Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އިންޓަ މިލާނާ އެއްވަރުވެ ބާސެލޯނާ އަށް ނުތަނަވަސްކަން

13 އޮކްޓޯބަރު 2022 | ބުރާސްފަތި 02:20

މެޗު ނިމުނީ 3-3 އިން އެއްވަރުވެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 02:20
ބާސެލޯނާ އަދި އިންޓަ ކުޅުނު މެޗުގެ ތެރެއިން

ބާސެލޯނާ އަދި އިންޓަ ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ދެ ވަނަ ލެގުގައި އިންޓަ މިލާނާ އެއްވަރުވެ، މުބާރާތުގައި ކުރިއަށް ދިޔުމަށް ބާސެލޯނާ އަށް ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ގްރޫޕް ސީގެ ފުރަތަމަ ލެގުގައި މި ދެ ޓީމު އިންޓަގެ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކުރީ އިންޓައިންނެވެ. ބުދަ ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައި އިންޓަ ބަލިކޮށްގެން ދެވަނަ ބުރަށް ދިޔުމުގެ އުންމީދެއް އެ ޓީމަށް ލިބެން އޮތެވެ. ނަމަވެސް އެ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ވަނީ ރަނގަޅަށް ކުޅެ، ލީޑު ވެސް ނަގާފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި ސާޖީ ރޮބާޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޮސްމާން ޑެމްބެލޭ ވަނީ ލަނޑު ޖަހައި ބާސެލޯނާ އަށް ލީޑު ނަަގައިދީފައެވެ. ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ބަރެއްލާ ވަނީ ލަނޑެއް ޖަހައި އިންޓަ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ ފަހުން 63 ވަނަ މިނެޓުގައި ލައުޓާރޯ މާޓީނޭޒް ވަނީ ލަނޑެއް ޖަހައި އިންޓަ އަށް ލީޑު ހޯދައިދީފައެވެ.

ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ 82 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީއެވެ. ނަމަވެސް މެޗުގެ 89 ވަނަ މިނެޓުގައި ގޮސެންސް ވަނީ އިންޓަގެ ތިން ވަނަ ލަނޑު ޖަހައި ދެ ވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދައިދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ދެ ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ލަނޑު ޖަހައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ނަތީޖާއާއެކު ބާސެލޯނާ އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެ ތިން ވަނަ މަގާމުގައެވެ. ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެން އިންޓަ އޮތީ ދެ ވަނަ މަގާމުގައެވެ. ދެވަނަ ބުރުގެ ޖާގައަކާ އިންޓަ އިން ގާތް ކުރި އިރު، ބާސެލޯނާ އަށް ޖެހޭނީ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗާއި، ރަށުން ބޭރުގައި ވިކްޓޯރިއާ ޕްލެންޒާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާށެވެ. ބާސެލޯނާ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތީ ކުރިއަށް އޮތް ދެ މެޗުން ވެސް އިންޓަ ބަލިވެގެންނެވެ.

ޗެމްޕިއަންސް ލީގުބާސެލޯނާއިންޓަރ މިލާން

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް