Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިޤްތިސާދު

ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ މިންވަރަށް އަނބުރާ ރުޖޫއަވެއްޖެ - އަމީރު

މި އަހަރު ރާއްޖޭގެ އިޤްތިސާދު ކުރިއަރާނެކަމަށް މިހާރު ލަފާކުރެވެނީ 8.7 އިންސައްތައިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2023 | އަންގާރަ 06:24
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

ރާއްޖޭގެ އިޤްތިސާދު، ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ މިންވަރަށް އަނބުރާ ރުޖޫޢަވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުގެ އަސަރު ރައްޔިތުންނަށް އިޙްސާސްވާ މިންވަރު ކުޑަކުރެވި، އެ ގޮންޖެހުންތަކުން އަރައިގަނެވުނު ކަމަށެވެ. އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިހުނަށްވުރެ މަތިކުރެވި ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ މިއީ ހަރުދަނާ ސިޔާސަތުތަކެއްގެ މަތީގައި، އުނދަގޫ ފިޔަވަޅުތައް ވެސް އަޅަންޖެހުނު ވަގުތު އެ ފިޔަވަޅުތައް އަޅައިގެން، ހިކުމަތްތެރިކަމާއެކު ކުރިއަށް ދިއުމުގެ ނަތީޖާ ކަމަށެވެ. ޤައުމެއްގެ އިޤްތިސާދީ އަދި ފިސްކަލް ސިޔާސަތުތައް ބިނާވަނީ އެ ވަގުތެއްގެ އިޤްތިސާދީ ހާލަތާއި ކުރިމަގުގެ އަންދާޒާގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދު މިއަދު މިވަނީ، ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ މިންވަރަށް އަނބުރާ ރުޖޫއަވެފައި ކަމަށާއި، ކޮވިޑް-19ގެ އިޤްތިސާދީ ތަދުމަޑުކަމުން އަރައިގަނެވިއްޖެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި އަހަރު ރާއްޖޭގެ އިޤްތިސާދު ކުރިއަރާނެކަމަށް މިހާރު ލަފާކުރެވެނީ 8.7 އިންސައްތައިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިވުމެވެ. މި އަހަރުގެ ތެރޭގައި ޗައިނާގެ ބޯޑަރު ހުޅުވުމާއެކު، އެ ގައުމުގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ފެށުމުގެ ސަބަބުން، ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް، އަހަރުގެ 2 ވަނަ ކުއާޓަރުން ފެށިގެން ވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު، 2022 އާ އަޅައިބަލާއިރު، މަދުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ އިތުރުން، ރާއްޖޭގެ އިޤްތިސާދުގައި މުހިއްމު ސިނާއަތްތައް ކަމަށްވާ އިމާރާތްކުރުމާއި، މުވާސަލާތާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާތައް މިއަހަރާއި މިއަންނަ އަހަރު ވެސް ކުރިއަރާނެ ކަމަށެވެ.

މި އިޤްތިސާދީ ކުރިއެރުމުގެ އެހީގައި ރާއްޖޭގައި އުފެދޭ ވަޒީފާގެ އަދަދު އިތުރުވާނެ ކަމަށާއި، ކޮވިޑް-19 އަށްފަހުގައި 2021 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންގެ އަދަދު އަހަރުން އަހަރަށް ބަލާއިރު އެވްރެޖްކޮށް 8.4 އިންސައްތަ އިތުރުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ މަސައްކަތު އާބާދީ އާއި އިޤްތިސާދަށް ހުރި ފަހި ފުރުސަތުތައް ދައްކައިދޭ އަލާމާތެއް ކަމަށެވެ. އަދި އަންނަ އަހަރުވެސް ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން، ރާއްޖޭގެ ވަޒީފާގެ ބާޒާރުގަ ވަޒީފާތައް އުފެދި އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖޭގެ އިގުތިސާދު ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުފިނޭންސް މިނިސްޓްރީދައުލަތުގެ ބަޖެޓް 2024ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

07 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު