Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަގީރުންނާއި މިސްކީނުންގެ ދަފްތަރު

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ މީހުންނަށް އެފުރުސަތު ހުޅުވާލަނީ

22 ޖޫންގެ ނިޔަލަށް ފޯމް ހުށަހެޅޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖޫން 2023 | އާދީއްތަ 12:18
އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީ

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް މިމަހުގެ 12 ވަނަ ދުވަހު ފުރުސަތު ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން އެކުލަވާލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީ (މާލެ، ހުޅުމާލެ، އަދި ވިލިމާލެ) އިން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 12 ޖޫން 2023ން 22 ޖޫން 2023ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން މެންދުރު 12:00ށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ 1444 ވަނަ އަހަރު ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިކުރެވިފައިވާކަން އަންގާފައިނުވާ ފަރާތް ތަކަކީ މިވަގުތު ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން، ދަފްތަރުގައި ރަޖިސްޓްރީ ވީފަހުން 18 އަހަރު ފުރިފައިވާ ފިރިހެނުން ހިމެނޭ އާއިލާތަކާއި 65 އަހަރު ފުރިފައިވާ މީހުން ހިމެނޭ އާއިލާތަކުން އަދި 22 ޖޫން 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް ނުވަތަ މީހުން ހިމެނޭނަމަ އެ އާއިލާއަކުން އަލުން ފޯމް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މިހާރު މާލޭގައި ދިރިނޫޅޭ ފަރާތްތަކާއި ދަފްތަރުގައި ރަޖިސްޓްރީކުރިފަހުން ކައިވެނީގެ ހާލަތަށް ބަދަލު އަންނާނެ ކަންކަން ކަމަށްވާ ކައިވެނިކުރުން ނުވަތަ ވަރިވެފައިވާ ފަރާތްތަކާއި، މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތައް ވެސް އަލުން ފޯމް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިކަމަށް ހުށަހަޅާ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށެވެ. އަދި ފޯމްތައް ބަލައިގަތުން ހަމަޖެހިފައިވަނީ މިނިސްޓްރީގެ ކައުންޓަރުންނެވެ.

އިތުރަށް ކިޔާލަން

04 އޯގަސްޓު 2017

ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް އަލަށް ހިއްކި ބިންތަކުގެ ޝީޓް ޕައިލް ކުރަން ފަށައިފި

04 އޯގަސްޓު 2017
ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް  އަލަށް ހިއްކި ބިންތަކުގެ ޝީޓް ޕައިލް ކުރަން ފަށައިފި
01 ޖުލައި 2017

އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި

01 ޖުލައި 2017
އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި
30 ޖޫން 2017

އަލަށް ކެނޑި ނެރަށް އަނެއްކާ ދޯންޏެއް އުރިއްޖެ

30 ޖޫން 2017
އަލަށް ކެނޑި ނެރަށް އަނެއްކާ ދޯންޏެއް އުރިއްޖެ
02 ޖޫން 2017

އަލަށް އިންތިހާބްވި ކައުންސިލަރުން ހުވާކުރުން މާދަމާ ރޭ

02 ޖޫން 2017
އަލަށް އިންތިހާބްވި ކައުންސިލަރުން ހުވާކުރުން މާދަމާ ރޭ
28 މެއި 2017

ހޮނިހިރު ދުވަހުގެ ރޭ މާލެއިން ކަރަންޓް ކެނޑުނީ އަލަށް ބެހެއްޓި ޖަނަރޭޓަރު ނިވިގެން: ސްޓެލްކޯ

28 މެއި 2017
ހޮނިހިރު ދުވަހުގެ ރޭ މާލެއިން ކަރަންޓް ކެނޑުނީ އަލަށް ބެހެއްޓި ޖަނަރޭޓަރު ނިވިގެން: ސްޓެލްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު