Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ޖަލްސާތައް

ހޯމަ ދުވަހު މަޖިލީހުގެ ދެ ޖަލްސާ އެއް - އެޖެންޑާގައި ބަޖެޓްގެ މަސައްކަތާއި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ގަރާރެއް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަަމަށް ފާހަގަކުރައްވާ މެންދުރުގެ ޖަލްސާ ވެސް އީވާ ވަނީ ނިންމަވާލައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ނޮވެމްބަރު 2023 | އާދީއްތަ 13:33
ރައީސް ނަޝީދު

ރައީސް ނަޝީދު

ހޯމަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގައި ދެ ޖަލްސާ އެއް ބާއްވަން އެޖެންޑާކޮށްފިއެވެ.

ހޯމަ ދުވަހު ހެނދުނު 09:00 އަށް ތާވަލްކޮށްފައި ވަނީ 2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓާއި، 2024 ވަނަ އަހަރުގެ ބަޖެޓުގެ މަސައްކަތެވެ. އަދި މެންދުރު 11:00 އަށް އެޖެންޑާކޮށްފައިވާ ޖަލްސާ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ އެޖެންޑާކުރައްވާފައެވެ.

މި ދެ ޖަލްސާ މިގޮތަށް އެޖެންޑާކޮށްފައިވާއިރު އާދިއްތަ ދުވަހު މަޖިލީހުގެ ރިޔާސަތުން ވަނީ ނެތް ބާރެއްގެ ބޭނުން ކުރައްވައިގެން މަޖިލީހުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލާ، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދަން ނިންމަވާފައެވެ. އެކަން ކުރައްވާފައި ވަނީ މަޖިލީހުގެ އިދާރާގެ ލަފަޔާއި ވެސް ޚިލާފަށެވެ.

އާދިއްތަ ދުވަހު ހެނދުނު ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ހަސަން އަފީފް ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ޤާނޫނާއި ޚިލާފު ކަމަށް ވިދާޅުވެ އެ މައްސަލަ އަލުން ހުށަހަޅާން އަންގަވާފައެވެ. ނަމަވެސް އެއީ ޤާނޫނާއި ޚިލާފު ނިންމުމެއް ކަަމަށް ވާތީ އާދިއްތަ ދުވަހުގެ 11:30 އަށް އިތުރު ޖަލްސާ އެއް އެޖެންޑާކުރިއެވެ. މަޖިލީހުގެ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިގަތެވެ. އަދި ރިޔާސަތުން ގޮތެއް ނިންމާފައިވާ ގަރާރެއް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަަމަށް ފާހަގަކުރައްވާ އެ ޖަލްސާ ވެސް ނިންމަވާލެއްވީއެވެ.

ރައީސް ނަޝީދުމަޖިލިސް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
23 އޮކްޓޯބަރު 2025

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު