Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާރްބީ ލައިޕްޒިގް

"އަހަރެމެން ކުރާ ކޮންމެ ކަމެއް ޗެލްސީން ކުރަން ބޭނުންވޭ!"

ލައިޕްޒިގުން ވަނީ އެ ކުލަބުގެ ޓެކްނިކަލް ޑިރެކްޓަރުކަމުން ބުރާސްފަތު ދުވަހު ވިވެލް ވަކިކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އޮކްޓޯބަރު 2022 | އަންގާރަ 03:10
މިންޓްޒްލަފް

މިންޓްޒްލަފް

އާރްބީ ލައިޕްޒިގުން ކުރާ ކޮންމެ ކަމެއް ޗެލްސީން ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ އެ ޓީމުގެ ސީއީއޯ އޮލިވާ މިންޓްޒްލަފް ޗެލްސީ އަށް ފާޑު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޗެލްސީގެ އައު ޓެންނިކަލް ޑިރެކްޓަރަކަށް ކްރިސްޓޮފާ ވިވެލް ހަމަޖައްސަން އުޅޭ ކަމަށް އަޑުތައް ފެތުރެމުން ދާ ވަގުތެއްގައެވެ. އޭނާ ވިދާޅުވީ ކުރިން އޮތް އިތުބާރު މިހާރު ނޯންނާނެ ކަމަށެވެ. އަދި އެންމެ ފަހުން ކަންކަން ފިޓު ނުވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ދެން އެއްކޮށް މަސައްކަތް ކުރުމަކީ ނުވާނެ ކަމެއް ކަމަށެވެ. އޭނާ ވަނީ ޗެލްސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ލައިޕްޒިގުން ވަނީ އެ ކުލަބުގެ ޓެކްނިކަލް ޑިރެކްޓަރުކަމުން ބުރާސްފަތު ދުވަހު ވިވެލް ވަކިވެސް ކޮށްފައެވެ. ލައިޕްޒިގުން ނެރުނު ބަޔާނެއްގައި ބުނީ، މަގާމުން އޭނާ ވަކިކޮށްފައިވަނީ ކުލަބާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުމެއްގެ ތެރެއިން ކަމަށެވެ. ލައިޕްޒިގުން ބުނީ އޭނާގެ މަސްއޫލިއްޔާތުތަކާ ވަގުތީ ގޮތުން މިހާރުގެ މުވައްޒަފެއް ހަވާލުވާނެ ކަމަށެވެ. މީގެ އިތުރުން އެ ކުލަބުގެ އައު ޓެކްނިކަލް ޑިރެކްޓަރު ކަމަށް މެކްސް އެބާލް ހަވާލުވާނެ ކަމަށް ވެސް ލައިޕްޒިގުން ވަނީ ބުނެފައެވެ.

ޖަރުމަނަށް އުފަން އުމުރުން 35 އަހަރުގެ ވިވެލް ވަނީ މީގެ ކުރިން ލައިޕްޒިގްގެ ހެޑް އޮފް ސްކައުޓިން، އަދި ސްޕޯޓިން ޑިރެކްޓަރުކަން ވެސް ކޮށްފައެވެ. ލައިޕްޒިގްގެ ކުރިން ހޮފެންހަމްގައި ވެސް ވިވެލް ވަނީ މަސައްކަތްކޮށްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީގެ އައު ޓެކްނިކަލް ޑިރެކްޓަރުގެ ގޮތުގައި ވިވެލް ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއި ކުރާނެއެވެ. މީގެ އިތުރުން ޗެލްސީން މަސައްކަތް ކުރަމުން އަންނަނީ މި ހަފްތާގެ ތެރޭގައި އެ މަގާމަށް އޭނާ ހަމަޖެއްސުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އާރްބީ ލައިޕްޒީގް

އިތުރަށް ކިޔާލަން

23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
24 އޮކްޓޯބަރު 2024

ލައިޕްޒިގް ބަލިކޮށް، ލިވަޕޫލަށް ތިން ވަނަ މޮޅު

24 އޮކްޓޯބަރު 2024
ލައިޕްޒިގް ބަލިކޮށް، ލިވަޕޫލަށް ތިން ވަނަ މޮޅު
03 ޑިސެމްބަރު 2023

މޮޅާއެކު ލައިޕްޒިގް ހަތަރު ވަނަ އަށް

03 ޑިސެމްބަރު 2023
މޮޅާއެކު ލައިޕްޒިގް ހަތަރު ވަނަ އަށް
29 ނޮވެމްބަރު 2023

ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން މޮޅުވެ، ގްރޫޕްގެ އެއްވަނަ ސިޓީ އަށް

29 ނޮވެމްބަރު 2023
ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން މޮޅުވެ، ގްރޫޕްގެ އެއްވަނަ ސިޓީ އަށް
05 އޮކްޓޯބަރު 2023

ފަހު ދިހަ މިނެޓުގެ ލަނޑުތަކާއެކު ސިޓީން ލައިޕްޒިގް ބަލިކޮށްފި

05 އޮކްޓޯބަރު 2023
ފަހު ދިހަ މިނެޓުގެ ލަނޑުތަކާއެކު ސިޓީން ލައިޕްޒިގް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު