Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2024 ބަޖެޓްގެ މަސައްކަތް

އަމީރު ޤާނޫނާއި ޚިލާފަށް ކަމެއް ކުރައްވާފައިވާ ކަމަށް ނުފެނޭ، މައްސަލައެއް އޮތް ނަމަ ލިޔުމުން ހުށަހަޅުއްވާ - އަސްލަމް

ކުރިން ބަޖެޓް ހުށަހަޅަން ތާވަލްކުރި ޖަލްސާ އަށް އަމީރު ވަޑައިގަންނަވާފައި ނުވަނީ ބަންޑާރަނާއިބުގެ ލަފާފުޅާއި އެކުގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ނޮވެމްބަރު 2023 | އަންގާރަ 04:49
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ޤާނޫނާއި ޚިލާފަށް ކަމެއް ކުރައްވާފައިވާ ކަމަށް ފެންނަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް ގޮންޖައްސަވާފައިވާ ކަމަށާއި އެ މަނިކުފާނު ޝަރީއަތަށް ފޮނުވަން ޖެހޭ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެންނެވެ.

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ، މިނިސްޓަރު އަމީރު މަޖިލީހަށް ވަޑައިގަންނަވާފައިވަނީ ކުށުގެ ތުހުމަތުގައި ހުންނަވައިގެން ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ޤަވާއިދުގެ 62 ވަނަ މާއްދާ އާއި މަޖިލީހުގެ މުޅި ރޫހާއި، ޤާނޫނު އަސާސީ އާއި ރާއްޖޭގެ އުސޫލުތަކާއި ޚިލާފަށް ފިނޭންސް މިނިސްޓަރު އަމީރު ވަނީ މީގެ ކުރިން ބަޖެޓް ހުށަހަޅަން ތާވަލްކުރި ޖަލްސާ އަށް ވަޑައިނުގެން ކުށެއް ކުރައްވާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ސިޔާސީ ބޭނުންތަކަށް އެކަން އެކި ގޮތްގޮތަށް އަނބުރަމުންދާ ކަމަށް ވެސް ވަނީ މެންބަރު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ދައުލަތުގެ ނިޒާމް ބޭނުން ގޮތަަކަށް އަނބުރާލެވިގެން ނުވާނެ ކަމަށާއި މާލީ ވަޒީރަށް މަޖިލީހަށް ގޮންނުޖެއްސެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ އެ ވާހަކަފުޅުތަކާއި ގުޅިގެން އަސްލަމް ވިދާޅުވީ ބަޖެޓުގެ މަސައްކަތް ތާވަލްކޮށްފައި އޮތް 31 އޮކްޓޯބަރު ވަނަ ދުވަހުގެ ޖަލްސާ އަށް އަމީރު ވަޑައިނުގަންނަވާ ސަބަބު ފާހަގަކުރައްވާ، މަޖިލީހަށް އަމީރު ސިޓީއެއް ފޮނުއްވާފައިވާ ކަަމަށާއި އެކަމުގައި ޤާނޫނާއި ޚިލާފު ކަމެއް ފެންނަން ނެތް ކަމަށެވެ. މަޖިލީހުގައި ކަންހިނގައި ދިޔަ ގޮތާއި މަޖިލީހުގެ ޤަވާއިދަށް އަމަލުކުރި ގޮތް ވަރަށް ސާފު ކަމަށާއި އެކަމުގެ ބަހުސަކަށް ހުޅުވާލަން ބޭނުންފުޅު ނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ޤާނޫނާއި ޚިލާފަށް އަމަލެއް ކުރައްވާފައިވާ ނަމަ އެކަމެއް ފާހަގަކުރައްވާ ލިޔުމުން ހުށަހެޅުއްވުމަށް އަސްލަމް ވިދާޅުވިއެވެ.

ކުރިން ބަޖެޓް ހުށަހަޅަން ތާވަލްކުރި ޖަލްސާ އަށް އަމީރު ވަޑައިގަންނަވާފައި ނުވަނީ ބަންޑާރަނާއިބުގެ ލަފާފުޅާއި އެކުގައެވެ.

ރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު

14 މެއި 2024
އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
23 އެޕްރީލު 2024

އައު މަޖިލިސް ހުވާކުރުން މެއި 28ގައި

23 އެޕްރީލު 2024
އައު މަޖިލިސް ހުވާކުރުން މެއި 28ގައި
13 އެޕްރީލު 2024

ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނަން - އަސްލަމް

13 އެޕްރީލު 2024
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނަން - އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު