Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

އާލާސްކަންފުޅާ އުޅުއްވާތީ ބަޖެޓު ހުށަހަޅަން ވަޑައިނުގެންނެވޭނެކަން އަމީރު މަޖިލީހަށް އަންގަވައިފި

ދެވަނަ ޖަލްސާއަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2023 | ހޯމަ 00:25
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި

ދެ ބަޖެޓެއް ހުށަހަޅަން މިއަދަށް ތާވަލު ކުރި ޖަލްސާއަށް، އާލާސްކަންފުޅާ އުޅުއްވާތީ ވަޑައިގެންނެވެން ނެތްކަން ފިނޭންސް މިނިސްޓަރު މަޖިލީހަށް އަންގަވައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި އަމީރު ފޮނުއްވި ސިޓީގައި ވިދާޅުވީ ޖަލްސާގެ އެޖެންޑާގައި 2024 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅަން އޮޔް ކަމަށްވި ނަމަވެސް ބަލިހާލަތު ހުރި ގޮތުން ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވެން ނެތް ކަމަށެވެ.

Advertisement - newsAdvertisement

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި މިއަހަރުގެ ބާކީ މިއޮތް ދުވަހަށް ބޭނުންވާ ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމަށް މަޖިލީހުގެ އިދާރާއިން ވަނީ މިއަދު ހެނދުނު 9:00ގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ. ނަމަވެސް އަމީރަށް ޖަލްސާއަށް ވަޑައިގެންނެވެން ނެތުމުން އެ ޖަލްސާ ބޭއްވުމާ މެދު އިދާރާއިން ނިންމާ ގޮތެއް އަދި ހާމަކޮށްފައި ނުވެއެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހޭނީ ތަޅުމަށް ހާޒިރުވެވަޑައިގެން ފިނޭންސް މިނިސްޓަރެވެ. އެ ޖަލްސާގައި ޤައުމުގެ އިގްތިސާދީ ހާލަތާއި ބަޖެޓުގެ ހުލާސާ ބަޔާނެއް މިނިސްޓަރު ދެއްވަން ޖެހެއެވެ.

މިއަދު ދެ ޖަލްސާއެއް ބާއްވަން މަޖިލީހުގެ އިދާރާއިން ވަނީ ތާވަލު ކޮށްފައެވެ. ފުރަތަމަ ޖަލްސާ 9:00 އަށް ތާވަލު ކޮށްފައި އޮތްއިރު ދެވަނަ ޖަލްސާ ތާވާލުކޮށްފައިވަނީ 11:00 އަށެވެ. ދެވަނަ ޖަލްސާއަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލައެވެ.

ނަޝީދުގެ އިތުބާރުގެ މައްސަލަ އާދީއްތަ ދުވަހު ދެ ޖަލްސާއަކަށް ތާވަލު ކުރި އެވެ. ނަމަވެސް ދެ ޖަލްސާގައި ވެސް ރިޔާސަތުން ވަނީ އެ ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ނިންމަވައި ބޭރުކޮށްލައްވާފައެވެ. މަޖިލީހުގެ ރިޔާސަތުގައި ފުރަތަމަ ޖަލްސާގައި އިންނެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އަދި ދެވަނަ ޖަލްސާގައި ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ.

ރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުދައުލަތުގެ ބަޖެޓް 2024

ކޮމެންޓް

އިތުރަށް ކިޔާލަން

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި

28 އޮކްޓޯބަރު 2024
5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފި، ސަރުކާރުން ބުނީ މިއީ ކުރީ ސަރުކާރުގެ ސަބަބުން ހުށަހެޅި ބަޖެޓެއް ކަމަށް

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފި، ސަރުކާރުން ބުނީ މިއީ ކުރީ ސަރުކާރުގެ ސަބަބުން ހުށަހެޅި ބަޖެޓެއް ކަމަށް

24 އޮކްޓޯބަރު 2024
އިންޑިއާ އިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން ފަސްކޮށްދީފި

އިންޑިއާ އިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން ފަސްކޮށްދީފި

19 ސެޕްޓެމްބަރު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު