Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުފްތީގެ ދަރުސް

ޒަކާތަކީ ތިބާގެ މުދަލުގައިވާ ފަޤީރުންނާއި މިސްކީނުންގެ ހައްޤެއް – މުފްތީ މެންކް

ކުރާހިތުން ނޫންކަމުގައިވީނަމަވެސް ނަމާދުކުރުމަކީ އެ އަޅަކާއި ހެއްދެވިފަރާތާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާނެ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2022 | އާދީއްތަ 17:44
މުފްތީ މެންކް ފުވައްމުލައް ސިޓީގައި - ދަރުސް ދެއްވީ ޕްރޮޑަކްޓިވް މުސްލިމް މައުޟޫއަށް

މުފްތީ މެންކް ފުވައްމުލައް ސިޓީގައި - ދަރުސް ދެއްވީ ޕްރޮޑަކްޓިވް މުސްލިމް މައުޟޫއަށް

ޒަކާތަކީ ތިބާގެ މުދަލުގައިވާ ފަޤީރުންނާއި މިސްކީނުންގެ ހައްޤެއް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގައި ބޭއްވި ދަރުސް ފައްޓަވަމުން މުފްތީ މެންކް ވިދާޅުވީ އިސްލާމްދީނުގެ ފުރަތަމަ ތަނބަކީ މާތް ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއި މުޙައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމައަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް ހެކިވުން ކަމުގައެވެ.

Advertisement - newsAdvertisement

އިސްލާމްދީނުގެ ދެވަނަ ތަނބުކަމުގައިވާ ނަމާދު، މުސްލިމުން އަދާކުރަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިވުމުގެ ގޮތުން ކަމަށާއި އަދި ފަރުޟު 5 ނަމާދަކީ ކުރަން ޖެހޭކަމަކަށްވާތީ ނަމާދުކުރުމަކީ މައްސަލައެއް ނޫންކަމުގައިވެސް ވިދާޅުވިއެވެ. މުފްތީ މެންކް ވިދާޅުވީ ކުރާހިތުން ނޫންކަމުގައިވީނަމަވެސް ނަމާދުކުރުމަކީ އެ އަޅަކާއި ހެއްދެވިފަރާތާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާނެ ކަމެއްކަމަށާ އޭގެ ނަތީޖާއަކަށް ވަނީ ނަމާދުކުރުމަކީ އެމީހަކު ކުރާހިތުން، ކުރަން ބޭނުން ވެގެން ކުރާ ކަމަކަށް ވެގެން ދިޔުން ކަމުގައެވެ.

މެންކްގެ ވާހަކަ ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވީ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ ކޮންމެ ކަމަކަށް ސުންނަތްތަކެއް ވާ ކަމުގައެވެ. ފަރުޟުކުރައްވާފައިވާ 5 ނަމާދު ކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބަކަށް ވާއިރު ސުންނަތް ނަމާދުތަކަކީ ކުރުން މަޖުބޫރު ނޫން ނަމާދުތަކެއް ކަމަށާއި އެހެން ނަމަވެސް ސުންނަތް ނަމާދަކީ އެ ނަމާދު ކުރުމުން އިތުރު ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ ކަމެއްކަންވެސް މުފްތީގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

އަދި ﷲ ސުބުޙާނަހޫވަތަޢާލާ ތިބާއަށް ނިޢުމަތެއް ދެއްވުމުން އެކަމާއި ބޮޑާވެ ކިބުރުވެރިވުމަކީ ކޮށްގެން ވާނެކަމެއްނޫންކަމުގައި ވިދާޅުވަމުން މެންކް ވިދާޅުވީ އެމީހެއްގެ މުދަލުން 2.5% ޒަކާތުގެ ގޮތުގައި ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް ކަމަށާއި އެއީ އެމީހެއްގެ މުދަލުގައިވާ ފަޤީރުންނާއި މިސްކީނުންގެ ހައްޤެއް ކަމަށެވެ. މީގެ އިތުރުން މެންކް ވިދާޅުވީ ދުނިޔޭގައި ލައްވާފައިވާ ހުރިހާ ދިރޭއެއްޗެއްގެ ރިޒުޤު ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ ލިޔުއްވާފައިކަމަށާއި ޒަކާތަކީ ޞަދަޤާތެއްނޫން ކަމަށާއި ޞަދަޤާތަކީ ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ އެއްޗެއްގެ އިތުރުން އެހެން މީހުންނަށް އެހީތެރިވުމުގެ ގޮތުން ދޭ އެއްޗެއް ކަމުގައެވެ. އަދި މިފަދައިން ދެވޭ ކޮންމެ އެއްޗެއްވެސް ހިތްތިރިކަމާއި އެކު މާތްﷲއަށް ޝުކުރުވެރިވާހާލު ދިނުމުގެ މުހިންމުކަންވެސް މެންކްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި މިއަދު ތިމާއަށް ލިބިފައިވާ ރީތިކަމަކާއި މުއްސަނދިކަމެއްގެ މައްޗަށް ބޮޑާވެ ކިބުރުވެރިވުމަކީ ބައެއް މީހުން ކުރާކަމެއްކަމަށާއި އެހެން ނަމަވެސް މިއަދު ކިތަންމެ ރީތިމީހާވެސް މާދަމާ މުސްކުޅިވާނެކަމަށާއި، ކިތަންމެ މުއްސަނދިމީހާވެސް ފަޤީރުވެ އެ މުދަލުން އެމީހާ މަޙްރޫމް ކުރައްވަފާނެކަމާއި ނިޢުމަތަކީވެސް އިންސާނާ އިމްތިޙާނު ކުރެއްވުމަށްޓަކައި ދެއްވާ އެއްޗެއްކަން މެންކްގެ ވާހަކައިގައި ހަނދާންކޮށްދެއްވިއެވެ.

އަދި ދުނިޔޭގައި އުޅޭއިރު އިމްތިޙާނުތަކާ ކުރިމަތިލާން ޖެހޭނެކަން ހަނދާން ކޮށްދެއްވަމުން، ކީރިތި ރަސޫލާއާ ކުރިމަތިވި އިމްތިޙާނުތަކަށް އެކަލޭގެފާނު ކެތްތެރިވެވަޑައިގެންނެވި ގޮތް ނަމޫނާއަކަށް ބަލައިގެން އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ކުރުމަށް އިރުޝާދުދެއްވިއެވެ. އެހެން މީހުންނަށް އަނިޔާވެރިވުމަކީ އެކަމަށް ތިމާ ދަރަނިވެރިވާނެކަމެއްކަމަށާއި އެ ދަރަންޏަކީ ކޮންމެވެސް ދުވަހަކުން އަދާ ކުރަން ޖެހޭނެކަމެއްކަމަށާއި އަނިޔާވެރިކަމަށް ކެތްތެރިވުމަކީ އެކަމުގެ ބަދަލު މާތް ﷲ ދެއްވާނެ ކަމެއް ކަމުގައެވެ.

ޞަދަޤާތުގެ ގޮތުގައި ދެވެނީ ހަމައެކަނި ފައިސާއާއި މުދާ ނޫން ކަމުގައި ވިދާޅުވަމުން މެންކް ފާހަގަ ކުރެއްވީ އެންމެ އަގުހުރި ޞަދަޤާތަކީ ހިނިތުންވެލުން ކަމަށާއި ހިތްހެޔޮކަމާއެކު ހިނިތުންވެލާ އަނެކާއަށް އޯގާތެރިވުމަކީ އެކަމަށް އެއްވެސް ވަރަކަށް ފައިސާ ޚަރަދުނުކޮށް ކުރެވިދާނެ ޞަދަޤާތެއް ކަމުގައެވެ. އާމްދަނީ ހޯދުމަށް އިޚްތިޔާރު ކުރާ މަގަކީ ސަލާން ޖެހުންކަމަށް ހެދުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަމަށާއި އެހެންނަމަވެސް، ކަމަކަށް އެދިގެން އަންނަ މީހާއަށް އެކަން ކޮށްދެވެން ނެތްކަމުގައި ވާނަމަވެސް އިޙްތިރާމާއެކު އެމީހަކާ މުޢާމަލާތުކުރުމަށާއި އެމީހަކު ލަދުގަންނަވާލާ ބޭޒާރުކޮށްނުލުމަށް މެންކް ނަސޭހަތްތެރިވެލެއްވިއެވެ.

އަދި އިސްލާމްދީނުގައި އިންސާނުންނަށް އޯގާތެރިވުމަށް ބާރުއަޅުއްވާފައިވާ ފަދައިން އެހެނިހެން ދިރޭ އެއްޗިއްސަށް އޯގާތެރިވުމަށްވެސް އަންގަވާފައިވާކަން ހަނދާން ކޮށްދެއްވަމުން މެންކް ވިދާޅުވީ މީހަކަށް ކަމެއް ކޮށްދޭއިރު އޭގެ ބަދަލު ކޮންމެފަހަރަކު ލިބޭނެ ކަމަށް ބެލުމަކީ މާޔޫސީއާއި ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް މާތް ﷲ އަށްޓަކައި ކުރާ ކޮންމެ ކަމެއްގެ ބަދަލު އެކަލާނގެ ދެއްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޤީރުންނާއި މިސްކީނުންނަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރަފް ކުރަން ނިންމައިފި

ފަޤީރުންނާއި މިސްކީނުންނަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރަފް ކުރަން ނިންމައިފި

30 އޮކްޓޯބަރު 2025
ޑރ. އަބްދުﷲ ދީދީ ރައީސް މުއިއްޒަށް: ތިބާގެ ވެރިކަން އިސްލާމީ އުސޫލުތަކަށް ފެތޭތޯ އެވެ.؟

ޑރ. އަބްދުﷲ ދީދީ ރައީސް މުއިއްޒަށް: ތިބާގެ ވެރިކަން އިސްލާމީ އުސޫލުތަކަށް ފެތޭތޯ އެވެ.؟

28 ޖުލައި 2025
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމާ ގުޅޭ އުސޫލަށް އަމަލުކުރަން ފަށައިފި

ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމާ ގުޅޭ އުސޫލަށް އަމަލުކުރަން ފަށައިފި

09 މެއި 2024
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ މީހުންނަށް އެފުރުސަތު ހުޅުވާލަނީ

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ މީހުންނަށް އެފުރުސަތު ހުޅުވާލަނީ

11 ޖޫން 2023
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

12 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު