Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކްލަބް ވޮލީބޯލް ޗެމްޕ

މޯލްޑިވިއަން ޓީމް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށާއިފި

21 ޖޫން 2017 | ބުދަ 12:59

މި މުބާރާތުގައި މޯލްޑިވިއަން އިން ވާދަކުރަނީ ރާއްޖޭގެ ގައުމީ ޗެމްޕިއަނުންގެ ހައިސިއްޔަތުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 21 ޖޫން 2017 | ބުދަ 12:59
މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް

މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް

ވިއެޓްނާމްގައި އޮންނަ އޭޝިއަން މެންސް ކްލަބް ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާ ގައުމީ ޗެމްޕިއަން، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ފާއިތުވި ދެ އަހަރުވެސް މޯލްޑިވިއަންސް ޓީމަށް ކާމިޔާބީ ހޯދައިދިން ކޯޗް އަބްދުﷲ ނާޝިދްގެ ބެލުމުގެ ދަށުން އެޓީމްގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށާފައި ވާއިރު، އެޓީމަށް އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުން ފުރިސަތު ލިބެނީ ރާއްޖޭގެ ގައުމީ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ.

މި މަހުގެ 28 އިން އަންނަ މަހުގެ 6 އަށް ވިއެޓްނާމްގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނޭ ޓީމު ތަކަކީ ޗައިނާގެ ޗެމްޕިއަން ބެއިޖިން މޮޓޯސް އާއި، ތައިލޭންޑްގެ ޗެމްޕިއަން އެއާފޯސް ޓީމާއި ޖަޕާނުގެ ޗެމްޕިއަން ޓޮޔޯޓާ ބޯސޭއާ އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 14 ގައުމެއްގެ ޗެމްޕިއަނުން ބައިވެރި ވާއިރު، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އީރާނުގެ ސަރްމަޔާ ބޭންކްވެސް މުބާރާތުގައި ވާދަކުރެއެވެ.

މިކަމާ ގުޅޭ ގޮތުން ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން މައުލޫމާތު ހިއްސާކުރަމުން އެ އިދާރާގެ ރައީސް މުހަންމަދު ލަތީފް (ލަތީބެ) ވިދާޅުވީ މުބާރާތުގައި ވާދަކުރުމަށް މޯލްޑިވިއަން ޓީމުގެ ތައްޔާރީތައް ފެށިގެން ކުރިއަށްދާ ކަމަށާއި، މިމަހުގެ 25 ވަނަ ދުވަހު ޓީމް ވިއެޓްނާމަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މުބާރާތުގައި މޯލްޑިވިއަން ޓީމް ރަނގަޅު ކާމިޔާބީއެއް ހޯދާނެ ކަމަށް އުއްމީދު ކުރާކަމަށްވެސް ލަތީބެ ވިދާޅުވިއެވެ.

އޭޝިއާގެ ގައުމުތަކުގެ ޗެމްޕިއަން ކްލަބްތަކުގެ މެދުގައި ކުޅެވޭ މި މުބާރާތުގައި މިއީ ރާއްޖޭގެ ކްލަބެއް ވާދަކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން ދިވެހި ސިފައިންގެ ކްލަބް ވަނީ މި މުބާރާތުގައި ވާދަކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
27 ފެބުރުއަރީ 2017

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް