Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުފާވެރި އަމާން ރާއްޖެ

މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިޞާދު 107 ބިލިއަން ރުފިޔާއަށް އަރާނެ: އަމީރު

ކޮވިޑް ނައިނަމަ 2023 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ޖީޑީޕީ ގާތްގަނޑަކަށް 140 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 އޯގަސްޓު 2023 | ބުދަ 01:17
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިޞާދު ގާތްގަނޑަކަށް 107 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ގދ ގައްދޫގައި ކުރިޔަށްދިޔަ "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން އަމީރު ވަނީ ރާއްޖޭގެ އިގްތިޞާދު މިސަރުކާރުގައި ކުރިއަރައިގެންދިޔަ ގޮތާއި ކުރީ ސަރުކާރާއި މިސަރުކާރުން ހިންގާފައިވާ މަޝްރޫޢުތައް އަޅާކިޔުއްވާ ހިސާބު އަދަދުތަކުން އެކަންކަން ހާމަކުރައްވާފައެވެ. އަމީރު ވިދާޅުވީ މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު އަހަރު ކަމުގައިވާ 2018 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ބޮލަކަށް ޖެހޭ އަދަދު ނުވަތަ ޖީޑީޕީ ހުރީ 81 ބިލިއަން ރުފިޔާގައި ކަމަށެވެ. ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ރިޒަރވްގައި ބޭނުންކުރެވޭ ރިޒަރވް ނުވަތަ ޔޫސަބަލް ރިޒަރވްގެ ގޮތުގައި ހުރީ 162 މިލިއަން ޑޮލަރުކަމަށް އަމީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޖެހިގެން އައި 2019 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 86 ބިލިއަން ރުފިޔާއަށް އެރިއިރު އެއަހަރު ޔޫސަބަލް ރިޒަރވްގައި ހުރީ 316 މިލިއަން ޑޮލަރު ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވަނީ 2020 ވަނަ އަހަރު ރާއްޖެ އާއި މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބައިނައިނަމަ ރާއްޖޭގެ އިގްތިޞާދު ހުންނާނެ މިންވަރުވެސް ވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ ކޮވިޑާއެކު ރާއްޖޭގެ ޖީޑީޕީ 2020 ވަނަ އަހަރު 57 ބިލިއަން ރުފިޔާއަށް ދަށަށް ދިޔަކަމަށެވެ. އެއީ 31 އިންސައްތައިގެ ދަށްވުމެއްކަމަށާއި އެއަހަރު ރާއްޖެ އައީ ފަސްލައްކަ ފަންސާސްހާސް ފަތުރުވެރިންކަމަށް އަމީޒު ވިދާޅުވިއެވެ. އެއަހަރު ނިމުނުއިރު ޔޫސަބަލް ރިޒަރވްގައި ހުރީ 177 މިލިއަން ޑޮލަރުކަމަށް އަމީރު ވިދާޅުވިއެވެ.

ނަމަވެސް ޖެހިގެން އައި 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިޞާދު ބޮޑު ޖަމްޕެއް ޖެހިކަމަށާއި އެއާއެކު ރާއްޖޭގެ އިގްތިޞާދު 41.7 އިންސައްތައަށް ކުރިއަރައިގެންދިޔަ ކަމަށެވެ. އެއަހަރު ނިމުއިރު ރާއްޖޭގެ އިގްތިޞާދު 83 ބިލިއަން ރުފިޔާގެ އިގްތިޞާދަކަށް ބަދަލުކޮށްލިކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އިގްތިޞާދަށް މިބަދަލު ގެންނެވީ ރާއްޖޭގެ އިގްތިޞާދާއި ދުނިޔޭގެ އިގްތިޞާދަށް ދުވަހަކުވެސް ކުރިމަތިނުވާ މިންވަރުގެ އިގްތިޞާދީ އަޑިގުޑަން ތަކަކާއެކު ކަމަށެވެ.

އަމީރު ވިދާޅުވީ މިކަންކަން ކުރީ ހިކުމަތްތެރިކަމާއެކު ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ އިރުޝާދާއެކު ކަމަށެވެ. އަމީރު ވަނީ މީގެކުރިން އައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫޢުތަކަށް ސަރުކާރުގެ ބަޖެޓުން ހޭދަކުރި މިންވަރާއި މި ފަސް އަހަރު ތެރޭގައި ހޭދަކޮށްފައިވާ މިންވަރުވެސް ހާމަކުރައްވާފައެވެ. އެގޮތުން :

ފެނާއި ނަރުދަމާ:

- 2014ން 2018ށް ކުރީ ސަރުކާރުގައި ހޭދަކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާ

- 2019ން 2023ށް މިސަރުކާރުގައި ހޭދަކޮށްފައިވަނީ 6.3 ބިލިއަން ރުފިޔާ

ބަނދަރުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިން ހިއްކުން:

- 2014ން 2018ށް ކުރީ ސަރުކާރުގައި 1.7 ބިލިއަން ރުފިޔާ

- 2019ން 2023ށް މިސަރުކާރުގައި 12 ބިލިއަން ރުފިޔާ

މަގު ހެދުމަށް:

- 2014ން 2018ށް ކުރީ ސަރުކާރުގައި 96 މިލިއަން ރުފިޔާ

- 2019ން 2023ށް މިސަރުކާރުގައި 5.5 ބިލިއަން ރުފިޔާ

އަމީރު ވިދާޅުވީ މިސަރުކާރުން އިގްތިޞާދީ ބޮޑެތި ދަތިތަކާއެކުވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި އިގްތިޞާދު ދެގުނަކުރުންކަމަށާއި އެކަމަށްވެސް ސިޔާސަތުތަކެއް އެބައޮތްކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޮންމެ ދިމާލަކަށް ބަލާލިނަމަވެސް މިސަރުކާރުން މަސައްކަތްތަކެއް އެދާއިރާތައް ކުރިއެރުވުމަށް ކޮށްފައިހުންނާނެކަމަށެވެ. އިޖުތިމާއީ ގޮތުން ސިޔާސަތުތަކަށް ބަދަލުތަކެއް ގެނެސްފައިވާނެކަމަށާއި އެގޮތުން މިނިމަމް ވޭޖު ގެނައުމާއި ސަރވިސް ޗަރޖް ގެނެސްދީފައިވާނެކަމަށް އަމީރު ވިދާޅުވިއެވެ.

ޕޭހާމަނައިޒޭޝަންގެ ދަށުން ޓީޗަރުންނާއި ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށް މަތީ ތައުލީމުގެ ފުރުސަތު ފަހިކުރުމަށް ހިލޭ ޑިގްރީ ތަޢާރަފްކޮށް ސްޓޫޑެންޓް ލޯނު ކުރިޔަށްގެންދާކަމަށް ވިދާޅުވިއެވެ. މިކަންތައްތަކަކީ މީގެކުރިން ދުވަހަކުވެސް ރާއްޖޭގައި ނުކުރާ ކަންތައްތަކެއްކަމަށާއި މިކަންކަން ކޮށްފައިވަނީ ދުނިޔޭގެ ތާރީޚުގައިވެސް ނުދެކޭ ފަދަ އިގްތިޞާދީ ބޮޑެތި ގޮންޖެހުންތަކާއެކުކަމަށް އަމީރު ވިދާޅުވިއެވެ.

އުފާވެރި އަމާން ރާއްޖެފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު