Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް

ސަރުކާރުން އަންނަ އަހަރަށް ހުށަހަޅަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް: މިނިސްޓަރު އަމީރު

ރާއްޖޭގެ ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރި ހާލަތެއް ނެތް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 14:12
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އަންނަ އަހަރަށް ހުށަހަޅަން މަސައްކަތްކުރަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ނިމެމުންދާއިރު، ބަޖެޓް 41.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށެވެ. ނަމަވެސް ޕޮލިސީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުން ބަޖެޓް އިތުރަށް ބޮޑުވުން ނުވަތަ ކުޑަވުން އެކަށީގެންވާކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ފިޒިކަލް ސްޓްރެޓަޖީއާ އެއްގޮތަށް ހުށަހެޅުން ކަމުގައިވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރުގެ އަމާޒަކީ ހަމަ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްގައި ހިފެހެއްޓުންކަމަށާއި، އެއީ ފިސްކަލް ސްޓްރެޓެޖީކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، 2023ން 2025ށް ފިސްކަލް ސިޔާސަތުގެ އިސް އަމާޒެެއްގެ ގޮތުގައި ކަނޑައަޅަފައިވަނީ ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަގީންކުރުން ކަމަށެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ކުރިން އަންދާޒާކުރެވުނު މިންވަރަށްވުރެން އަންނަނީ ރަނގަޅުވަމުން ކަމަށާއި، ރާއްޖޭގެ ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރި ހާލަތެ ނެތްކަމުގައި ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، މިނިސްޓަރ އަމީރު ވިދާޅުވީ، ކޯވިޑަށްފަހު ރާއްޖޭގެ އިގުތިސާދު ރަނގަޅުވެ، ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުން ކަމަށާއި، އެހެންކަމުން ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާ އެއްގޮތަށް ނަތީޖާ ހާސިލްކުރެވެމުންދާ ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް، (ހިލޭ އެހީއާ ނުލައި) ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.

ބަޖެޓް 2023ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2023

މި ސަރުކާރުން އުފެއްދި އައު ވުޒާރާތައް ހިންގުމަށް ބޭނުންވާ ބަޖެޓް އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅަނީ

22 ނޮވެމްބަރު 2023
މި ސަރުކާރުން އުފެއްދި އައު ވުޒާރާތައް ހިންގުމަށް ބޭނުންވާ ބަޖެޓް އަންނަ ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅަނީ
14 ނޮވެމްބަރު 2023

އަމީރު އެދިވަޑައިގެންނެވީ ވީހާވެސް އަވަހަށް ސަޕްލިމަންޓްރީ ބަޖެޓް ފާސްކޮށްދެއްވަން - ބަޖެޓްގެ ބޮޑު ހޭދައެއް އާސަންދަ އަށް

14 ނޮވެމްބަރު 2023
އަމީރު އެދިވަޑައިގެންނެވީ ވީހާވެސް އަވަހަށް ސަޕްލިމަންޓްރީ ބަޖެޓް ފާސްކޮށްދެއްވަން - ބަޖެޓްގެ ބޮޑު ހޭދައެއް އާސަންދަ އަށް
14 ނޮވެމްބަރު 2023

ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރު ފިއުލް ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރާނެ - އަމީރު

14 ނޮވެމްބަރު 2023
ބޭރުގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރު ފިއުލް ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އަރާނެ - އަމީރު
14 ނޮވެމްބަރު 2023

ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ މިންވަރަށް އަނބުރާ ރުޖޫއަވެއްޖެ - އަމީރު

14 ނޮވެމްބަރު 2023
ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ މިންވަރަށް އަނބުރާ ރުޖޫއަވެއްޖެ - އަމީރު
14 ނޮވެމްބަރު 2023

49.5 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި

14 ނޮވެމްބަރު 2023
49.5 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު