Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނޭންސީ ޕެލޯސީގެ ފިރިކަލުން

ނޭންސީ ޕެލޯސީގެ ފިރިކަލުންނަށް މީހަކު ހަމަލާދީފި

ޕޯލްއަށް ހަމަލާދީފައިވަނީ ސެންފްރަސިސްކޯގައި ހުންނަ ގެކޮޅުގައި ހުންނަވަނިކޮށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2022 | ހޮނިހިރު 04:38
ނޭންސީ ޕެލޯސީ، ފިރިކަލުން ޕޯލް ޕެލޯސީއާއެކު

ނޭންސީ ޕެލޯސީ، ފިރިކަލުން ޕޯލް ޕެލޯސީއާއެކު

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ނޭންސީ ޕެލޯސީގެ ފިރިކަލުން ޕޯލް ޕެލޯސީއަށް ހަމަލާދީފިއެވެ.

ރިޕޯޓުތައް ބުނާގޮތުން، ޕޯލްއަށް ހަމަލާ ދީފައިވަނީ ސެންފްރަސިސްކޯގައި ހުންނަ ގެކޮޅުގައި ހުންނަވަނިކޮށް އެތަނަށް ވަދެގަތް މީހެކެވެ. އެގޮތުން އޭނާ ގެކޮޅަށް ވަދެގަތީ ޕައުލްގެ އަނބިކަނބަލުން ނޭންސީ ޕެލޯސީއާ ބައްދަލުކުރަން ބޭނުންވާކަމަށް ބުނެ، އެކަމަށް ޑިމާންޑްކުރަމުންނެވެ.

އެމީހާ ޕޯލްއަށް ހަމަލާދިނީ މަރުތޭލަކުންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އުމުރުފުޅުން 82 އަހަރުގެ ޕޯލް މިހާރު ގެންދަވަނީ ސަރޖަރީއަކަށްފަހު ފަރުވާ ހޯއްދަވަމުންނެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފްރެކްޗަރ ވެފައިވާއިރު، އަތްޕުޅަށްވެސް ޒަޚަމްތައް ލިބިފައިވާކަމަށްވެއެވެ.

މި މައްސަލައާ ގުޅިގެން މިހާރު 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ވަނީ މީހަކު މަރާލަން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާ ޕައުލްއަށް ހަމަލާދިން ސީދާ މަގުސަދު އަދި ސާފުނުވާކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުން، މި ހަމަލާދިން ވަގުތު ނޭންސީ ޕެލޯސީ ހުންނެވީ ވޮޝިންގޓަން ޑީސީގައެވެ. ނަމަވެސް ހަމަލާގެ ޚަބަރު ލިބިވަޑައިގަތުމާއެކު، ވަގުތުން ސެންފްރަސިސްކޯއަށް ދަތުރު ކުރައްވައި، ފިރިކަލުން އޮންނެވި ހޮސްޕިޓަލަށް ވަޑައިގެންނެވިއެވެ.

ޕޯލްއަށް ހަމަލާދީފައި މިވަނީ، ޗައިނާގެ ސަރުކާރުން ކެނޑިނޭޅި އިންޒާރުތައް ދެމުން ދަނިކޮށް ނޭންސީ ޕެލޯސީ ދާދިފަހުން ޓައިވާނަށް ވަޑައިގެންނެވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު