Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާރްވީއެސްއޭ ވިމެންސް ހޭންޑް ބޯލް ޓޯނަމެންޓް

ފަހު މެޗު އެއްވަރުކޮށް 22 ސްޕޯޓްސް ކްލަބު އެއްވަނައަށް

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 11 އޮކްޓޯބަރު 2022 | އަންގާރަ 14:48
ފްރިގޭޓަރ އާއި 22 ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން

ފްރިގޭޓަރ އާއި 22 ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން

އާރްވީއެސްއޭ ވިމެންސް ހޭންޑް ބޯލް ޓޯނަމެންޓްގެ ލީގު ބުރުގައި ކުޅުނު ފަހު މެޗު އެއްވަރުކޮށްގެން 22 ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ލީގު ބުރުގެ ފަހު މެޗުގައި 22 ސްޕޯޓްސް ކްލަބު ބައްދަލުކުރީ ފްރިގޭޓަރއާއެވެ. މި މެޗު ނިމުނީ 12-12ން އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފްރިގޭޓަރގެ ރަމްޒިއްޔާއެވެ.

އަންގާރަ ދުވަހު ލީގު ބުރުގެ އެހެން މެޗެއްވެސް ކުޅުނެވެ. އެމެޗުގައި އިމަގުގެ މައްޗަށް ހޯރަފުށީ އެއަރޕޯޓް ކުރިހޯދީ 18-9ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހޯރަފުށީ އެއަރޕޯޓް ޓީމުގެ ޖުނާއެވެ.

ލީގު ބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެއް ފައިނަލުގައި ވާދަކުރާގޮތަށް ކުޅޭ މި މުބާރާތުގެ ފައިނަލަުގައި ވާދަކުރާނީ 22 ސްޕޯޓްސް ކްލަބާއި ޓީމް މާރަންދޫއެވެ. ލީގު ބުރު ނިމުނުއިރު 10 ޕޮއިންޓާއެކު 22 ސްޕޯޓްސް ކްލަބު އެއްވަނައިގައި އޮތްއިރު, ދެވަނައިގައި އޮތް މާރަންދޫއަށް ލިބެނީ 9. ނުވަ ޕޮއިންޓެވެ. ހަ ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ހޯރަފުށީ އެއަރޕޯޓް ޓީމެވެ. ހަތަރު ޕޮއިންޓާއެކު ފްރިގޭޓަރ ހަތަރުވަނައިގައި އޮތްއިރު, ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ އިމަގުއެވެ.

ހޯރަފުށީ އާރުވީ ސްޕޯޓްސް އެކަޑަމީން އިންތިޒާމުކުރާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ހއ. ހޯރަފުށި

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2025

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025
ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

30 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި
02 ސެޕްޓެމްބަރު 2025

5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

02 ސެޕްޓެމްބަރު 2025
5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި
17 ފެބުރުއަރީ 2025

ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

17 ފެބުރުއަރީ 2025
ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި
30 ޖެނުއަރީ 2025

ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު

30 ޖެނުއަރީ 2025
ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު