Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބާސެލޯނާގެ ހުރިހާ ކުޅުންތެރިން އިންޓަ އިން ޕްލެޒެންއާ ދެކޮޅަށް ކުޅޭ މެޗު ބަލާނެ

ޒަވީ ބުނީ ކޮންމެ ކަމެއްގައި ވެސް އެންމެ ފަހު ވަގުތާ ހަމަ އަށް އުންމީދު ކުރަންވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޮކްޓޯބަރު 2022 | ބުދަ 03:28
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނުން ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށް ކުޅޭ މެޗު ބާސެލޯނާގެ ހުރިހާ ކުޅުންތެރިން ބަލާނެ ކަމަށް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގައި ކުރިއަށް ދެެވެން އޮތީ ޕްލެޒެން އިން އިންޓަ ބަލިކޮށްގެންނެވެ. އެއަށްފަހު އެ ޓީމަށް ޖެހޭނީ ބަޔާން މިއުނިކް އަތުން މޮޅުވާންށެވެ. ބާސެލޯނާ އަށް އޮތީ އަމިއްލަ ބާރު ގެއްލިފައެވެ.

ބަޔާން މެޗުގެ ކުރިން ޒަވީ ބުނީ ބަޔާން މެޗުގެ ކުރިން ބާސެލޯނާގެ ހުރިހާ ކުޅުންތެރިން ޑްރެސިން ރޫމުގައި އިންޓަ އިން ޕްލެޒެންއާ ދެކޮޅަށް ކުޅޭ މެޗު ބަލާނެ ކަމަށެވެ. ޒަވީ ބުނީ ކޮންމެ ކަމެއްގައި ވެސް އެންމެ ފަހު ވަގުތާ ހަމައަށް އުންމީދު ކުރަންވާނެ ކަމަށެވެ. ޒަވީ ބުނީ ބާސެލޯނާ އޮތީ އުނދަގޫ ހާލަތެއްގައި ކަމަށާއި، އަމިއްލަ ބާރު ނެތް ކަމަށެވެ. ނަމަވެސް އުންމީދު ގެއްލުވާލައިގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ޒަވީ ބުނީ ބަޔާން އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ކުލަބު ކަމަށެވެ. އޭނާ ބުނީ އެ ޓީމަކީ ޕިޒިކަލީ ވަރުގަދަ، ރަނގަޅު ކޯޗުން ތިބި މޮޅު ޓީމެއް ކަމަށެވެ. ޒަވީ ބުނީ މިލާން މެޗުގައި ވާ ގޮތަކުން ބާސެލޯނާ އަށް ބަޔާންގެ މެޗު ވަރަށް މުހިންމުވެގެންދާނެ ކަމަށެވެ. ޒަވީ ބުނީ ބޭނުންވަނީ މެޗުން މޮޅުވެ، ބާސެލޯނާ އަށް މަތީ ފަންތީގައި ވާދަކުރެވޭނެކަން ސާބިތުކޮށްދޭން ކަމަށެވެ. އޭނާ ބުނީ ބަޔާންގެ ދަނޑުގައި ރަނގަޅަށް ކުޅެ، ނަތީޖާއެއް ނުނެރެވުނީ ކަމަށެވެ. އޭގެ ބަދަލުގައި މިފަހަރު ބޭނުންވަނީ ރަނގަޅަށް ކުޅެ، ނަތީޖާ ވެސް ނެރެން ކަމަށް ޒަވީ ބުންޏެވެ.

އިންޓަ މިލާނުން ޕްލެޒެން އާ ދެކޮޅަށް ނިކުންނާނީ ބުދަ ދަވަހުގެ ރޭ ރާއްޖެ ގަޑިން 21:45 ގައެވެ. ބާސެލޯނާ އިން ބަޔާނާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ 12 ޖަހާއިރުއެވެ.

ޗެމްޕިއަންސް ލީގުބާސެލޯނާއިންޓަރ މިލާންވިކްޓޯރިއާ ޕްލެޒެން

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު