Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ލައިޕްޒިގް އަތުން ބަލިވުމުން، ލީގު ނުލިބުމުގެ ބިރު ބަޔާން އަށް

2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ލީގު ކާމިޔާބު ކުރީ ބަޔާން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 21 މެއި 2023 | އާދީއްތަ 06:48
ލައިޕްޒިގް މެޗަށްފަހު ބަޔާންގެ ކުޅުންތެރިން

ލައިޕްޒިގް މެޗަށްފަހު ބަޔާންގެ ކުޅުންތެރިން

ޖަރުމަނު ލީގުގައި ލައިޕްޒިގް އަތުން ބަލިވެ، ޖެހިޖެހިގެން 11 ވަނަ ފަހަރު ލީގު ކާމިޔާބުކުރުމުގެ އުއްމީދު ބަޔާން އަށް ފަނޑުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބަޔާންގެ ދަނޑުގައި ކުޅުނު މެޗު ލައިޕްޒިގް އިން ކާމިޔާބު ކުރީ ބަޔާން އިން ލަނޑެއް ޖަހާފައިވަނިކޮށް، ފަހަތުން އަރާ ތިން ލަނޑު ޖަހާ، 3-1 ގެ ނަތީޖާއަކުންނެވެ. 25 ވަނަ މިނެޓުގައި ސާޖް ގްނަބްރީ ލަނޑެއް ޖަހާ، ބަޔާން އިން ފުރަތަމަ ހާފު ނިންމާލީ ލީޑަކާއެކުއެވެ. ނަމަވެސް، މެޗުގެ 64 ވަނަ މިނެޓުގައި ލައިޕްޒިގް ގެ ކޮންރަޑް ލައިމާ ވަނީ ލަނޑެއް ޖަހާ، ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ 10 މިނެޓު ފަހުން، ކްރިސްޓޮފާ އެންކުންކޫ އަށް ބެންޖަމިން ޕަވާޑް ކުރި ފައުލް އަކާ ގުޅިގެން ލައިޕްޒިގް އަށް ޕެނަލްޓީއެއް ލިބުނެެވެ. އެންކުންކޫ ކާމިޔާބު ކުރި ޕެނަލްޓީއާއެކު ލައިޕްޒިގް އިން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މެޗުގެ 84 ވަނަ މިނެޓުގައި ލައިޕްޒިގް އަށް ވަނީ އިތުރު ޕެނަލްޓީ އެއް ލިބިފައެވެ. އެއީ ލައިޕްޒިގްގެ ސޮބޯޒްލާއީ އަށް ބަޔާންގެ ނުސައިޒު މަޒްރައޮއީ ކުރި ފައުލް އަކާ ގުޅިގެނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ސޮބޯޒްލާއީ ވަނީ ލައިޕްޒިގަށް ލީޑު ފުޅާ ކޮށްދީފައެވެ.

މި ބައްޔާއެކު ބަޔާން އަށް 33 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. ދެވަނައިގައި އޮތް ޑޯޓްމަންޑް އެއް މެޗު މަދުން ކުޅެ، ދެވަނައިގައި އޮތީ 67 ޕޮއިންޓާއެކުއެވެ. އާދިއްތަ ދުވަހު އޮއުސްބާގް އާ ދެކޮޅަށް ކުޅޭ މެޗު ޑޯޓްމަންޑަށް ކާމިޔާބުކުރެވިއްޖެ ނަމަ ދެ ޕޮއިންޓުގެ ލީޑެއް ލިބޭނެއެވެ.

2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޖަރުމަނު ލީގު ކާމިޔާބުކޮށްފައިވަނީ ބަޔާން އިންނެވެ. 2011 އަދި 2012 ގަ ކާމިޔާބުކުރީ ޑޯޓްމަންޑުންނެވެ. ބަޔާން ކައިރިން މޮޅުވުމާއެކު ލަައިޕްޒިގް ވަނީ ތިން ވަނަ ޔަގީންކޮށް، ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފައެވެ.

ބުންޑެސްލީގާބަޔާން މިއުނިކްއާރްބީ ލައިޕްޒީގް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު