Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ވޯލްޑް ކަޕަށް މަަހެއް، މަނާ ބޭހެއް ބޭނުންކޮށްގެން ފީފާގެ ސަސްޕެންޝަނެއް

23 އޮކްޓޯބަރު 2022 | އާދީއްތަ 03:19

ފީފާ އިން މިހާރު ނިންމާފައިވަނީ ގާލޯ މުޅި ވޯލްޑް ކަޕަށް ސަސްޕެންޑު ކުރުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޮކްޓޯބަރު 2022 | އާދީއްތަ 03:19
ފީފާ

ފީފާ

ދުނިޔޭގެ ތައްޓަށް ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތް ފަށަން މިހާރު ވަނީ މަސް ދުވަހަަށް ވުރެ ކުޑަތަންވެފައެވެ.

ހަތަރު އަހަރުން އެއް އަހަރު އޮންނަ މި މުބާރާތަށް ޤައުމުތަކުން ތައްޔާރުވަމުން އަންނަނީ ވަރަށް ފުރިހަމަ އަށެވެ. ޚާއްސަކޮށް ވަރުގަދަ ގްރޫޕްތަކުގައި ލައްވާލާފައިވާ ޓީމުތަކުން އަންނަނީ ފުރިހަމަ އަށް ތައްޔާރުވަމުންނެވެ. މުބާރާތަށް ކުޑަތަންވަމުން އަންނަ ވަރަކަށް ކުޅުންތެރިން ވެސް އަންނަނީ ވަކިވަކިން ވެސް މުބާރާތަށް ތައްޔާރުވަމުންނެވެ.

މުބާރާތަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، މުބާރާތުގައި ވާދަ ކުރާ ކޮސްޓަ ރިކާ އަށް ވަނީ ބޮޑު ދައްޗަކާ ކުރިމަތިލާން ޖެހިފައެވެ. އެ ޓީމުގެ ޑިފެންސް ލައިންގައި މިފަހަކަށް އައިސް އިސް ދައުރެއް އަދާ ކުރާ އުމުރުން 22 އަހަރުގެ އޯލާންޑޯ ގާލޯ އަށް ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފައެވެ. އެއީ ގާލޯ މަނާ ބޭހެއް ބޭނުން ކުރިކަން ފީފާ އަށް ސާބިތުވެފައިވާތީއެވެ. އެއާއެކު ފީފާ އިން މިހާރު ނިންމާފައިވަނީ ގާލޯ މުޅި ވޯލްޑް ކަޕަށް ސަސްޕެންޑު ކުރުމަށެވެ.

އެކަން ސާބިތުކުރެވިފައިވަނީ ކޮސްޓަ ރިކާގެ ފުޓުބޯޅަ އިދާރާ އިން ހެދި ޓެސްޓަކުންނެވެ. އެ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން ގާލޯ ވަނީ ބޭނުން ކުރުން މަނާ ބޭހަކަށް ޕޮސިޓިވްވެފައެވެ. އޭނާ ސަސްޕެންޑުކޮށްފައިވާކަން ފީފާގެ ތަރުޖަމާނު ވަނީ ޔަގީންކޮށްދެއްވާފައެވެ. މިކަމާ ގުޅިގެން އޭނާ ސަސްޕެންޑު ކުރުމުގެ އިތުރުން ފީފާ އިން ވަނީ ޢާންމު އުސޫލެއްގެ ގޮތުން އިތުރު ކަންކަން ބަލަން ފަށާފައެވެ.

މިއީ ވަރުގަދަ ގްރޫޕެއްގައި ލައްވާލި ކޮސްޓަ ރިކާ އަށް ވެސް ބޮޑު ގެއްލުމަކަށްވާނެއެވެ. މުބާރާތުގައި އެ ޤައުމު އޮތީ ސްޕެއިން، ޖަރުމަނު އަދި ޖަޕާނާއެކު ގްރޫޕް އީގައެވެ. ކޮސްޓަ ރިކާގެ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 23 ގައި ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ޖަޕާނާ ދެކޮޅަށް ނޮވެމްބަރު 27 ގައި ނުކުންނައިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނާ ދެކޮޅަށް ނުކުންނާނީ ޑިސެމްބަރު ދެ ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 ޖޫން 2018

ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް

14 ޖޫން 2018
ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް
10 އެޕްރީލު 2018

ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!

10 އެޕްރީލު 2018
ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!
01 މާރިޗު 2018

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

01 މާރިޗު 2018
އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
23 ޖެނުއަރީ 2018

ތާރީހީ ނަޒަރަކުން ފީފާ ވޯލްޑް ކަޕް ޓްރޮފީ

23 ޖެނުއަރީ 2018
ތާރީހީ ނަޒަރަކުން ފީފާ ވޯލްޑް ކަޕް ޓްރޮފީ
30 ޑިސެމްބަރު 2017

މުޅި އަހަރު ޖޫރިމަނާ ދެއްކުމުގައި!

30 ޑިސެމްބަރު 2017
މުޅި އަހަރު ޖޫރިމަނާ ދެއްކުމުގައި!
29 ސެޕްޓެމްބަރު 2017

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!
03 ޖުލައި 2017

މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި

03 ޖުލައި 2017
މަނާ މަންތިރިކޮށް ބޮނދު ބުޑަށް ސައި
17 ޖޫން 2017

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017
މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!
18 މާރިޗު 2017

މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!

18 މާރިޗު 2017
މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!
31 ޖެނުއަރީ 2017

ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

31 ޖެނުއަރީ 2017
ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް