Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ

މިއީ މެސީ އެނބުރި ބާސެލޯނާ އަށް އަންނަ ވާހަކަ ދައްކަންވީ ވަގުތެއް ނޫން: ޒަވީ

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީ އަށް ބަދަލުވީއިރު، އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރު ހަމަވާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2022 | އަންގާރަ 02:38
ޒަވީ އަދި މެސީ

ޒަވީ އަދި މެސީ

މިއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަލުން އެނބުރި ބާސެލޯނާ އަށް އަންނަ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ޒަވީ މިހެން ބުނީ މި ސީޒަނަށްފަހު މެސީ، އޭނާ މިހާރު ކުޅެމުން އަންނަ ކުލަބު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް އަލުން ބާސެލޯނާ އަށް އަންނަން ބޭނުންވާ ވާހަކަ ދެކެވޭ ދަނޑިވަޅެއްގައެވެ.

ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީ އަށް ބަދަލުވީއިރު، އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރު ހަމަވާނެއެވެ. އެއާއެކު ޕީއެސްޖީން އަންނަނީ މެސީ އަށް އައު އެއްބަސްވުމެއް ހުށަހަޅަން ތައްޔާރުވަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މެސީ އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ފީފާ ވޯލްޑް ކަޕަށްފަހު ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މެސީ ބާސެލޯނާ ދޫކޮށްލީ އެ ޓީމުގެ މާލީ ޙާލަތު ގޯސްވެ، އޭނާގެ އެއްބަސްވުން އައު ނުކުރެވުމުންނެވެ. އޭގެ ފަހުން މިހާރު ބާސެލޯނާގެ މާލީ ޙާލަތު ރަނގަޅުވެފައިވާއިރު، ބާސެލޯނާގެ އިސްވެރިން އަންނަނީ ތަކުރާރުކޮށް މެސީގެ ވާހަކަ ދައްކަމުންނެވެ. އެގޮތުން ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އާއި ނައިބު ރައީސް އެޑޮއާޑް ރޮމޭއު ވިދާޅުވީ، މިހާރު މެސީ ބާސެލޯނާ އަށް އައުމަށް މާލީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ލަޕޯޓާ އަބަދުވެސް ބުނާ ވާހަކައަކީ، ބާސެލޯނާ އަކީ މެސީގެ ގެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަވީ ބުނީ، މިއީ އެވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށެވެ. ޒަވީ ބުނީ މެސީ އަކީ އޭނާގެ ވަރަށް ގާތް ރަޙުމަތްތެރިއެއް ކަމަށާއި، މެސީ ހުރީ ޕީއެސްޖީގައި ހިތްހަމަ ޖެހިގެން ކަމަށެވެ. މީގެ އިތުރުން ޒަވީ ވެސް ބުނީ ބާސެލޯނާ އަކީ މެސީގެ ގެ ކަމަށެވެ. އެހެންކަމުން މެސީ އަށް ހަމަޖެހިގެން ޕީއެސްޖީގައި ކުޅުމުގެ ފުރުސަތު ވެސް ދޭން ޖެހޭ ކަމަށް ޒަވީ ބުންޏެވެ.

ޕީއެސްޖީގައި މިއީ މެސީގެ ދެ ވަނަ ސީޒަނެވެ. ފުރަތަމަ ސީޒަނުގައި މެސީ އަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، މި ސީޒަނުގައި މެސީ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މެސީގެ އެއްބަސްވުން އައު ކުރަން ޕީއެސްޖީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބާސެލޯނާލިއޮނެލް މެސީޒަވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު