Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ މަސައްކަތްތައް

ތިން ބައިކުޅަ އެއް ބައި މެމްބަރުންގެ ސޮޔާއެކު، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވައިދިނުމަށް ހުށަހަޅައިފި

މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލާގައި ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުމަށް ވަނީ އެދިވަޑައިގެންފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ޖޫން 2023 | ބުރާސްފަތި 13:57
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ތިން ބައިކުޅަ އެއް ބައި މެމްބަރުންގެ ސޮޔާއެކު، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވާދިނުމަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކުރައްވައި ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީފުޅެއްގައި، މަޖިލީހުގެ ދައުރު ނިންމާލިއިރު މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ނުކުރެވި ހުރިކަމަަށް ވަނީ ވިދާޅުވެފައެވެ. ޚާއްސަކޮށް މަޖިލީހުގެ ކޮމިޓީތައް ހިންގުން ހުއްޓިފައި އޮތުމުން، އެ ސިޓީފުޅުގައި އަސްލަމް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން 22 ޖޫން ވީ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށް މަޖިލީހުގެ އެޖެންޑާގައި ހިމެނުމަަަށް މަޖިލީހުގެ ގަވާއިދުގައި ލާޒިމްކުރާ ކަންކަން ހިމަނާފައި ނުވާކަމަށް، އެ ސިޓީފުޅުގައި ވެއެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގެ ދަަށުން، ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އެ ސިޓީފުޅު ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ތިން ބައިކުޅަ އެއް ބައި މެމްބަރުންގެ ސޮޔާއެކުގައެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދާ އެއްގޮތަށް 14 ދުވަހުގެ ތެރޭގައި އެ ޖަލްސާތައް ބޭއްވުން ލާޒިމްކުރާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެގޮތުން އެ ސިޓީގައި 3 ކަމަކަށް އެދިފައިވެއެވެ. އެއީ

1. މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލައިގައި ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުން

2. މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުން

3. މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުން

މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުންް ބޭރުން ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ (1/3) ތިންބައިކުޅައެއްބައި މެމްބަރުން (ސަބަބު ބަޔާންކޮށް) ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ އެ ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އެ ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަންވާނެ ކަމަށެވެ. އެގޮތުން އެ ހުށަހެޅުން ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ޖަލްސާ ބޭއްވޭނެ ގޮތެއް ހަމަޖައްސައި، އެ ޖަލްސާ ނުވަތަ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށް ވަނީ ބުނެފައެވެ. އެ މާއްދާގެ ބޭނުމަށް (14) ސާދަ ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށްވެސް އެ މާއްދާގެ (ރ)ގައި ވަނީ ބުނެފައެވެ.

މަޖިލީހުގައި އަޅުވާފައިވާ މަރުތަޅު ނެއްޓޭނެގޮތަށް ފަސް ކަމެއް އެޖެންޑާކޮށް، ބުރާސްފަތި ދުވަހު ޖަލްސާ ކުރިއަށްގެންދިއުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ބުރާސްފަތި ދުވަހު ހެނދުނު އިތުރު ސިޓީފުޅެއް ފޮނުއްވާފައެވެ.

އެ ސިޓީގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައިގެ އިތުރުން، ރިފްއަތާއި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި، މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ މައްސަލައާއި، އީސީއަށް މެންބަރަކު އައްޔަނުކުރުމުގެ މައްސަލައާއި، މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންވެންދެން މަޖިލީހުގެ މި ދައުރު ކުރިއަށް ގެންދެވުމަށް ފުރުސަތަކަށް އެދިވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލިސްރައީސް ނަޝީދުމެމްބަރު މުހައްމަދު އަސްލަމް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
23 އޮކްޓޯބަރު 2025

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު