Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ހާލާންޑްގެ ރެކޯޑުތަކާއެކު ބޮޑު މޮޅެއް ހޯދައިގެން ސިޓީ ކުއާޓާ ފައިނަލަށް!

15 މާރިޗު 2023 | ބުދަ 03:44

ފުރަތަމަ ހާފްގައި ހާލާންޑް ހެޓްރިކް ފުރިހަމަކުރި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 15 މާރިޗު 2023 | ބުދަ 03:44
ހާލާންޑް މެޗުގައި ފަސް ލަނޑު ޖެހި

ހާލާންޑް މެޗުގައި ފަސް ލަނޑު ޖެހި

ހާލާންޑްގެ ރެކޯޑް ގޯލްތަކާއެކު, ބޮޑު މޮޅެއް ހޯދައިގެން ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަ ހޯދައިފިއެވެ.

ފުރަތަމަ ލެގުން ފަހަތުގައި އޮތް މެންޗެސްޓަރ ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި އާރުބީ ލައިޕްރިޒިގު އަތުން ހޯދީ ހަތް ލަނޑުގެ މޮޅެކެވެ. މެޗު ސިޓީން ކާމިޔާބުކުރީ 7-0 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ހާލާންޑް ހެޓްރިކް ފުރިހަމަ ކުރިއެވެ. ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. ހެޓްރިކް ފުރިހަމަ ކުރީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. ފުރަތަމަ ހާފް ސިޓީން ނިންމާލީ ހާލާންޑްގެ ތިން ގޯލާއެކު 3-0 ނެވެ. ދެވަނަ ހާފް ފަށައިގެން ސިޓީގެ ފުރަތަމަ ގޯލް ޖެހީ ގުންޑޮގާންއެވެ. ދެވަނަ ހާފްގައިވެސް ހަތަރު މިނިޓްގެ ތެރޭގައި ހާލާންޑް ދެ ގޯލް ޖަހާ, މެޗުގައި އޭނާގެ ލަނޑުގެ އަދަދު ފަހަކަށް އެރުވިއެވެ. މިއާއެކު ހާލާންޑް ވެފައިވަނި ޔޫރަޕްގެ ޓޮޕް ކްލަބް މުބާރާތެއްގައި އެންމެ އަވަހަށް 30 ގޯލް ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި ޗެމްޕިއަންސް ލީގު އެއް މެޗެއްގައި ފަސް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިއަކީވެސް ހާލާންޑެވެ. ސިޓީގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ކެވިން ޑި ބުރޭނާއެވެ.

22 އަހަރުގެ ހާލާންޑް މިސީޒަންގައި ސިޓީއަށް ބަދަލުވެ މިހާތަނަށް 39 ގޯލް ވަނީ ޖަހާފައެވެ. މިއީ ސިޓީގެ ކުޅުންތެރިއަކު އެއް ސީޒަނެއްގައި ޖެހި އެންމެ ގިނަ ގޯލެވެ. މިސީޒަންގައި ހާލާންޑް ވަނީ ފަސް ހެޓްރިކް ހަދާފައެވެ. މިއީވެސް ރެކޯޑެކެވެ. މިސީޒަންގައި ޔޫރަޕްގެ ފަސް ލީގުގައިވެސް އެހެން ކުޅުންތެރިއަކަށް މިކަން ނުވެއެވެ.

މިބޮޑު މޮޅާއެކު މެންޗެސްޓަރ ސިޓީން ކުއާޓާ ފައިނަލަށް ދަތުރުކުރީ 8-1ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

ޗެމްޕިއަންސް ލީގުމެންޗެސްޓަރ ސިޓީއާލިން ބްރައުޓް ހާލަންޑްއާރްބީ ލައިޕްޒީގް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް