Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕާ ދިމާކޮށް ސަޕޯޓަރުންނަށް ކޮންސިއުލަރ ޚިދުމަތް ދޭނެ ސެންޓަރެއް ޤަތަރުގައި

ވޯލްޑް ކަޕް މުބާރާތަކާ ދިމާކޮށް ބައިނަލްއަޤުވާމީ ކޮންސިއުލަރ ސެންޓަރެއް ޤާއިމުކުރި މިއީ ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޮކްޓޯބަރު 2022 | ހޯމަ 07:36
ޤަތަރުގައި ޤާއިމުކުރި ކޮންސިއުލަރ ސެންޓަރު

ޤަތަރުގައި ޤާއިމުކުރި ކޮންސިއުލަރ ސެންޓަރު

އަންނަ ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް ކޮންސިއުލަރ ޚިދުމަތް ދޭނެ ސެންޓަރުތަކެއް އެ ޤައުމުގައި ޤާއިމުކޮށްފިއެވެ.

މި ސެންޓަރަކީ މުބާރާތް ކުރިއަށްދާ ދުވަސްވަރު އެ ޤައުމަށް ދަތުރުކުރާ ސަޕޯޓަރުންނަށް ޚާއްސަކުރާ ސެންޓަރެކެވެ. މިއީ ބައިނަލްއަޤުވާމީ މައުލޫމާތާއި، ދަތުރުވެރިންގެ އެހެނިހެން ކަންކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ މަޤުސަދުގައި ޤާއިމު ކުރި ސެންޓަރެއް ކަމަށް އެ ޤައުމުން ބުނެއެވެ. މި ސެންޓަރުން ދަތުރުވެރިންގެ ވިސާ އާއި އެހެނިގެން ލިޔެކިޔުންތައް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ޤަތަރުން ބުނެއެވެ.

މި ސެންޓަރު މިހާރު ހުޅުވާފައިވާއިރު ޤަތަރު 2022 ގެ ސީއީއޯ ނާސިރު-އަލް ޚަތެރް ވިދާޅުވީ މުބާރާތަށް 20 ވަރަކަށް ދުވަސްވެފައިވާ އިރު، މިހާތަނަށް އެތައް މަސައްކަތެއް ކުރެވިއްޖެ ކަމަށާއި ކުރިއަށް ކުރަން ވެސް މަސައްކަތްތަކެއް ހުރި ކަމަށެވެ. އޭނާ ވިދާޅުވީ އެ މީހުންގެ ބޭނުމަކީ މިއީ މިހާތަނަށް ބާއްވާ އެންމެ ކާމިޔާބު އަދި އެންމެ ފުރިހަމަ ވޯލްޑް ކަޕް މުބާރާތަށް ހެދުން ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މުބާރާތް ބެލުމަށް އަންނަ ސަޕޯޓާރުންނަށް މަރުޙަބާ ކިޔައި، އެންމެ ފުރިހަމަ އިންތިޒާމުތައް ފޯރުކޮށްދިނުމަށް ތައްޔާރު ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ވޯލްޑް ކަޕް މުބާރާތަކާ ދިމާކޮށް ބައިނަލްއަޤުވާމީ ކޮންސިއުލަރ ސެންޓަރެއް ޤާއިމުކުރި މިއީ ފުރަތަމަ ފަހަރަކު ކަމަށެވެ. އޭނާ ބުނީ މި ސެންޓަރު ޤާއިމުކޮށްފައިވާނީ ސަޕޯޓަރުންނަށް އެންމެ ފަސޭހައިން ދެވޭނެ ހިސާބެއްގައި ކަމަށެވެ. އަދި މުބާރާތުގެ ޓިކެޓު ވިއްކާ މެއިން ސެންޓަރު ވެސް ހުންނާނީ އެތަނުގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޤަތަރުގެ އުންމީދަކީ އެ ޤައުމަށް ދަތުރުކުރާ ފަރާތްތަކާއި، މުބާރާތަށް އަންނަ ޓީމުތަކަށް އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމެވެ. މީގެ އިތުރުން އެ ޤައުމުން ދޭ ޔަގީން ކަމަކީ މިއީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ މުބާރާތަށް ވާނެ ކަމުގެ ޔަގީންކަމެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު