Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޮޑެން ސިޓީގައި މަޑުކުރުން

މެންޗެސްޓަރ ސިޓީގެ އެއްބަސްވުން ފިލް ފޮޑެން އައުކޮށްފި

ސިޓީގެ އެއްބަސްވުން އައުކޮށްފައިވަނީ އިތުރު 5 އަހަރު ދުވަހަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އޮކްޓޯބަރު 2022 | ހޮނިހިރު 02:47
ފޮޑެން - ސިޓީގެ އެއްބަސްވުން އައުކުރުން

ފޮޑެން - ސިޓީގެ އެއްބަސްވުން އައުކުރުން

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ފިލް ފޮޑެން, އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

ފޮޑެން އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ 2017 ވަނަ އަހަރު ސިޓީންނެވެ. ފޮޑެން އަންނަނީ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާއަކީ ސިޓީގައި އިސް ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. ސިޓީގެ އެއްބަސްވުން ފޮޑެން އައުކޮށްފައިވަނީ އިތުރު ފަސް އަހަރު ދުވަހަށެވެ. އެހެންކަމުން މިހާރު ސިޓީއާއެކު އޭނާ ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެއްބަސްވުން އައުކުރުމަށްފަހު ވާހަކަ ދައްކަމުން ފޮޑެން ބުނީ، އެއީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އޭނާގެ މުޅި އުމުރުގައިވެސް އޭނާއަކީ ސިޓީގެ ސަޕޯޓަރެއްކަމަށެވެ. އަދި ސިޓީއާއެކު 2027އާ ހަަމައަށް ހުރެވޭނެކަން އެނގުމުން ވަރަށް އުފާވާކަމަށެވެ.

މި ސީޒަންގައިވެސް ފޮޑެން އަންނަނީ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ސީޒަންގެ މިހާތަނަށް ސިޓީއަށް ކުޅެދިން 13 މެޗުގައި ފޮޑެން ވަނީ ހަތް ލަނޑު ޖަހާފައެވެ. ފޮޑެން ވަނީ މިހާތަނަށް ސިޓީއަށް ޖުމުލަ 182 މެޗު ކުޅެދީ، 52 ލަނޑު ޖަހާފައެވެ. ސިޓީއާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއަރ ލީގާއި، އެފްއޭ ކަޕާއި، ކަރަބޯ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

ފޮޑެން އަންނަނީ 2020 ވަނަ އަހަރުން ފެށިގެން އިނގިރޭސި ގައުމީ ޓީމަށްވެސް ކުޅެމުންނެވެ.

މެންޗެސްޓަރ ސިޓީފިލް ފޮޑެން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު