Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
2017 ރިވިއު

މުޅި އަހަރު ޖޫރިމަނާ ދެއްކުމުގައި!

އަބުރުގެ ގާނޫނުގެ ދަށުން ދަނީ ޖޫރިމަނާކުރަމުން

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2017 | ހޮނިހިރު 19:08
ރާއްޖެ ޓީވީ ޖޫރިމަނާކުރުމާ ގުޅިގެން ހުޅުވި ފަންޑަށް ކުޑަކުދިންތަކެއް އެހީވަނީ

ރާއްޖެ ޓީވީ ޖޫރިމަނާކުރުމާ ގުޅިގެން ހުޅުވި ފަންޑަށް ކުޑަކުދިންތަކެއް އެހީވަނީ

ނޫސްވެރިކަމުގެ ރޮނގުން 2017 ވަނަ އަހަރު ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަށްކަށްވީ އަބުރު ރައްކާތެރިކޮށްދިނުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި އާ ގާނޫނެއް ވުޖޫދަށް ގެނައުމެވެ. އެ ގާނޫނު މަޖިލީހަށް ވެއްދީ ސަރުކާރުގެ ފަރާތުން ކަމަށް ވުމުން އެއީ ސީދާ އިދިކޮޅު ފަރާތްތަކުގެ އަޑު މީޑިއާގެ ތެރެއިން ކަނޑުވާލައި ސަރުކާރުގެ ޖަރީމާތައް އާންމުންނާ ހަމައަށް ގެނެސްދޭ މީޑީއާތައް ބިރުގަންނުވައި އެ މީޑިއާތައް ބަންދުކުރުމަށް އަމާޒު ހިފައިގެން ވުޖޫދަށް ގެނައި ގާނޫނެއްކަން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އެބަ އޮތެވެ. އެ ގާނޫނު ވުޖޫދަށް ގެނެސްފައި ވަނީ އެ ގާނޫނުގައި ހުރި މައްސަލަތަކާ މެދު ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށް މަގުމަތީގައި ވެސް އަޑު އުފުލަމުން ދަނިކޮށެވެ.

"އަބަރުގެ ގާނޫނު" ގެ ދަށުން މިހާތަނަށް މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައިވާ ގޮތަށް ބެލިޔަސް އެކަން ހާމަވެއެވެ. އަބުރުގެ ގާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާތަނަށް ފިޔަވަޅު އެޅި މައްސަލަތަކަށް ބަލާއިރު ގާތްގަނޑަކަށް 90 ވަރަކަށް ޕަސެންޓް މައްސަލަތައް ނިންމާފައި ހުރީ ރާއްޖެޓީވީއާ ދެކޮޅަށެވެ.

އަހަރު ފެށުނު އިރު ވެސް ބްރޯޑްކޮމް އިން ދިޔައީ ރާއްޖެ ޓީވީގެ އެތައް މައްސަލަތަކެއް ބަލަމުންނެވެ. އަބުރުގެ ގާނޫނު ވުޖޫދަށް އައުމާ އެކު ފުރަތަމަ ވެސް ނިންމީ ރާއްޖެ ޓީވީ ޖޫރިމަނާކުރުމަށެވެ. އެ ގޮތުން މާރޗް 7 ވަނަ ދުވަހު ބްރޯޑްކޮމް އިން ވަނީ ރާއްޖެ ޓީވީ 200،000ރ. އިން ޖޫރިމަނާކޮށް ރާއްޖެ ޓީވީގައި މަސައްކަތްކުރި ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާކޮށްފައެވެ. ޖޫރިމަނާކުރީ ނޮވެމަބަރ 19، 2016 ގައި ރާއްޖެޓީވީގެ ތިން ޚަބަރުގަޑިއެއްގައި ގެނެސްދީފައިވާ ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއްގައި، މައްސަލައިގައި ހިމެނޭ ކުއްޖާގެ އާއިލާއާ ހަވާލާދީ މީހެއްގެ ނަން ހާމަކޮށްފައިވާ ކަމަށް ބުނެއެވެ. ގާނޫނުގައި ބުނާ ގޮތުން އެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދައްކަންޖެހެއެވެ. އިސްތިއުނާފު ވެސް ކުރެވެނީ އެ ފައިސާ ދެއްކުމަށް ފަހުގައެވެ. ނުދައްކައިފި ނަމަ ލައިސަނަސް ބާތިލްކުރުމުގެ ބާރު ބްރޯޑްކޮމް އަށް ލިބިދެއެވެ. އަދި ނޫސްވެރިޔަކު އެ ފައިސާ ނުދައްކައިފި ނަމަ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލައި ޖަލު ހުކުމެއް އިއްވުމުގެ ފުރުސަތު ގާނޫނުން ލިބިދެއެވެ. މި އަހަރުގެ ތެރޭގައި އަދި އެފަދަ ކަމެއް ކުރިމަތިވެފައި ނުވި ނަމަވެސް މި ފެށޭ 2018 ވަނަ އަހަރަކީ ރިޔާސީ އިންތިޚާބުގެ އަހަރަށް ވުމުން އެ މަންޒަރު ފެނުމުގެ ފުރުސަތު ބޮޑެވެ.

މާރޗް 7 ވަނަ ދުވަހު ކުރި ޖޫރިމަނާ ދެއްކުމަށްޓަކައި ރާއްޖެ ޓީވީން "އަބުރު ފަންޑް"ގެ ނަކުގައި ހަރަކާތްތަކެއް ފެށިއެވެ. އަދި މުއްދަތުގައި އެ ފައިސާ ދައްކައި ހަލާސްކުރިއެވެ. އާންމުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު އެ ފައިސާ ދައްކައި ރަނގަޅަށް ހަމަ ނޭވައި ނުލައި އުޅެނިކޮށް ފައިސާ ދެއްކި ދުވަހު (އޭޕްރީލް 6) އެހެން މައްސަލައެއްގައި އެއް މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކުރިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅި މައްސަލައެއް، އަމިއްލައަށް ބަލައި ނިންމުމަށްފަހުގައެވެ.

އެ ކޮންޓެންޓްގައި ވަނީ "މިއަދުވެސް ތިޔަ ބޭފުޅުން ބައްލަވާ އެއްވެސް މަޝްރޫއެއް އަބްދުﷲ ޔާމީން ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ނޯންނާނެ ކޮތަރު ޕާކު ކަހަލަ މިކަހަލަ ކުދި ކުދި ޕާކުތައް ނޫނިއްޔާ ނިމިފަ" މިހެން ބުނެފައިވާ ބުނުމާއި، "މީނަ މުޑި ޖަހައިގެން ކޮޅަށްޖަހާފައި ހުރި އެއްވެސް ތަނެއް އެއްވެސް ފްލެޓެއް އެއްވެސް ބަނދަރެއް އެއްވެސް އެއާޕޯޓެއް ނޯންނާނޭ" ބުނެފައިވާ ބުނުމާއި، "ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ކިތައް ބިލިއަން ރުފިޔާއެއްތޯ ދިވެހި ދައުލަތުގެ ބައިތުލްމާލުން އޭނާއަށް ހަވާލުކުރީ، ވީކަމެއް ނެތް" ކަމަށް ބުނި ބުނުމާއި "އަޅުގަނޑުމެންނަށް ޔަގީންވި ހުރިހާ ކަމެއްގެ ތެރޭގައި ވައްކަން ކުރުމާއި ފަސާދައާ އަނިޔާ، މިނޫން އިތުރު އެއްޗެއް ރައްޔިތުންނަސް ދިނީކީއެއް ނޫން" ކަމަށެވެ.

ރާއްޖެ ޓީވީއަކީ ސަރުކާރުގެ އެއްވެސް ކުންފުންޏެއްގެ މާކެޓިން ބަޖެޓުގެ އެއްވެސް ފައިސާއެއް ލިބޭ ތަނަކަށް ނުވުމާއި ސިޔާސީ ނުވަތަ އެފަދަ ވިޔަފާރިވެރިއެއްގެ ވެސް ހިއްސާއެއް އޮންނަ ތަނަކަށް ނުވާތީ މިލިއަން ރުފިޔާ ދެއްކުމަކީ ކުޅަދާނަ ކަމަކަށް ނުވާތީ ކުރިއެކޭ ވެސް އެއްގޮތަށް މި ފަހަރު ވެސް ރާއްޖެޓީވީން އެހީތެރިކަމަށް އެދުނީ އާންމު ރައްޔިތުންނާއި ސްޓޭޝަންގެ ލޯބިވާ ފަރާތްތަކުގެ ކިބައިންނެވެ. މުވައްޒަފުންގެ ބުރަ މަސައްކަތުން "ސަލާން ޖަހައިގެން" ގާނޫނުގައި ބުނާ މުއްދަތުގައި އެ ފައިސާ ބްރޯޑްކޮމް އަށް ދެއްކީ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.

އަބުރުގެ ގާނޫނަކީ ސީދާ ރާއްޖެޓީވީ އަށް އަދަބުދީ ނެތިކޮށްލަން ވުޖޫދަށް ގެނައި ގާނޫނެއް ކަމަށް ސިފަވާ ގޮތަށް ބްރޯޑްކޮމް އިން މަސައްކަތްކުރަމުންދާ ދިއުން ހުއްޓާލުމަށް ރާއްޖެޓީވީން ބަޔާންތައް ނެރެމުންދިޔަ އިރު ބައިނަލްއަގުވާމީ މުޖުތަމައު އާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުން ވެސް ދިޔައީ އެގޮތަށް އަމަލުކުރުން ހުއްޓާލައި ހަމަހަމަކަމާއި އިންސާފުން ކަންކަން ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސްކުރަމުންނެވެ. ނަމަވެސް މި ގޮވާލުންތަކަށް ބީރުކަންފަތެއް ދިނުމަށް ފަހު ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އޮކްޓޫބަރު 8 ވަނަ ދުވަހު އަނެއްކާ ވެސް ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ. އެ ފަހަރު ޖޫރިމަނާކުރި ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ރޭ ގެނެސްދިން "މިރައީސް" ޕްރޮގްރާމްގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އެހެން ފަހަރުތަކެކޭ އެއްގޮތަށް އެ ފަހަރު ވެސް ރާއްޖެޓީވީން ވަނީ ފަންޑެއް ހުޅުވައި އާންމު ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީ އަށް އެދިފައެވެ. ބުރަ މަސައްކަތާ އެކު އެ ފައިސާ ހަމަކޮށް ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ރާއްޖެ ޓީވީން ވަނީ އެ ފައިސާ ދައްކާފައެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެ ޓީވީން ވަނީ ބޭއިންސާފުން ކުރި ޖޫރިމަނާގެ ގޮތުގައި ވެސް 1.7 މިލިއަން ރުފިޔާ ދައްކާފައެވެ. އެހެން ކަމުން 2017 ވަނަ އަހަރު ފާހަގަކުރެވިފައި ވަނީ ރާއްޖެ ޓީވީއާ މެދު ސަރުކާރުގެ ކަމާ ބެހޭ އިދާރަތަކުން ހާއްސަކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން ގެންގުޅޭ ތަފާތުކުރުމާއި "އަނިޔާ" ދިނުމުގެ ސިލްސިލާ އަށް ބޮޅުތަކެއް އިތުރުވި އަހަރަކަށެވެ. ޖޫރިމަނާގެ އިތުރުން ރާއްޖެޓީވީގެ އެތައް ނޫސްވެރިންނެއްގެ މައްޗަށް ޝަރީއަތް ހިންގައި ހުކުމްތައް ކޮށްފައި ވެއެވެ. ޖަލު ހުކުމެއް ނުކުރި ނަމަވެސް ޖޫރިމަނާގެ ހުކުމްތައް ކޮށްފައި ވެއެވެ. މުޒާހަރާތަކުން ނޫސްވެރިން ހައްޔަރުކޮށް އަނިޔާކުރުމާއި ތަކެއްޗަށް ގެއްލުން ދިނުން ވެސް އެހެން އަހަރުތަކަށް ވުރެ އިތުރުވެގެން ދިޔައެވެ.

އާ އަހަރާ ކުރިމަތިލާ އިރު ރާއްޖެޓީވީ އަށް ހުރި ނުރައްކަލާއި ބިރުވެރިކަން އިތުރެވެ. އަދި އަބުރުގެ ގާނޫނުގެ ދަށުން ސްޓޭޝަން ނައްތާލުމަށް ކުރިވޭ މަސައްކަތްތައް ވެސް އިތުރުވެގެން ދާނެ ކަމަށް އަންދާޒާކުރެވެއެވެ. ނަމަވެސް މި ދަތިތަކާއި އުނދަގުލުގައި ވެސް ރާއްޖެޓީވީ އާއި މުވައްޒަފުން ވަރުބަލިކަމެއް ނެތި ރައްޔިތުންނަށް ތެދު ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ދެމި ތިބޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު