Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

"ރޮނާލްޑޯ ނެތި ފެނާންޑޭސް މާ މޮޅަށް ކުޅޭ!"

ޝިއަރާ ބުނީ ރޮނާލްޑޯއާ ނުލައި ފެނާންޑޭސް ޓީމުގައި ހުންނަނީ އުފަލުންނޭ ބުނުމުން ވާހަކަ ބޮޑު ކުރުމަށް ވާނެތޯ ސުވާލު އުފައްދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޮކްޓޯބަރު 2022 | ބުރާސްފަތި 05:53
ބްރޫނޯ ފެނާންޑޭސް

ބްރޫނޯ ފެނާންޑޭސް

ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ބްރޫނޫ ފެނާންޑޭސް މާ މޮޅަށް ކުޅޭ ކަމަށް އެލަން ޝިއަރާ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ޝިއާރާ މިހެން ބުނީ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ފެނާންޑޭސް ދެއްކި ކުޅުމާ ގުޅުވައިގެންނެވެ. އެ މެޗުގައި ފެނާންޑޭސް ވަނީ ލަނޑެއް ޖަހާފައެެވެ. މެޗުގައި ކޯޗު އެރިކް ޓެން ހާގް ރޮނާލްޑޯއަށް ފުރުސަތު ދީފައެއް ނުވެއެވެ.

ޝިއަރާ ބުނީ އެ މެޗުގައި ފެނާންޑޭސްގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށެވެ. ޝިއަރާ ބުނީ ރޮނާލްޑޯއާ ނުލައި ފެނާންޑޭސް ޓީމުގައި ހުންނަނީ އުފަލުންނޭ ބުނުމުން ވާހަކަ ބޮޑު ކުރުމަށް ވާނެތޯ ސުވާލު އުފައްދާފައެވެ. ޝިއަރާ ބުނީ މެޗުގައި ފެނާންޑޭސްގެ ފަރާތުން ފެނުނު ކުޅުމާއި، އޭނާގެ ފަރާތުން މޮޅު ލީޑަރޝިޕެއް ފެނުނު ކަމަށެވެ. އޭނާ ބުނީ ފެނާންޑޭސް އަށް މެޗުގައި ގޯލު ހައްގު ކަމަށެވެ.

ފެނާންޑޭސް ބުނީ ޓީމުގެ އެންމެ އިސް ކުޅުންތެރިޔާ އަށް ވާން އޭނާ ބޭނުންނުވާ ކަމަށެވެ. ސަބަބަކީ ބައެއް ކުޅުންތެރިން އެކަން ބޭނުންވާތީ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެންމެ ކުޑަ ދުވަހުން ފެށިގެން އޭނާގެ ކުޅުމުގެ ވައްޓަފާޅި ހުންނަނީ އެގޮތުގައި ކަމަށެވެ. މީގެ އިތުރުން ފެނާންޑޭސް ބުނީ އޭނާ އަމިއްލަ އަށް، އޭނާ އަކީ މެޗުގެ މޮޅު ކުޅުންތެރިޔާއޭ ނުބުނާނެކަމަށެވެ. އިތުރަށް އޭނާ ބުނީ އޭނާގެ މަގާމު އޭނާ އަށް އެނގޭ ކަމަށެވެ.

މީގެ ކުރިން އެފަދަ ވާހަކަތަކެއް އެކި ފަރާތްތަކުން ވަނީ ދައްކާފައެވެ. ނަމަވެސް ފެނާންޑޭސް ބުނަމުން އަންނަނީ އެއީ އޭނާ އަށް ޤަބޫލު ކުރެވޭ ވާހަކައެއް ނޫން ކަމަށެވެ. އޭނާ ބުނެފައިވަނީ ރޮނާލްޑޯގެ ސަބަބުން އޭނާގެ ކުޅުމަށް ބަދަލެއް ނާންނަކަމަށެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ

21 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ
19 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

19 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު