Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަޤީރުންނާއި މިސްކީނުންގެ ދަފްތަރު

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޝަކުވާ ހުށަހަޅަން ޖެހޭނީ 13 ފެބްރުއަރީގެ ކުރިން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ފެބުރުއަރީ 2022 | ހޯމަ 04:16
ޒަކާތް ފައިސާ ބަލައިގަތުން

ޒަކާތް ފައިސާ ބަލައިގަތުން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީއިން ބުނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކުން 12 ޑިސެމްބަރުން 30 ޑިސެމްބަރަށް ހުށަހަޅާފައިވާ ފޯމްތަކުގެ ޖަވާބު މިހާރު މެސެޖު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދޭނަމަ އެ މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ މެއިލަށް 13 ފެބްރުއަރީ 2022 ގެ 14:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް ވަނީ އެދިފައެވެ. މެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާއިރު ސަބްޖެކްޓްގައި ފޯމު ހުށަހެޅި ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރާއި ފޯމް ނަންބަރު ޖެހުމަށް ވަނީ އެދިފައެވެ.

2021 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 85 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. 2021 ވަނަ އަހަރުގެ މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6961.50 (ހަހާސް ނުވަސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ފަންސާސް ލާރި) އެވެ. ދިވެހިރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން, ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް އެމް.އެމް.އޭ އިންނެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަޤީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ. ރިހީގެ ނިޞާބުގެ ގޮތުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ އަދަދަކީ 595 (ފަސްސަތޭކަ ނުވަދިހަ ފަހެއް) ގްރާމް ކަމުގައި ވާއިރު، ރިހި ގްރާމަކަށް މިހާރު ޖެހޭ ދިވެހި ފައިސާގެ މިންވަރަކީ 11.7 (އެގާރަ ރުފިޔާ/ ހަތްދިހަ ލާރި)އެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. ބަހުގެގޮތުން ބަލާއިރު ޒަކާތަކީ ޠާހިރުކަމާއި، އިތުރުވެ ގިނަވުމެވެ. ޝަރުޢީ ގޮތުން ބަލާނަމަ، އެއީ، ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ މުދަލަކުން ޝަރުޢީގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ކަނޑައެޅިފައިވާ ވަކި ޚާއްޞަ ބަޔަކާ ނުވަތަ ފަރާތަކާ ހަވާލުކޮށްގެން ﷲ ތަޢާލާއަށް އަޅުވެތިވުމެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.

އިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
23 އޮކްޓޯބަރު 2025

ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު

23 އޮކްޓޯބަރު 2025
ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު
23 އޮކްޓޯބަރު 2025

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

23 އޮކްޓޯބަރު 2025
ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު