Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު

އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު

17 އޮކްޓޯބަރު 2025 | ހުކުރު 14:03

ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓް ސާޕްލަސް އާއި ރިޒާޒް އިތުރު ކުރެވި ދަރަނި ކުޑަކުރެވިގެން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 އޮކްޓޯބަރު 2025 | ހުކުރު 14:03
އެމްޑީޕީ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ

އެމްޑީޕީ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ

ތަރައްގީގެ ނަމުގައި ރާއްޖޭގައި ހިންގާ އުމްރާނީ ހުރިހާ މަސައްކަތްތަކެއް ހަތަރު ފަސް އަހަރަށް ހުއްޓައިލަން މުހިއްމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހުކުދު ދުވަހު އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވެސް ވާންވީ "އިހަށް މަޑުކޮށްލާ" މިހެންނެ އެވެ.

އަދި ވިދާޅުވެފައިވަނީ ދެން ވެރިކަމަށް އަންނަ ރައީސެއް ވައުދުވާންވީ މަޑުޖެހިލަން ކަމަށާއި ކޮންކްރީޓަކީ ތަރައްގީއެއް ނޫން ކަމަށެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެއީ ގިނަ ފަހަރަށް ދަރަނި ކަމަށެވެ. އަދި ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓް ސާޕްލަސް އާއި ރިޒާޒް އިތުރު ކުރެވި ދަރަނި ކުޑަކުރެވިގެން ކަމަށާއި ދިވެހިންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް ކަމަށް އެމްނިކުފާނު ވިދާޅުވި އެވެ.

"ވާން މިދާ ގޮތް އަޅުގަނޑު މި ދައްކާ ވާހަކަ އިން ދިވެހިންނަށް ސާފު ވާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވާ ގޮތައް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެ އެވެ. އެގޮތުން އުތުރުގައި 4 އެއަރޕޯޓް އޮވެ، އިތުރު 4 އެއަރޕޯޓް މި އަޅަނީ 19-36 މިނެޓާ ދޭތެރޭގައި ސްޕީޑް ބޯޓުގައި ދެވޭހާ ކައިރިކައިރީގައި ކަމަށާއި ރައީސް މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވަނީ ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ވެރިކަން ކުރެއްވި އަދި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވީ އޭގެ ނަތީޖާ އަކީ ހުރިހާ އެއާޕޯޓެއްގައި ވެސް އިގްތިސާދީ އަދި މާލީ ދެކޮޅު ޖެހުމެއް ނެތުމާއި، ގައުމީ އެއާލައިނަށް ދެ އުޅިއެއް ނުވާ ހަރަދުތަކެއް ހިނގަން ޖެހުމުގެ އިތުރުން ލޯކަލް ޓޫރިޒަމަށް ވެސް އެކަމުން މަންފާއެއް ނުކުރުން ކަމަށެވެ.

ރައީސް ނަޝީދުއުމްރާނީ ތަރައްގީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ބަޖެޓު ބޮޑުވާ ސަބަބަކަށް މެންބަރު ސައުދުﷲ ވިދާޅުވީ ރައްޔިތުންނަށް އެއަރޕޯޓާ، ބަނދަރާ މަގުތައް ހަދައިދޭން ޖެހުން

12 ނޮވެމްބަރު 2025
ބަޖެޓު ބޮޑުވާ ސަބަބަކަށް މެންބަރު ސައުދުﷲ ވިދާޅުވީ ރައްޔިތުންނަށް އެއަރޕޯޓާ، ބަނދަރާ މަގުތައް ހަދައިދޭން ޖެހުން
23 އޮކްޓޯބަރު 2025

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު
16 އޮކްޓޯބަރު 2025

ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!

16 އޮކްޓޯބަރު 2025
ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!
12 އޮކްޓޯބަރު 2025

"އެންމެ އިސްކަން ދޭންވީ އިމާރާތްތަކާއި އަތުން ހިފޭ ތަރައްޤީއަކަށް ނޫން، ދެން ދާން އޮތް ދުނިޔެ އަށް": ރައީސް

12 އޮކްޓޯބަރު 2025
"އެންމެ އިސްކަން ދޭންވީ އިމާރާތްތަކާއި އަތުން ހިފޭ ތަރައްޤީއަކަށް ނޫން، ދެން ދާން އޮތް ދުނިޔެ އަށް": ރައީސް
27 ސެޕްޓެމްބަރު 2025

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

27 ސެޕްޓެމްބަރު 2025
ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި
26 ސެޕްޓެމްބަރު 2025

ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭ މަޝްރޫއު އެންމެ ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ނިންމާނަން: ރައީސް މުއިއްޒު

26 ސެޕްޓެމްބަރު 2025
ދިޔަމިގިލި-މަޑިފުށި އަދި އުފުރިޔާ ކޯޒްވޭ މަޝްރޫއު އެންމެ ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި ނިންމާނަން: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2025

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ
21 އޯގަސްޓު 2025

މަޝްރޫއުތައް ހުއްޓިފައި އޮތް އުކުޅަހުގައި ވެސް 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

21 އޯގަސްޓު 2025
މަޝްރޫއުތައް ހުއްޓިފައި އޮތް އުކުޅަހުގައި ވެސް 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
25 ޖޫން 2025

ރައީސް ޞާލިޙަށް ތާއިދުކުރާ ބޭފުޅުން އެމްޑީޕީގެ ޖަލްސާއަށް ވަޑައިނުގަންނަވާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް: ފައްޔާޒް

25 ޖޫން 2025
ރައީސް ޞާލިޙަށް ތާއިދުކުރާ ބޭފުޅުން އެމްޑީޕީގެ ޖަލްސާއަށް ވަޑައިނުގަންނަވާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް: ފައްޔާޒް
12 ނޮވެމްބަރު 2023

ހޯމަ ދުވަހު މަޖިލީހުގެ ދެ ޖަލްސާ އެއް - އެޖެންޑާގައި ބަޖެޓްގެ މަސައްކަތާއި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

12 ނޮވެމްބަރު 2023
ހޯމަ ދުވަހު މަޖިލީހުގެ ދެ ޖަލްސާ އެއް - އެޖެންޑާގައި ބަޖެޓްގެ މަސައްކަތާއި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް