Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޗާލްސްގެ ފޮޓޯފުޅު ހިމެނޭ ފުރަތަމަ ފައިސާފޮތިތައް

އިނގިރޭސިންގެ އައު ރަސްގެފާނާއެކު، ޒަމާންތަކަކަށްފަހު ފައިސާފޮއްޗަށްވެސް ބޮޑު ބަދަލެއް

އަލަށް ފަރުމާކޮށްގެން ދައްކާލި 5 ޕައުންޑްގެ ފައިސާފޮތީގައި ހިމެނޭ، ރާނީ އެލިޒަބަތުގެ ފޮޓޯފުޅަކީ މުޅިން އާ ފޮޓޯފުޅެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2022 | ހޮނިހިރު 06:49
ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅު ޖަހާފައިވާ ފައިސާފޮއްޗެއް

ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅު ޖަހާފައިވާ ފައިސާފޮއްޗެއް

މަންމާފުޅު އަވަހާރަވުމާ ގުޅިގެން އިނގިރޭސި ރަސްކަމުގެ ތަޚުތައް ދާދިފަހުން އިސްކުރެވުނު ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅާއެކު ފަރުމާކޮށްފައިވާ ފުރަތަމަ ފައިސާފޮތިތައް އާންމުކޮށް ދައްކާލައިފިއެވެ.

ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅު ހިމަނައިގެން އެންމެ ފުރަތަމަ ފަރުމާކުރި ފައިސާފޮތިތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސި 5 ޕައުންޑްގެ ފައިސާ ފޮއްޗާއި، އަވަހާރަވެފައިވާ ރާނީ އެލިޒަބަތު 2 ވަނައިގެ ހަޔާތްޕުޅުގެ ހަނދާނެއް ކަމުގައިވާ 50 ޕެންސް ފައިސާފޮތީގެ ނުފުށެވެ.

ފައިސާފޮތިތަކުން ފެނިގެންދާ ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅުގެ ކުރެހުން ފަރުމާކުރީ އިނގިރޭސި ފަންނުވެރިއެއް ކަމަށްވާ މާރޓިން ޖެނިންގްސްއެވެ. އަސްލަކަށް ބަލާފައިވަނީ، ޚުދު ރަސްގެފާނު ސީދާ ފާސްކުރައްވާފައިވާ ފޮޓޯފުޅެކެވެ. އިނގިރޭސި ސަގާފަތާ އެއްގޮތަށް، ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅު ޖަހާފައިވަނީ ފޮޓޯފުޅުގައި ރާނީ އެލިޒަބަތު އިންނެވި ދިމާއާ އިދިކޮޅު މިސްރާބަށެވެ.

އަލަށް ފަރުމާކޮށްގެން ދައްކާލި 5 ޕައުންޑްގެ ފައިސާ ފޮތީގައި ހިމެނޭ ރާނީ އެލިޒަބަތުގެ ފޮޓޯފުޅަކީ މުޅިން އާ ފޮޓޯފުޅެކެވެ. އަދި 50 ޕެންސްގެ ނުފުށުގައި ބޭނުންކޮށްފައިވާ ފަރުމާއަކީ، 1953 ވަނަ އަހަރު ރަނިކަމުގެ ތަޚުތަށް ރާނީ އިސްކުރެއްވި ދުވަސްވަރު ފެނުނު ފަރުމާއެއްކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސި ރޯޔަލް މިންޓްގެ އިންފޮރމޭޝަން އެންޑް ރިސަރޗް މެނޭޖަރ ކްރިސް ބާކަރ ވިދާޅުވީ، ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅުތައް ފަރުމާކުރެއްވުމުގައި ޖެނިންގްސް ކޮށްފައި ވަނީ ވަރަށް ފުރިހަމަ މަސައްކަތެއްކަމަށެވެ.

އަވަހާރަވެފައިވާ ރާނީ އެލިޒަބަތު 2 ވަނާގެ ފޮޓޯފުޅާއެކު އިނގިރޭސިވިލާތުގައި މިހާރު ދައުރު ކުރަމުންދާ 27 ބިލިއަނެއްހާ ފައިސާ ފޮތި، އަދިވެސް ލީގަލް ޓެންޑަރެއްގެ ގޮތުގައި ބޭނުން ކުރަމުންދާނެކަމަށާއި، ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅާއެކު ފަރުމާކުރި އާ ފައިސާ ފޮތިތައް، މަރުހަލާތަކަކަށް ބަހާލައިގެން ތައާރަފުކުރަމުން ދާގޮތަށް ވަނީ ހަމަޖައްސާފައެވެ.

ޕްރިންސް ޗާލްސް ރާނީ އެލިޒަބަތު 2ޗާލްސްގެ ފޮޓޯފުޅު ހިމެނޭ ފައިސާފޮތިތައް

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

18 އޮކްޓޯބަރު 2025
ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!

ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!

26 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟

ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟

20 ސެޕްޓެމްބަރު 2022
ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު 2ގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި

ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު 2ގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި

20 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި

ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި

20 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު