Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައްޔާޒް އިސްމާއިލް

ރައީސް ޞާލިޙަށް ތާއިދުކުރާ ބޭފުޅުން އެމްޑީޕީގެ ޖަލްސާއަށް ވަޑައިނުގަންނަވާ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް: ފައްޔާޒް

ފައްޔާޒް ވިދާޅުވީ އެމްޑީޕީ އަކީ ވަރަށް އޯޕަން ސިޔާސީ ޕާޓިއެއް ކަމަށާއި އެހެންކަމުން އެމްޑިޕީ ތެރޭގައި އަބަދުވެސް ވާދަވެރިކަން އޮންނާނެ ކަމަށް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 25 ޖޫން 2025 | ބުދަ 07:18
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާއަށް ރައީސް ޞާލިޙަށް ތާއިދު ކުރަށްވާ ބޭފުޅުން ވަޑާއިނުގަންނަވާކަމަށް ދެކެވެމުންދާ ވަހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީ އަކީ ވަރަށް އޯޕަން ސިޔާސީ ޕާޓީއެއް ކަމަށާއި އެހެންކަމުން އެމްޑީޕީ ތެރޭގައި އަބަދުވެސް ވާދަވެރިކަން އޮންނާނެ ކަމަށެވެ. އަދި ހުސް ޖާގައެއް އޮތް ކަމަށްވާނަމަ އެޖާގަ ފުރުމަށް އެމްޑީޕީގައި ބައިވަރު މީހުން ތިބޭނެ ކަމަށާއި އެމްޑީޕީ ވަރުގަދަ ޕާޓީއަކަށްވާ ސަބަބަކީވެސް އެއީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ޞާލިޙަށް ތާއިދު ކުރަށްވާ ގިނަ ބޭފުޅުން ޖަލްސާގައި ތިއްބެވިކަން ފާހަގަކުރަށްވާ ފައްޔާޒް ވިދާޅުވީ ރައީސް ޞާލިޙަށް ބައިވެރިވެ ވަޑައިނުގެންނެވުނީ ރައީސް ޞާލިޙް ރާއްޖެއިން ބޭރުގައި ވަރަށް ބޮޑު ފަރުވާއަކަށް ވަޑައިގެން ހުންނެވީމަ ކަމަށެވެ. އަދި އެ ޖަލްސާއަކީ ކުރިން ޕްލޭން ކުރެވިގެން ދިޔަ ކަންކަމެއް ނޫން ކަމަށާއި ރައީސް ނަޝީދުވެސް މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ފުރާވަޑައިގަންނަވާތީ މަޑުކުރެވެން ނެތުމުގެ ސަބަބުން ރައީސް ޞާލިޙް ނެތް ވަގުތެއްގައި އެ ޖަލްސާ ބާއްވަން ޖެހުނީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ހީނަރުކަމެއް އަންނާނެ ކަމަަކަށް އަޅުގަނޑަށް ކުޑަކޮށްވެސް ގަބޫލެއް ނުކުރެވޭ އެބަހުރި ހިތްހަމަނުޖެހުން، ވަރަށް ހުތުރުކޮށް ކަންކަން ގޮއްސަހުރީ އެއީ އެންމެ ރަނގަޅަށް ވެފައިހުރި ކަންކަމެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަޅުގަނޑުމެންނަކީ ވަރަށް މިނިވަންކޮށް މިކަންކަން ގެންގުޅޭ ބަޔަކަށް ވާތީވެ އޭއްޗެހި ތަންކޮޅެއް ބޮޑުވެގެން ބައެއް ފަހަރު ދޭ، އަޅުގަނޑަށް ހީވަނީ އެ މެޗުއަރިޓީ މުޅިން ދިވެހި ރާއްޖޭގެ ޕޮލިޓިކްސް އަށްވެސް ނާންނަނީ ކަންނޭންގެ، ދެން އެކަމު މުޅި ދުނިޔެ އެދަނީ އެހެން ބައްލަވާ އެމެރިކާއަށް، އެހެންވީމާ އެކަހަލަ ދިމާލަކަށް ކަންނޭންގެ މިދަނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަހަލަ ކަންތައްތައް ހިތުގައި ނުލާ ސިޔާސީ ކަންކަން ކުރުމުގައި އަޅުގަނޑުމެން ދަސްކުރަންޖެހޭ އުޅެން އެބަޖެހޭ،
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ކޮންމެސް ވަރެއްގެ ނުތަނަވަސްކަމެއް އެބަހުރިކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތް ދުވަސްކޮޅު ތެރޭގައި މަޑުމަޑުން އެކަންކަން ހިމޭންވެގެން ދާނެކަމަށެވެ. އަދި ގަބޫލުރަންޖެހޭ ހަގީގަތަކީ ދިވެހިރާއްޖޭ މި ދާ މިސްރާބު ހުއްޓުވޭނީ އެމްޑީޕީ ވަރުގަދަ ވެގެން ކަމަށާއި އެމްޑީޕީ އަވަހަށް ވަރުގަދަ ވެވޭނީ އެމްޑީޕީން ވަކިވެގެން ގޮސްފައިވާ ބޭފުޅުން އެއްވެގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މަސައްކަތް ކުރަމުން ދަނީ ވޭތުވެދިޔަ ތަނުގައި ނުވަތަ މާޒީން އިބްރަތް ހާސިލް ކޮށްގެން ކަންކަން ރަނގަޅުކުރެވޭތޯ ކަމަށާއީ ނުތަނަވަސްކަން ހުއްޓަސް މިކަމާއި ގުޅިގެން ލިބުނު ފީޑްބެކްގައި 90 އިންސައްތަ ބޭފުޅުން ގަބޫލުކުރަށްވާނީ ކުރިއަށް ދެވޭނީ މިގޮތަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދުރައީސް ސޯލިހުފައްޔާޒް އިސްމާއިލްއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު