Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާގެ ނޫހަށް ނަޝީދު ދެއްވި އިންޓަވިއު

އިންޑިއާގެ ނޫހަށް ނަޝީދު ދެއްވި އިންޓަވިއުއަކީ ޑރ. މުއިއްޒުއާ މަޝްވަރާކުރައްވައިގެން ވިދާޅުވި ވާހަކަފުޅެއް ނޫން: ފިރުޒުލް

އިންތިހާބީ ރައީސް އިންޑިއާ އަދި ކީއްކުރަން އެއްވެސް ގައުމެއްގެ ސިފައިން އެންމެ ބޫޓު ޖޯޑެއްވެސް ދިވެހި ފަސްގަނޑުގައި ހުރުމަށް ދުވަހަކުވެސް ނުރުހެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 އޮކްޓޯބަރު 2023 | އާދީއްތަ 07:43
އިންތިޚާބީ ރައީސް އާއި ނައިބު ރައީށް މަޖިލީހުގެ ރައީސާ ބައްދަލުކުރައްވަނީ

އިންތިޚާބީ ރައީސް އާއި ނައިބު ރައީށް މަޖިލީހުގެ ރައީސާ ބައްދަލުކުރައްވަނީ

އިންޑިއާގެ ނޫހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އިންޓަވިއުއަކީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާކުރައްވައިގެން ވިދާޅުވި ވާހަކަފުޅެއް ނޫން ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އިންޑިއާގެ 75 ވަރަކަށް ސިފައިން ރާއްޖޭގައި ތިބެން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރުހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، އިންޑިއާގެ ނޫހެއްގައި ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.

Advertisement - newsAdvertisement

ނަޝީދު އެ މޭރުމުން ވާހަކަފުޅު ދެއްކެވީތީ ހިތާމަ ކުރައްވައި ކަމަށާއި އެއީ އިންތިޚާބީ ރައީސާ މަޝްވަރާ ކުރެވިގެން ދައްކަވާފައިވާ ވާހަކަފުޅެއް ނޫން ކަމަށެވެ. އަދި، މި ގައުމުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންގެ އެއްވެސް މީހަކަށް ނުތިބެވޭނެ ކަމަށް މުއިއްޒު އަދިވެސް ގަބޫލުފުޅު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ އެފަދައިން އަމަލު ނުކުރެއްވުމަށް ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ 'ދަ ހިންދޫ'އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވަނީ އިންޑިއާގެ 75 ވަރަކަށް ސިފައިން ރާއްޖޭގައި ތިބެން މުއިއްޒުގެ ސަރުކާރެއްގައި ރުހޭނެ ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ޓްރާންސިޝަން މަރުހަލާގެ ރޫހާ ޚިލާފު ބައެއް ކަންތައްތައް އެކި އިދާރާތަކުން ކުރަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އަދި އެއްވެސް ބޭފުޅަކު އެފަދަ ކަންތައްތަކަށް އެއްބާރުލުން ނުދެއްވާ އަމާންކަމާއެކު މި މަރުހަލާ ނިންމާލުމަށް އެއްބާރުލުން ދެއްވުމަށް ފިރުޒުލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް ނަޝީދުއިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު
17 އޮކްޓޯބަރު 2025

އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު

17 އޮކްޓޯބަރު 2025
އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު
16 އޮކްޓޯބަރު 2025

ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!

16 އޮކްޓޯބަރު 2025
ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!
04 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ

04 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާންގެ ހާލު އަދިވެސް ރަނގަޅެއް ނޫން: އާއިލާ
23 ސެޕްޓެމްބަރު 2025

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު