Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖޭގެ ގަސްގަހާގެއްސާބެހޭ ފޮތެއް ނެރުން

ގުދުރަތީ ކަންކަން ބޭނުންކޮށްގެން އުމްރާނީ ތަރައްގީ ހޯދެން އެބައޮތް: ރައީސް ނަޝީދު

ގުދުރަތީ ރޭވުމާއި އުފެދުމާއެކީގައި މަސައްކަތް ކުރަމުން ދިޔުމުން ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ހޯދޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2022 | ބުރާސްފަތި 13:58
"ކުރަމަތި ކުއިކް ގައިޑް ޓު ޕްލާންޓްސް އިން މޯލްޑިވްސް" ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ

"ކުރަމަތި ކުއިކް ގައިޑް ޓު ޕްލާންޓްސް އިން މޯލްޑިވްސް" ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ

ގުދުރަތްތީ ކަންކަން ބޭނުންކޮށްގެން އުމްރާނީ ތަރައްގީ ހޯދެން އެބައޮތްކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ކުރަމަތި ކުއިކް ގައިޑް ޓު ޕްލާންޓްސް އިން މޯލްޑިވްސް" ފޮތް ނެރުމަށް ބުރާސްފަތި ދުވަހު ކުރަމަތި ރިސޯޓުގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ކައުންސިލްތަކުން ވަރަށް ގިނައިން ތަރައްގީގެ އިންފްރާސްޓްރަކްޗަރގެ ވާހަކަ ދައްކާކަމަށާއި، އޭގެތެރޭގައި މަގު ހެދުމާއި ބަނދަރު ހެދުން ހިމެނޭކަމަށެވެ.

Advertisement - newsAdvertisement

ކޮންކްރީޓްގެ އެކި ބިނާތައް ރާއްޖޭގެ ރަށްތަކުގައި ގަތަމުން ދިޔުން އެއީ ތަރައްގީކަމަށް ސިފަކުރެވޭ ކަމަށް ހީކުރެވުނަސް، ގުދުރަތީ ރޭވުމާއި އުފެދުމާއެކީގައި މަސައްކަތް ކުރަމުން ދިޔުމުން ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ހޯދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަަރެއް ހެދުމަށް ކުރަން ޖެހޭ ހޭދަ ވަރަށް ކުޑަކަމަށާއި، އޭގެ ބަދަލުގައި ބަނދަރު ހެދުމަށް ވަރަށް ގިނަ އަދަދަކުން ފައިސާ ޚަރަދު ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ގުދުރަތީ ކަންކަން އެއީ އުމްރާނީ ކަމެއްގެ ގޮތުގައި ސިފަކުރަން ޖެހޭކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ތަރައްގީއަކީ ގުދުރަތީ ކަންކަމާއެކު ގެންނަންޖެހޭ ކަމެއް ކަމަށެވެ. އަދި މި ފޮތް އެ މަގަށް ވިސްނުން ގެންގޮސްދޭކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ފޮތް ލިޔުއްވި ޑރ. އާމިނަތު ޝާފިޔާ ވަރަށް ބޮޑު މަސައްކަތެއް ކުރައްވާފައިވާކަމަށާއި، މި ފޮތުގައި ގުދުރަތީ ރީތިކަން ކުރެހުންތެރިކަން ގަލަމުން ދައްކުވައިދީފައިވަނީ އަޖައިބުވާހާ ރީތިކޮށްކަމަށް ނަޝީދު ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ބާވަތްތަކުގެ ދިރުން ހޯދައި، ނަގައި، މައުލޫމާތު އެއްކުރަމުން އިންސާނުން އަންނަތާ ޒަމާންތަކެއްވެއްޖެކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މީގެކުރިންވެސް ރާއްޖޭގައި ރާއްޖޭގެ ފަތްޕިލާވެއްޔާއި ގަސްގަހާގެހިީގެ ދިރުންތަކުގެ މައުލޫމާތު ހޯދަމުންދިޔަކަމަށެވެ.

ފޮތުގައި 65 ގަހުގެ ބާވަތްތަކުގެ ވާހަކަ ހިމަނާފައި އޮތްނަމަވެސް ޑރ. ޝާފިޔާ ކުރަމަތި ރިސޯޓުގައި ހުރި 200 ބާވަތުގެ މައުލޫމާތު ހޯއްދަވާފައިވާކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ގަސްތަކުން ލިބޭ ބޭސްވެރިކަމުގެ މައުލޫމާތާއި ގަސްތަކުގެ ޖެނެޓިކްސްއާ ހަމައަށް ތަހުލީލު ނުކުރާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމުގެ މަޝްވަރާތައް ޑރ. ޝާފިޔާ މިހާރު ފައްޓަވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތު ނިންމަވާލެއްވުމަށް ރައީސް ނަޝީދު ވަނީ ފޮޓޯ އެގްޒިބިޝަން ބައްލަވާލައްވާފައެވެ. ފޮތުގައި ކުރަހާފައި ހުރި ގަސްތަކުގެ ފޮޓޯތައް އެގްޒިބިޝަންގެ ތެރެއިން ވަނީ ފެނިގެން ގޮސްފައެވެ.

ކުރަމަތި ކުއިކް ގައިޑް ޓު ޕްލާންޓްސް އިން މޯލްޑިވްސްރައީސް ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު

އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު

17 އޮކްޓޯބަރު 2025
ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!

ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!

16 އޮކްޓޯބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ރައީސް ޞާލިޙަށް ތާއިދުކުރާ ބޭފުޅުން އެމްޑީޕީގެ ޖަލްސާއަށް ވަޑައިނުގަންނަވާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް: ފައްޔާޒް

ރައީސް ޞާލިޙަށް ތާއިދުކުރާ ބޭފުޅުން އެމްޑީޕީގެ ޖަލްސާއަށް ވަޑައިނުގަންނަވާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް: ފައްޔާޒް

25 ޖޫން 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު