Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން މޮޅުވެ، ގްރޫޕްގެ އެއްވަނަ ސިޓީ އަށް

ސިޓީ ގްރޫޕް ސްޓޭޖްގެ ފަސް މެޗުންވެސް މޮޅުވި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 29 ނޮވެމްބަރު 2023 | ބުދަ 01:14
ސިޓީގެ ތިންވަނަ ލަނޑު ޖެހުމަށްފަހު އަލްވަރޭޒް، ހާލަންޑާއެކު އުފާފާޅުކުރަނީ

ސިޓީގެ ތިންވަނަ ލަނޑު ޖެހުމަށްފަހު އަލްވަރޭޒް، ހާލަންޑާއެކު އުފާފާޅުކުރަނީ

ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން މޮޅުވެ, ޗެމްޕިއަންސް ލީގު ގްރޫޕް ޖީގެ އެއްވަނަ، ޗެމްޕިއަން މެންޗެސްޓަރ ސިޓީން ހޯދައިފިއެވެ.

ގްރޫޕްގެ ދެވަނާގައި އޮތް ޖަރމަނީގެ އާރުބީ ލައިޕްޒިގާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިކުމެ ފުރަތަމަ ހާފްގައި ސިޓީއަށް ލިބުނީ ޝޮކެކެވެ. ފުރަތަމަ ހާފްގައި ދެ ލަނޑު ޖަހާ ސިޓީގެ އިތިއްހާދު ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުން މާޔޫސްކޮށްލީ އާރުބީ ލައިޕްޒިގުންނެވެ. އެއީ 13 ވަނަ މިނިޓާއި, 33 ވަނަ މިނިޓްގައި އޮޕެންޑާ ޖެހި ދެ ލަނޑުން ލީޑެއް ހޯދައިގެންނެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮތް އާރުބީ ލައިޕްޒިގް ކޮޅަށް ސިޓީން ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފް ފަށައިގެން ނުވަވަނަ މިނިޓްގައި ހާލަންޑެވެ. ހާލަންޑް ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނުމަށްފަހު, ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިނގިރޭސި މިޑްފީލްޑަރ ފޮޑެން އެވެ. އަދި ސައްތައިން ސައްތަ ރެކޯޑަކާއެކު ސިޓީއަށް ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްދިނީ އާޖެންޓީނާ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. އަލްވަރޭޒް ސިޓީ މޮޅުކޮށްދިނީ މެޗުގެ ފުރިހަމަވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށެވެ. ދެވަނަ ހާފްގައި ސިޓީން ގޭމް އަނބުރާލުމުގައި ކޯޗު ޕެޕް ގާޑިއޯލާގެ ހަތިޔާރަކަށްވީ އަލްވަރޭޒްއާއި ޑޮކޫ އެވެ. އެ ދެކުޅުންތެރިންވެސް ނިކުތީ ދެވަނަ ހާފްގައެވެ.

މެޗުގައި ހާލަންޑް ޖެހީ ޗެމްޕިއަންސް ލީގުގައި އޭނާގެ 40 ވަނަ ގޯލެވެ. އެންމެ އަވަހަށް ޗެމްޕިއަންސް ލީގުގައި 40 ގޯލް ހަމަކުރި ކުޅުންތެރިއަކީ މިހާރު ހާލަންޑެވެ. އޭނާ 40 ގޯލް ހަމަކުރީ 35 މެޗުންނެވެ. ސިޓީއާއި, އާރުބީ ލައިޕްޒިގް މެޗަށް ނިކުއިންއިރު ދެޓީމަށްވެސް އޮތީ ޗެމްޕިއަންސް ލީގު ދެވަނަ ބުރު ޔަޤީން ވެފައެވެ. ސިޓީ ގްރޫޕް ސްޓޭޖް ނިންމާލީ ފަސް މެޗުންވެސް މޮޅުވެ, 15 ޕޮއިންޓާއެކުއެވެ. އާރުބީ ޕައިޕްޒިގް ދެވަނަ ބުރަށް ދަތުރުކުރީ 9 ޕޮއިންޓާއެކުއެވެ.

ޗެމްޕިއަންސް ލީގުމެންޗެސްޓަރ ސިޓީއާރްބީ ލައިޕްޒީގް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު