Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

ރޮނާލްޑޯ އަންނަނީ ރަނގަޅަށް ތަމްރީނު ހަދަމުން: ޓެން ހާގް

ރޮނާލްޑޯ އަންނަނީ ރަނގަޅަށް ތަމްރީނުވަމުންކަން ފާހަގަކޮށް ޓެން ހާގް ބުނީ، ރޮނާލްޑޯ އޭނާގެ އެންމެ ރަނގަޅު ދައްކަމުން އަންނަ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 03:10
ޓެން ހާގް އަދި ރޮނާލްޑޯ

ޓެން ހާގް އަދި ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަނީ ރަނގަޅަށް ތަމްރީނު ހަދަމުން ކަމަށް އެރިކް ޓެން ހާގް ބުނެފިއެވެ.

މި ސީޒަންގައި ރޮނާލްޑޯގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުމުގެ ސަބަބުން ޓެން ހާގް އަންނަނީ ގިނަ ފުޓުބޯޅަ މެޗުތަކުގައި އޭނާ ބެންޗުގައި ބައިންދަމުންނެވެ. ޕްރިމިއާ ލީގުގައި ޔުނައިޓެޑުން އެންމެ ފަހުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޓެން ހާގް ރޮނާލްޑޯ ކުޅުވާފައެއް ނުވެއެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ޓެން ހާގަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފައެވެ.

ޓެން ހާގް ބުނީ މެޗުގައި ކުޅުމުގެ ފުރުސަތު ނުލިބޭތީ ރޮނާލްޑޯ ހުންނަނީ އުފަލުން ނޫން ކަމަށެވެ. ނަަމަވެސް ރޮނާލްޑޯ އަންނަނީ ރަނގަޅަށް ތަމްރީނުވަމުންކަން ފާހަގަކޮށް ޓެން ހާގް ބުނީ، ރޮނާލްޑޯ އޭނާގެ އެންމެ ރަނގަޅު ދައްކަމުން އަންނަ ކަމަށެވެ. އިތުރަށް ޓެން ހާގް ބުނީ ރޮނާލްޑޯ ހުރީ ވެސް ރަނގަޅު މޫޑެއްގައި ކަމަށެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ ފަރިތަކުރުންތަކުގައި ރޮނާލްޑޯގެ މޫޑު ހުންނަ ގޮތާމެދު ވަރަށް ގިނައިން ސުވާލު އަންނަ ކަމަށެވެ. ނަމަވެސް ފަރިތަކުރުންތަކުގައި ވެސް ރޮނާލްޑޯ ހުންނަނީ އުފަލުންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ޓެން ހާގް ބުނީ މެޗުތަކުގައި ރޮނާލްޑޯ ކުޅެން ބޭނުންވާ ކަމަށާއި، އެ ފުރުސަތު ނުލިބުމުން އުފާ ނުވާ ކަމަށެވެ.

މިފަހަރު ވެސް ޓެން ހާގް ވަނީ އޭނާގެ ކުރީގެ ވާހަކަތަކެއް ތަކުރާރުކޮށްފައެވެ. އޭނާ ބުނީ މެޗަކުން ޔުނައިޓެޑު 4-0، 5-1 ނުވަތަ 6-1 އިން ބަލިވަމުންދާ ހާލަތެއްގައި ރޮނާލްޑޯ ނާރުވަނީ ކުރާ އިހުތިރާމެއްގެ ސަބަބުން ކަމަށެވެ. އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ވެދާނެ ގޮތަކާމެދު ކުރާނެ ކަމެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ޔުނައިޓެޑުން ނުކުންނަނީ ރަށުން ބޭރުގައި އޮމޯނިއާ ނިކޯސިއާއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
24 ފެބުރުއަރީ 2017

އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި

24 ފެބުރުއަރީ 2017
އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް