Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

މެކަބީ ހައިފާ ބަލިކޮށް ޕީއެސްޖީ ދެ ވަނަ ބުރަށް

26 އޮކްޓޯބަރު 2022 | ބުދަ 02:10

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-7 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޮކްޓޯބަރު 2022 | ބުދަ 02:10
މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި މެކަބީ ހައިފާ ބަލިކޮށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދެ ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ގްރޫޕް އެޗުގައި އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-7 އިންނެވެ. މެޗުގައި ޕީއެސްޖީގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ އަދި ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ވަނީ ލަނޑު ޖަހާފައެވެ.

މެޗު ފަށައިގެން 19 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ މެސީއެވެ. އެއީ މެކަބީ ހައިފާގެ އޭރިޔާ ތެރެއިން އެމްބާޕޭ ދިން ބޯޅައެއް ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން މެސީ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ތިން ލަނޑު ޖަހައި، ލީޑު ފުޅާކޮށްފައެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ޖެހީ އެމްބާޕޭއެވެ. އެއީ މެކަބީ ހައިފާ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ނޭމާ ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގަައި 35 ވަނަ މިނެޓުގައެވެ. އޭގެ ތިން މިނެޓު ފަހުން މެކަބީ ހައިފާގެ ސެކް ވަނީ ލަނޑެއް ޖަހާފައެވެ. ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު 44 ވަނަ މިނެޓުގައި މެސީ ޖެހީ އެމްބާޕޭގެ އެހީތެރިކަމާއެކުއެވެ.

ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ސެކް ވަނީ މެކަބީ ހައިފާ ދެ ވަނަ ލަނޑު ޖަހައި، ދެ ލަނޑަށް ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް ޕީއެސްޖީން ވަނީ އިތުރު ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ޕީއެސްޖީގެ ފަސް ވަނަ ލަނޑު 64 ވަނަ މިނެޓުގައި އެމްބާޕޭ ޖެހީ އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީގެ ހަ ވަނަ ލަނޑަކީ މެކަބީ ހައިފާގެ ސީން ގޯލްޑްބާގްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޕީއެސްޖީގެ ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖެހީ ކާލޮސް ސޮލާއެވެ. އޭނާ ލަނޑު ޖެހީ މެސީ ތަނަވަަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗުން މޮޅުވެ ޕީއެސްޖީ ދެ ވަނަ ބުރަށް ދިޔައީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އެއީ ފަސް މެޗުން 11 ޕޮއިންޓާއެކުއެވެ. މި ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ދެ ވަަނަ ބުރަށް ދިޔައީ ބެންފީކާއެވެ. އެ ޓީމަށް ވެސް ފަސް މެޗުން ލިބެނީ 11 ޕޮއިންޓެވެ. ނަމަވެސް ޕީއެސްޖީ ކުރި ހޯދަނީ ފައިދާ ގޯލުންނެވެ.

ޗެމްޕިއަންސް ލީގުޕީއެސްޖީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
31 އޯގަސްޓު 2025

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް