯނާ އަށް ނަތީޖާ އަދި ރަނގަޅެއް ނޫނެވެ. އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުން ކަޓައި، އަނެއްކާ ވެސް ޔޫރޮޕާ ލީގު ކުޅެން ޖެހިފައެވެ.

އެއާއެކު ޒަވީގެ ކުރިމަގާ ގުޅޭ ގޮތުން މީޑިއާތަކުގައި ސުވާލު އުުފައްދަމުން އައި ނަމަވެސް ބާސެލޯނާ އިން ވަނީ އެކި ފަހަރު މަތިން ޒަވީ އަށް އިތުބާރު އޮތް ކަމަށް ހާމަކޮށްފައެވެ. ޒަވީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބާސެލޯނާގެ ނައިބު ރައީސް ރަފާ ޔޫސްޓް ބުނީ ޒަވީ އަކީ ބާސެލޯނާ އިން ބޭނުންވާ އަދި ކުލަބުން ލޯބިވާ ކޯޗެއް ކަމަށެވެ. އޭނާ ބުނީ އެކަމާ މެެދު ސުވާލެއް ނެތް ކަމަށާއި، ސުވާލެއް އުފައްދާނެ ޖާގައެއް ވެސް ނެތް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ، ބާސެލޯނާ އިން ޒަވީ އަށް އިތުބާރު ކުރާ ކަމަށާއި، އޭނާ އާ އެކު ބާސެލޯނާ އިން ދާން ބޭނުންވާ މިސްރާބަށް ދެވޭނެ ކަމަށެވެ. ޔޫސްޓް ބުނީ ބާސެލޯނާ އިން ބޭނުންވާ ހުރިހާ ތައްޓެއް ޒަވީ އަށް ކާމިޔާބުކޮށްދެވޭނެ ކަމަށެވެ. އެކި ފަހަރު މަތިން ޒަވީ ވެސް ވަނީ އެ ވާހަކަތައް ދައްކާފައެވެ. ޒަވީ ބުނަމުން އަންނަނީ ބާސެލޯނާ އޮތީ އެ މީހުން އުންމީދު ވެސް ނުކުރާ ޙާލަތެއްގައި ކަމަށާއި، ނަމަވެސް އޭނާ އަށް މަސައްކަތާ މެދު އިތުބާރު އޮތް ކަމަށެވެ.

ބާސެލޯނާ އިން އޮތީ ސްޕެނިޝް ލީގުގެ ދެ ވަނަ މަގާމުގައެވެ.

ބާސެލޯނާޒަވީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު