Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ޣާފިލްކަމުގެ ނިދިން ހޭލާ، އަމިއްލަ ހަށިގަނޑުގައި ލެވިފައިވާ ހަންގަނޑު ވެސް ތިބާގެ މައްޗަށް ހެކިދޭ: ޚުތުބާ

6 ނޮވެމްބަރު 2020 | ހުކުރު 08:18

ޤިޔާމަތް ދުވަހަކީ ބިރުވެރިކަން ބޮޑުވެގެންދާ ދުވަހެއް

އަމްނާ އިމާދު
އަމްނާ އިމާދު | 6 ނޮވެމްބަރު 2020 | ހުކުރު 08:18
އިސްލާމީ މަރުކަޒުގެ ހުކުރު ނަމާދުގެ ތެރެއިން، މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ \'\'ޤިޔާމަތް ދުވަހާއި މެދު ޤާފިލުނުވާށެވެ\'\'

އިސްލާމީ މަރުކަޒުގެ ހުކުރު ނަމާދުގެ ތެރެއިން، މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ \'\'ޤިޔާމަތް ދުވަހާއި މެދު ޤާފިލުނުވާށެވެ\'\'

އަމިއްލަ ހަށިގަނޑުގައި ލެވިފައިވާ ހަންގަނޑު ތިބާގެ މައްޗަށް ހެކިދޭ ކަމަށާއި، ޣާފިލްކަމުގެ ނިދިން ހޭލުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ޤިޔާމަތް ދުވަހާއި މެދު ޤާފިލުނުވާށެވެ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ޤިޔާމަތް ދުވަހަކީ ބިރުވެރިކަން ބޮޑުވެގެންދާ ދުވަހެއް ކަމަށާއި، ނާމާން ދުވަހެއް ކަމަށެވެ. ޤިޔާމަތްވާ ދުވަހު މާސިންގާ އުޑުތައް ފަޅަފަޅައިގެން ގޮސް ކުދިކުދިވެގެންދާ ކަމަށެވެ. އަދި ބޮޑެތި ބިޔަ ފަރުބަދަތައް ބިމުން އުފުރިގެން ގޮސް ފުނޑުފުނޑުވެ ލުއި ކަފަކޮޅުތަކެއް ފަދައިން މީސްތަކުގެ ބޯމަތީގައި އެނބުރެމުންދާ ކަމަށެވެ.

ޤިޔާމަތް ދުވަހު ކޮންމެ މީހަކު ވެސް ﷲގެ ދަރުބާރަށް ހާޒިރުވާނީ އެމީހަކު ބިންމަތީގައި އުޅުނުއިރު ކުޅަ އަމަލަކާގެން ކަމަށްވާއިރު، ޤާފިލްކަމުގެ ނިދިން ހޭލަން ޖެހޭ ކަމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ދުނިޔޭގެ ޙަޔާތުގައި އިންސާނާއަށް މާތްﷲ ދެއްވި އިލްމުގެ މަދު މިންވަރުން މިއަދު ވަނީ ތަރައްގީ އާއި ތަހުޒީބުގެ މަގުގައި، މީގެ ކުރިން އެއްވެސް ޒަމާނެއްގައި ހޯދިފައިނުވާ ފަދަ މާއްދީ ބޮޑެތި ކުރިއެރުންތައް ހޯދާފައިކަން ފާހަގަކޮށް ޚުތުބާގައި ބުނީ މި މާއްދީ ކުރިއެރުންތަކުގެ ސަބަބުން ރޫޙާނިއްޔަތު ފުނޑުފުނޑުވެގެން ގޮސްފައިވާ އިރު، އެކަމުގެ އިޙްސާސް ވެސް ބައެއް އިންސާނުންގެ ކިބައިގައި ނެތްކަމަށެވެ. އެހެންކަމުން، އެމީހުން އެމަސައްކަތް ކުރަނީ، ސުވަރުގެ ދުނިޔެމަތީގައި ބިނާކުރެވޭތޯ ކަމަށެވެ. ނަމަވެސް ދުނިޔެއަކީ ކެހިދޭ ކުލަތައް ގިނަ ތަނެއްގެ ގޮތުގައި ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މަޙްޝަރުގެ މައިދާނުން، ފެންނަ އާދަޔާ ޚިލާފު ކަންތައްތަކަށް ސަމާލުވެ އިންސާނާ ހުއްޓޭނެ ކަމަށާއި، އެމައިދާނުން ހަގީގީ ނެކްނޮލޮޖީ ފެންނާނެ ކަމަށެވެ. އެއީ ދުނިޔެމަތީގައި ހޯދި ޓެކްނޮލޮޖީ ފަދަ، ފަނާވެދަނިވި އެއްޗެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ތިބާގެ އަމިއްލަ ހަށިގަނޑު ލެވިފައިވާ ހަންގަނޑު ތިބާގެ މައްޗަށް ހެކިދޭނެ ކަމަށާއި، އެ ހަންގަނޑަށް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން އެދުވަހު ކާއިނާތުގެ މިލްކުވެރި ﷲ ދެއްވާނެ ކަމަށެވެ.

ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވެ، އަރްޝީގެ ހިޔާވަހިކަން ލިބޭނެ 7 ގިންތިއެއްގެ މީހުންގެ ޚަބަރު މާތް ނަބިއްޔާ މުހައްމަދުﷺ ވަނީ، ދެއްވާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ، އަދުލުވެރި ވެރިންނާއި، އެބައިމީހުންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުން މަތީގައި ބޮޑުވި ޒުވާނުންނާއި، އެ ބައެއްގެ ހިތް މިސްކިތާ ގުޅި ލާމެހިފައިވާ މީހުންނާއި، ﷲއަށް ޓަކައި އެއްބަޔަކު އަނެއްބަޔަކު ދެކެލޯބިވެ، ﷲ އަށް ޓަކައި އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ﷲ އަށްޓަކައި އެއްބަޔަކުއަނެއް ބަޔަކާ ވަކިވި މީހުންނާއި، ޤަދަރުވެރި ރީތި އަންހެނަކު ފާހިޝް ކަމަކުން ދައުވަތު ދިނުމުން، ތިމަންމެން ﷲ އަށް ބިރުވެރިވަމޭ ބުނެ އެކަމުން ދުރުވެގަތް މީހުންނާއި، ކަނާތުން ކުޅަ ޞަދަޤާތް ވާތަށް ނޭނގޭހައި ސިއްރުން ޞަދަޤާތް ކުޅަ މީހުންނާއި، އެކަހެރި ތަނެއްގައި ﷲ ހަނދުމަކޮށް ލޮލުން ކަރުނަ އޮހޮރުނު މީހުން ކަމަށެވެ.

ޚުތުބާގައި ބުނީ ފޮނުގަނޑުހައި ގިނައިން ފާފަ ކުރެވިފައި ވިޔަސް އިޚްލާސްތެރި ތައުބާއަކުން ތައުބާވެ ފާފަތަކުން އެނބުރި ރުޖޫއަ ވެއްޖެނަމަ އެ ހުރިހައި ފާފަތަކެއް ﷲ ތަޢާލާ ހެޔޮކަންތަކަށް ބަދަލުކޮށްދެއްވާ ކަމަށެވެ. އެހެންކަމުން ﷲ ގެރަޙްމަތުން އުއްމީދު ކަނޑައިނުލާ ވަގުތު ފާއިތުވުމުގެ ކުރިން، ކުރެވިފައިވާ ފާފަތަކަށް ތައުބާވެ، ﷲ ތައާލާގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި އަވަސްވެގަތުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!
01 އެޕްރީލު 2017

"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި

01 އެޕްރީލު 2017
"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި
28 މާރިޗު 2017

ސަރުކާރުން އަމިއްލަ މެމްބަރުންނަށްވެސް އިތުބާރު ނުކުރާކަން ހާމަވެއްޖެ: ޤާސިމް

28 މާރިޗު 2017
ސަރުކާރުން އަމިއްލަ މެމްބަރުންނަށްވެސް އިތުބާރު ނުކުރާކަން ހާމަވެއްޖެ: ޤާސިމް
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
19 މާރިޗު 2017

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް