Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

އޭޖީގެ ލަފަޔާއެކު ބަޖެޓު ހުށަހަޅާ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވަން މިނިސްޓަރު ނިންމަވައިފި

މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހޭނީ ތަޅުމަށް ހާޒިރުވެވަޑައިގެން ފިނޭންސް މިނިސްޓަރު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2023 | އަންގާރަ 00:19
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

އެޓަރނީ ޖެނެރަލް (އޭޖީ) ގެ ލަފާފުޅާއެކު ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ މިނިސްޓަރު އެގޮތަށް ނިންމެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީން ގާނޫނީ ލަފާ ދެއްވާފައިވާތީ ކަމަށެވެ.

Advertisement - newsAdvertisement

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހަޅާފައިވާއިރު އާދީއްތަ ދުވަހާއި ހޯމަ ދުވަހުގެ ޖަލްސާއަށް އެ މައްސަލައިގައި ގޮތެއް ނިންމަން އެޖެންޑާ ކުރިއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން މައްސަލަ ކުރިއަށްނުގެންދެވެއެވެ. އެ މައްސަލަ ކުރިއަށްދަނިކޮށް މަޖިލީހުން ވަނީ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަން އަންގާރަ ދުވަހުގެ ޖަލްސާއަށް ތާވަލުކޮށްފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފިނަމަ މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށްގެންދެވޭނީ އެ މައްސަލައާމެދު ގޮތެއް ނިންމުމަށްފަހުއެވެ. އެހެންވެ އެ މަސައްކަތް ނުނިންމާ އިތުރު އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހޭނީ ތަޅުމަށް ހާޒިރުވެވަޑައިގެން ފިނޭންސް މިނިސްޓަރެވެ. އެ ޖަލްސާގައި ޤައުމުގެ އިގްތިސާދީ ހާލަތާއި ބަޖެޓުގެ ހުލާސާ ބަޔާނެއް މިނިސްޓަރު ދެއްވަން ޖެހެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުއެޓަރނީ ޖެނެރަލްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

 ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް

ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް

17 އޮކްޓޯބަރު 2025
ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"

ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"

07 އޮކްޓޯބަރު 2025
ގާނޫނު އަސާސީގައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތް ބަންޑާރަނައިބު ވެސް ކުރަންޖެހޭ: މުއިއްޒު

ގާނޫނު އަސާސީގައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތް ބަންޑާރަނައިބު ވެސް ކުރަންޖެހޭ: މުއިއްޒު

29 ސެޕްޓެމްބަރު 2025
މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.

މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.

22 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅު އުސޫލަކުން ނޫން: ކުރީގެ ޕީޖީ މުއިއްޒު

މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅު އުސޫލަކުން ނޫން: ކުރީގެ ޕީޖީ މުއިއްޒު

16 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު