Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޣައްޒާގެ ފެހި ސްކޫލް

ޣައްޒާގެ ފެހި ސްކޫލާއެކު ކިޔެވުމަށް އާ ޖޯޝެއް

މިއީ ތިމާވެއްޓާ ރައްޓެހި ސްކޫލެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 25 އެޕްރީލު 2023 | އަންގާރަ 16:16
ޣައްޒާގެ ފެހި ސްކޫލް

ޣައްޒާގެ ފެހި ސްކޫލް

ފުރަތަމަ ނަޒަރުންވެސް އެއީ ޣައްޒާއިން އާންމުކޮށް ފެންނަ ސްކޫލްތަކާ ތަފާތުކަމެއް ހުރި ސްކޫލެއްކަން އެނގިގެންދެއެވެ. ސްކޫލުގެ ވެށިން ފެންނަ ފެހިކަން ގަދަ ސަރަހައްދުތަކާއި، ކުޅޭނެ ގޯތިތެރެއާއި، ސޯލާރ ޕެނަލްތައް ގިނައެވެ. ބޯފެން އުފައްދާނެ ޕްލާންޓެއްވެސް ހުންނަ މި ސްކޫލަކީ، އދ.ގެ ރިލީފް އެންޑް ވަރކްސް އޭޖެންސީ (ޔޫއެންއާރްޑަބްލިއުއޭ)އިން ހިންގާ ސްކޫލެކެވެ. މިއީ ޣައްޒާގައި މިވަގުތު ހުރި އެންމެ އާދަޔާ ޚިލާފު ސްކޫލްތަކުގެ ތެރެއިންވެސް، ފާހަގަކޮށްލެވޭ ސްކޫލެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި ސްކޫލެކެވެ.

1965 ވަނަ އަހަރު އިމާރާތްކުރި މި ސްކޫލް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، 2021 ވަނަ އަހަރު ހުޅުވީ ކޭއެފްޑަބްލިއު ޑިވެލޮޕްމަންޓް ބޭންކު މެދުވެރިކޮށް، ޖަރުމަނުވިލާތުން ފަންޑުކޮށްގެންނެވެ.

ޔޫއެންއާރްޑަބްލިއުއޭއިން ޣައްޒާގެ އިރުމަތީގައި ހިންގާ ސްކޫލްތަކުގެ އިސް ވެރިއެއްގެގޮތުގައި މަސައްކަތްކުރައްވާ ރީހާމް އައްމާރު ވިދާޅުވީ، މި ސްކޫލް ފަރުމާކޮށްފައި ވަނީ މޫސުމަށްވެސް އެންމެ އެކަށޭނަ ފަދަ ގޮތަކަށް ކަމަށެވެ.

ވެއްޓާ ރައްޓެހިވުމުގެ އިތުރުން، މި ސްކޫލް ފަރުމާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރިވަރުންގެ ދުޅަހެޔޮ ކަމަށެވެ. ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި މިވަގުތު ހުންނެވި މާއީ އަހުމަދު އައްނަބާހީން ފާހަގަކުރެއްވިގޮތުގައި، ދަރިވަރުންގެ އިޖުތިމާއީ ތަރައްގީއަށް ބޭނުންވާ ކަންކަމަށްވެސް ސްކޫލުން އެއްބާރުލުން ދެއެވެ.

5000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ މި ޚާއްސަ ސްކޫލު ފަރުމާކޮށްފައިވަނީ، ކުއްލި ހާދިސާތަކުގައި، ވަގުތީ ހިޔަލެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެފަދަ ގޮތަކަށެވެ.

375 އަކަކިލޯމީޓަރުގެ ޣައްޒާއަކީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، އެއް ސަރަހައްދެއްގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ތޮއްޖެހިފައިވާ ސަރަހައްދެވެ. ޣައްޒާގެ އާބާދީ 2.3 މިލިއަނަށްވުރެ މައްޗަށް އަރާއިރު، އޭގެތެރެއިން 4 ބައިކުޅަ 1 ބައި މީހުންނަށް ދިރިއުޅެން މަޖުބޫރުވެފައިވަނީ ރެފިއުޖީ ކޭމްޕުތަކުގައެވެ.

ޣައްޒާއާ ދެކޮޅަށް، ޔަހޫދީ އިޒްރޭލުން ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރީ 2007 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން ޣައްޒާއަށް ވަދެ ނުކުމެ ހެދުމަކީ އިންތިހާ ތަކުލީފު ބޮޑު ކަމަކަށް އޮންނަނީ ވެފައެވެ. ގިނަ ބަޔަކު ސިފަކުރާގޮތުގައި ޣައްޒާއަކީ، މި ވަގުތު ދުނިޔޭގައި އޮތް، އަނގަމަތި ހާ އެންމެ ބޮޑު ޖަލެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2023

ޣައްޒާގެ ދަރިވަރުން ވީއާރްގެ ދުނިޔެއަކަށް!

21 ފެބުރުއަރީ 2023
ޣައްޒާގެ ދަރިވަރުން ވީއާރްގެ ދުނިޔެއަކަށް!
29 ޖެނުއަރީ 2023

15 އަހަރަށްފަހު ޣައްޒާގެ މަސްވެރި ޢާއިލާތަކަށް އާ ދިރުމެއް

29 ޖެނުއަރީ 2023
15 އަހަރަށްފަހު ޣައްޒާގެ މަސްވެރި ޢާއިލާތަކަށް އާ ދިރުމެއް
29 ޑިސެމްބަރު 2022

އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް

29 ޑިސެމްބަރު 2022
އުލާގެ "ތަސްވީރާއި ވާހަކަ" އިން ޣައްޒާގެ ބަދުނަޞީބުކަން ސްކްރީންތަކަށް
30 އޮކްޓޯބަރު 2022

ޣައްޒާގެ ބެޓެރި ފަރުބަދަތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު!

30 އޮކްޓޯބަރު 2022
ޣައްޒާގެ ބެޓެރި ފަރުބަދަތަކުން އިންޒާރުގެ ރަނގަބީލުގެ އަޑު!
25 އޮކްޓޯބަރު 2022

ކުރިއަކަށް ފަހު ކުރިއެއް: މުޅި ބަޣުދާދު ފެހި ކުރުމުގައި ފަރުދީ އޭޖެންޓެއް!

25 އޮކްޓޯބަރު 2022
ކުރިއަކަށް ފަހު ކުރިއެއް: މުޅި ބަޣުދާދު ފެހި ކުރުމުގައި ފަރުދީ އޭޖެންޓެއް!
23 އޮކްޓޯބަރު 2022

ހަނގުރާމައިގެ ބިރާ އެކު ޣައްޒާގެ ކުޑަކުދިން ބްރޭކްޑާންސްއަށް!

23 އޮކްޓޯބަރު 2022
ހަނގުރާމައިގެ ބިރާ އެކު ޣައްޒާގެ ކުޑަކުދިން ބްރޭކްޑާންސްއަށް!
21 ސެޕްޓެމްބަރު 2022

ޣައްޒާގެ ފިޝް-ފަރމްތަކުގައި ތިޔާގި ފިލޮޅުން އިޤްތިޞާދު ހެޔޮ ފާލަކަށް

21 ސެޕްޓެމްބަރު 2022
ޣައްޒާގެ ފިޝް-ފަރމްތަކުގައި ތިޔާގި ފިލޮޅުން އިޤްތިޞާދު ހެޔޮ ފާލަކަށް
26 ޖޫން 2022

"ފެހި ކޮންކްރީޓް" ހަކަތައިގެ ހޭދައަށް ލުޔެއް ލިބިދާނެބާ؟

26 ޖޫން 2022
"ފެހި ކޮންކްރީޓް" ހަކަތައިގެ ހޭދައަށް ލުޔެއް ލިބިދާނެބާ؟
06 އެޕްރީލު 2022

ބަސަރާ ފެހިކުރަން ހިތްވަރުދިނުމަށް މަލުގެ ފެއަރއެއް

06 އެޕްރީލު 2022
ބަސަރާ ފެހިކުރަން ހިތްވަރުދިނުމަށް މަލުގެ ފެއަރއެއް
05 ޑިސެމްބަރު 2018

ސައުތް އޭޝިއަން ޔޫތް ސަމިޓްގައި ވެސް ފެހިފެހި އާޒާދީ

05 ޑިސެމްބަރު 2018
ސައުތް އޭޝިއަން ޔޫތް ސަމިޓްގައި ވެސް ފެހިފެހި އާޒާދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު