Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަމީރު މަޖިލީހަށް ހާޒިރު ނުވުން

އަމީރު މަޖިލީހަށް ހާޒިރު ނުވީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނާ ވާހަކައަށް އޭނާގެ ވަރުގަދަ ރައްދު - "ޤާނޫނާއި ޚިލާފަށް މި 5 އަހަރުވެސް ކުރި ކަމެއް ނޯންނާނެ"

ޤަވާއިދުތަކާއި ޚިލާފަށް ކޮށްފައި އޮތް އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2023 | އަންގާރަ 09:14
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

އެޓަރނީ ޖެނެރަލް (އޭޖީ) ގެ ލަފާފުޅާއެކު ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނިންމަވާފައި ވަނިކޮށް އެކަން ކުރެއްވީ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ކަމަށް ވިދާޅުވެ ކުރަމުންދާ ތުހުމަތުތަކަށް މިނިސްޓަރ އަމީރު ރައްދު ދެއްވައިފިއެވެ.

 މިނިސްޓަރު އެގޮތަށް ނިންމަވާފައި ވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީން ގާނޫނީ ލަފާ ދެއްވާފައިވާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަލީ އާޒިމް ވަނީ އެފަދަ އެންގުމެއް އެޖީ އަށް ވެސް ނޭންގޭނެ ކަަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހަށް ހާޒިރުވެވަޑައިނުގަތުމަކީ އަމީރު ޤާނޫނާއި ޚިލާފަށް ކުރެއްވި ކަމެއް ކަަަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެކަމާއި ގުޅިގެން ކޮންމެވެސް ދުވަހަކުން އަމީރު ކޯޓަށް ދާން ޖެހޭނެ ކަަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އާޒިމްގެ އެ ވާހަކަތަކާއި ގުޅިގެން "ރާއްޖެ އެމްވީ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މުސްތަގްބަލުގައި ކަންކަން ހިނގާނެ ގޮތެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ކޮށްފައި އޮތް އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އެއީ ހަމައެކަނި މިއަދުގެ ވާހަކަ ނޫން ކަމަށާއި ޤާނޫނާއި ޚިލާފަށް މި 5 އަހަރުވެސް އެމަނިކުފާނު ކުރެއްވި ކަމެއް ނޯންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހެޅުމުން އާދީއްތަ ދުވަހުގެ ޖަލްސާ އާއި ހޯމަ ދުވަހުގެ ޖަލްސާއަށް އެ މައްސަލައިގައި ގޮތެއް ނިންމަން ވަނީ އެޖެންޑާކޮށްފައެވެ. އެހެންނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން މައްސަލަ ކުރިއަށްގެންދެވޭ ގޮތް ވަނީ ނުވެފައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފިނަމަ މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށްގެންދެވޭނީ އެ މައްސަލައާމެދު ގޮތެއް ނިންމުމަށްފަހުއެވެ. ނަމަވެސް އެ މައްސަލަ ހުށަހަޅަން އޮއްވާ އެ މައްސަލަ އެޖެންޑާ ނުކޮށް މަޖިލީހުން ވަނީ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަން އަންގާރަ ދުވަހުގެ ޖަލްސާއަށް ތާވަލުކޮށްފައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުރައްޔިތުންގެ މަޖިލިސްއަލީ އާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު