Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރާއްޖެޓީވީ

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

ވިސާމް އަދި ލީވާންގެ ތެރެއިން ކޮންމެ ނޫސްވެރިޔަކު 28،800 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2017 | ބުދަ 00:33
ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ ވިސާމް (ކ) އަދި ލީވާން (ވ)

ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ ވިސާމް (ކ) އަދި ލީވާން (ވ)

ރާއްޖެ ޓީވީގެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރު، ފުލުހެއްގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެ ދައުލަތުންކުރި ދައުވާ ސާބިތުކޮށް، ކޮންމެ ނޫސްވެރިޔަކު 28،800 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ކުރި ބޭއިންސާފް ހުކުމް އިސްތިއުނާފް ކުރުމަށް އެ ސްޓޭޝަނުން ނިންމައިފި އެވެ.

ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނީ މި ދެ މުވައްޒަފުންނަށް އިއްވި ހުކުމަކީ އިންސާފުން އެއްކިބާވެފައިވާ، ކަންކަން ކަމުގައި ގަބޫލު ކުރެވޭނެ ސަބަބުތައް ޝައްކެއްނެތް މިންވަރަށް ހުރުމާއެކު އެ މައްސަލަ އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ލީވާނާއި ވިސާމް މައްޗަށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ ހުކުމް އައިއިރު އޭގައި މުޅިންވެސް ވަނީ ފުލުހުން ދެއްކި ވާހަކަ ތަކުގެ މައްޗަށް ރިއާޔަތްކޮށް ދިފާއީ އެއްވެސް ހެއްކެއް ވަޒަންނުކޮށްކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ފަރާތުން މި މައްސަލައިގައި ކޯޓުގައި ހެކި ބަސް ދިނީ ލީވާނާއި ވިސާމަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ ބައެއް ކަމަށެވެ.

ނޮވެމްބަރު 2، 2015 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާއާއެކު ލީވާނާއި ވިސާމް ހައްޔަރުކުރިއިރު، ހައްޔަރުކުރުމުގެ ތެރޭގައި އާއި ހައްޔަރު ކުރުމަށް ފަހު އަނިޔާކޮށްފައިވާކަން ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން ވިސާމުގެ ލޯމަތީގައި ޖަހައި ލޯ ދުޅަކޮށްލާފައިވާއިރު، ފިޔާޒުގެ ކަންފަތް މަތީގައި ޖަހައި ކަންފަތުގެ އެތެރެ ފަޅާލައި، ލޭ ދުއްވާލާފައިވާ ކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ. ވިސާމާއި ލީވާނަށް ހުކުމްކުރިއިރު، މި ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ ކުރިޔަށް ނުގެންދާ ކަމަށާއި މި މައްސަލަ އޮތީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އޮތީ ހުއްޓިފައިކަމަށް ރާއްޖެ ޓީވީން ބުނެ އެވެ.

އަނިޔާކުރި މައްސަލައަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް ނުލިބޭކަން ފާހަގަކުރަމުން މި ބަޔާނުގައި ބުނީ އަނިޔާ ލިބުނު ފަރާތައް އިތުރު އަނިޔާއެއްގެ ގޮތުގައި އަދަބު ކަނޑައެޅުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖެޓީވީގެ ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، މިހާތަނަށް ހަމައެކަނި ނަގާފައިވަނީ މައްސަލައިގެ ބަޔާންތައް އެކަނި ކަމަށް ރާއްޖެޓީވީން ބުނެ އެވެ، ރާއްޖެޓީވީ ރޯކޮށް އަންދައި އަޅިޔަށް ހަދާލި މައްސަލަ އަށް ތިން އަހަރުވެފައި ވާއިރު، މި މައްސަލައިގައި އިންސާފެއް ލިބިފައި ނުވާއިރު، މައްސަލައިގައި ދައުވާކޮށްފައިވާ ހަމައެކަނި މީހާގެ ޝަރީއަތް ވެސް ނުހިންގާކަމަށް ވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެޓީވީން މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދައުލަތުން ވެސް ބޭނުންވީ އިންސާފުގެ ހަމަހަމަކަން ގާއިމުކުރުމުގެ ބަދަލުގައި، ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލަތައް އަވަހަށް ނިންމައި އެންމެ ބޮޑުވެގެންވާ އަދަބެއް ދިނުމަށެވެ. ރާއްޖެ ޓީވީގެ ނޫސްވެރިން ކުރި ކުށަކީ ނޫސްވެރިންގެ ހައްގުގައި ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ޖަމިއްޔާ، ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނެފައިވާ ފަދައިން ރާއްޖެޓީވީގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ހަރަކާތްތަކެއް ކަވަރުކުރުން އެކަންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެނީ އަލްވޭސް، ހަތަރު އަހަރާއި ބަޔަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ޑެނީ އަލްވޭސް، ހަތަރު އަހަރާއި ބަޔަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

24 ފެބުރުއަރީ 2024
ރާއްޖެޓީވީގެ، ވޯލްޑް ކަޕަށް ޚާއްސަ ޕޭޖް ލޯންޗްކޮށްފި

ރާއްޖެޓީވީގެ، ވޯލްޑް ކަޕަށް ޚާއްސަ ޕޭޖް ލޯންޗްކޮށްފި

24 އޮކްޓޯބަރު 2022
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ސުޒޭނުގެ ތަޢުރީފު ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް

ސުޒޭނުގެ ތަޢުރީފު ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް

06 ޖުލައި 2021
ބްރެޒިލްގެ ތަރި ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ބްރެޒިލްގެ ތަރި ރޮބީނިއޯ ނުވަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

24 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު