Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މުދަލު ޒަކާތަކީ އިސްލާމީ އިގްތިސާދު ހަރުދަނާ ކުރުމަށް މުހިންމުކަން ބޮޑު ފިޔަވަޅެއް: ޚުތުބާ

27 ޖެނުއަރީ 2023 | ހުކުރު 08:08

މި ވަގުތު މުދަލު ޒަކާތުގެ ދިވެހި ފައިސާގެ ނިސާބަކީ 5777.45 ރުފިޔާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 ޖެނުއަރީ 2023 | ހުކުރު 08:08
ޒަކާތް ދިނުން

ޒަކާތް ދިނުން

މުދަލު ޒަކާތަކީ އިސްލާމީ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކުގެ ތެރެއިން މުހިންމުކަން ބޮޑު ފިޔަވަޅެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މި ހަފްތާގެ ހުކުރު ޚުތުބާ ހާއްސަކޮށްފައިވަނީ މުދަލު ޒަކާތަށެވެ. އެގޮތުން، މުދަލު ޒަކާތުގެ ނިސާބަކީ ޚާލިސް ރަނުގެ 845 ގުރާމް ނުވަތަ ޚާލިސް ރިހީގެ 595 ގްރާމު ކަމަށާއި އެއިން ކޮންމެ ނިސާބަކުން ވެސް ޒަކާތް ނެރެވޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. ނަމަވެސް ރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރިހީގެ ނިސާބުގެ މައްޗަށް ބަލައިގެން ކަމަށާއި އެގޮތަށް ނިންމާފައިވަނީ ފަގީރުންނަށް ފައިދާ ބޮޑުވާނެތީ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޚުތުބާގައި ބުނެފައިވާ ގޮތުގައި މި ވަގުތު މުދަލު ޒަކާތުގެ ދިވެހި ފައިސާގެ ނިސާބަކީ 5777.45 ރުފިޔާއެވެ. އެހެންކަމުން މީހެއްގެ އަތުގައި ނަގުދު ފައިސާ ނުވަތަ ނަގުދު ފައިސާ އާއި ވިޔަފާރި މުދާގަތް އަގަށް އަގުކޮށް އެދެބައި އެއްކޮށްލުމުން ނިސާބާ އެއްވަރުވީ ދުވަހުން ފެށިގެން މުދަލުގެ ނިސާބު ހުންނާނީ ހަމަވެފައި ކަމަށާއި ހިޖުރީ ގޮތުން އެއް އަހަރު ފުރުނުއިރު ނިސާބަށްވުރެ މަދުނުވެ މުދާ ހުރެއްޖަނަމަ އެ މުދަލެއްގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުން ވާޖިބުވާނެ ކަމަށް ވަނީ ބުނެފައެވެ.

މުދަލު ޒަކާތަކީ އިސްލާމީ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދީނުގައި އެކަން ރުކުނެއްގެ ގޮތުގައި ވެސް ކަނޑައަޅާފައިވާއިރު ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި މީހަކު ޒަކާތް އަދާނުކޮށްފިނަމަ އެ މީހެެއްގެ ދީން ފުރިހަމަ ނުވާނެ ކަމަށެވެ. އަދި މުދަލުން ނެރެންޖެހޭ ޒަކާތް އަދާނުކޮށްފިނަމަ ގިޔާމަތް ދުވަހުން ގަދަފަދަވެގެންވާ އަޒާބު ލިބޭނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މާތްﷲ ތަނަވަސްކަމާއި ރޯދިބަރަކާތް އެކި މީހުންނަށް އެކި މިންވަރަށް ދެއްވާކަމުގެ ހިކުމަތެއްވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ މީސްތަކުންގެ މެދުގައި ރިޒުގު ބައްސަވާފައިވަނީ އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނޭ ފަދަ ގޮތަކަށް ކަމަށެވެ. އެހެންކަމުން އެއްބަޔަކު އަނެއް ބަޔަކަށް އެހިތެރިވުމަށް މާތްﷲ އަމުރުކުރައްވާ، ގޮވާލައިވާފައިވާ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އިސްލާމް ދީނުގެ ނަޒަރުގައި މުދަލަކީ އެ ހަވާލުކުރެވިފައިވާ ބައެއްގެ އަތްމަތީގައިވާ މުޅި އިސްލާމީ އުއްމަތުގެ ހިއްސާއެއް އޭގައިވާ އެއްޗެއް ކަމަށާއި ކިތަންމެ ގިނަ މުދަލެއް ޖަމާކޮށްފައިވީނަމަވެސް ކޮންމެ މީހަކަށް ވެސް އެ މުދަލުން ފައިދާ ކުރާނީ އާޚިރަތުގެ ސަވާބާއި ދަރުމައަށް އެދިގެން ހޭދަކުޅަ އެއްޗަކުން ކަމަށް ވެސް ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

މުދަލު ޒަކާތުގެ އިތުރުން ފިތުރު ޒަކާތުގެ މައްޗަށް ވެސް ޚުތުބާގައި ވަނީ އަލިއަޅުވާލައިފައެވެ. އެގޮތުން، ފިތުރު ޒަކާތަކީ ރޯދަވެރިޔާ ދެއްކުން ބޭކާރު ވާހަކަތަކުންނާއި ކުރެވުނު ބޭކާރު އަމަލުތަކުން އޭނާ ތާހިރުކޮށް ފަގީރުންނަށް އެހީވުމަށް ވާޖިބުކޮށްފައިވާ ޒަކާތެއްކަން ވަނީ ފާހަގަކޮށްފައެެވެ.

ފިތުރު ޒަކާތް ވާޖިބުވާނީ ތިމާއާއި ތިމާ ޚަރަދު ދީގެން ބަލަހައްޓާން ވާޖިބުވެފައިވާ މީހުން، އީދު ވިލޭރެއާއި އީދު ދުވަހު ކައިބޮއެ އުޅޭނެ މިންވަރު ހުރެފައި އެއަށްވުރެ އިތުރަށް އެއްޗެއް ހުރިނަމައެވެ. ފިތުރު ޒަކާތް ވާޖިބުވަނީ ރަމަޟާން މަސް ނިމުމުން ކަމުގައި އެންމެހައި ފިގުހު އިލްމުވެރިން އިއްތިފާގުވި ނަމަވެސް ރަމަޟާން މަހަށް ހަނދުބެލުމުން ގޮތުރު ފިތުރު ޒަކާތް ދިނުން ހުއްދަކަމުގައި އިލްމުވެރިން ބުނެއެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް

31 މެއި 2017
ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް
30 މެއި 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް

30 މެއި 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް
05 އެޕްރީލު 2017

އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު

05 އެޕްރީލު 2017
އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލަދިނީ ރައީސް ޔާމީން: މިނިސްޓަރ ސައީދު
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް