Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

ރިޗާލިސަން އަށް އަނިޔާވެ ޔުނައިޓެޑާ ދެކޮޅަށް ނުކުޅެވޭނެ

ފައިގެ ކުޑަކަޅުވާ މަސްގަނޑަކަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗުގެ 52 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޮކްޓޯބަރު 2022 | އާދީއްތަ 02:50
ރިޗާލިސަން

ރިޗާލިސަން

ޓޮޓެންހަމަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރިޗާލިސަން އަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

ރިޗާލިސަން އަށް އަނިޔާވެފައިވަނީ ލީގުގައި ޓޮޓެންހަމުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭނާގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަކަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗުގެ 52 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. އެވަޓަން ދޫކޮށް ޓޮޓެންހަމަށް ބަދަލުވެ، ރިޗާލިސަން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އަނިޔާގެ ސަބަބުން ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ވޯލްޑް ކަޕްގައި ނުކުޅެވުމުގެ ބިރު އޭނާ އަށް އޮތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެކަމާ ގުޅިގެން ރިޗާލިސަން ބުނީ، މިއީ އޭނާ އަށް ވަރަށް އުނދަގޫ ވަގުތެއް ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕްގައި ކުޅުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އަދި ވޯލްޑް ކަޕް މިހާ ކައިރިވެފައި އޮއްވާ އަނިޔާއެއް ލިބުމުން އުނދަގޫވާ ކަމަށެވެ. ރިޗާލިސަން ބުނީ ކުރިން ވެސް އޭނާ އަށް މިކަހަލަ އަނިޔާއެއް ލިބުނު ކަމަށާއި، އުންމީދަކީ ވީހާވެސް އަވަހަކަށް އަނިޔާއިން ރަނގަޅުވުން ކަމަށެވެ.

އެވަޓަންގެ މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ، ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ރިޗާލިސަން ނާރުވާނެ ކަމަށެވެ. ކޮންޓޭ ބުނީ ރިޗާލިސަން އަށް ލިބުނު އަނިޔާގެ ސަބަބުން ރިކަވަރީއަށް އޭނާ ވަގުތު ބޭނުންވާނެ ކަމަށެވެ. ކޮންޓޭ ބުނީ ރިޗާލިސަން އަކީ ކޮލެޓީ ހުރި ވަރުގަދަ ކުޅުންތެރިޔެއް ކަމަށާއި، އޭނާއާއެކު ޓީމަށް ވެސް ކުރިއެރުންތަކެއް ލިބޭ ކަމަށެވެ.

ލިބުނު އަނިޔާގެ ސަބަބުން ރިޗާލިސަންގެ އިތުރު މެޑިކަލް ޓެސްޓުތައް ހެދުން އާދިއްތަ ދުވަހު ކުރިއަށްދާނެއެވެ.

ޕްރިމިއަރ ލީގުޓޮޓްނަމް ހޮޓްސްޕަރރިޗާލިސަން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު