Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2024

ރަސްގެފާނު ޗާލްސް ބާރުއަޅުއްވަނީ ލޭ މައްޗަށް ދިޔަނުދަނީސް މެޗު ކާމިޔާބު ކުރުމަށް

ގައުމީ ޓީމަށް ފޮނުއްވި މަރުހަބާގެ ރަސްމީ މެސެޖްގައި ޗާލްސް ވިދާޅުވީ ފަހު ވަގުތު ގޯލު ޖަހައިގެން މޮޅުވުމާއި ޕެނަލްޓީ ޖަހައިގެން މޮޅުވުމަކީ މުޅި ގައުމު ޕްރެޝަރަށްދާ ކަމެއް ކަމެއް ކަމަށެވެ. އަދި އެކަމާހެދި ހިތުގެ ހިނގުން އަވަސްވެ، ލޭ މައްޗަށް ދިއުމަކީ ސިއްހީ ގޮތުން ރަނގަޅު ކަމެއްނޫން ކަމަށެވެ.

ރާއްޖެ އެމްވީ | 11 ޖުލައި 2024 | ބުރާސްފަތި 18:20
ކިންގް ޗާލްސް އާއި އިނގިރޭސި ބައެއް ކުޅުންތެރިން

ކިންގް ޗާލްސް އާއި އިނގިރޭސި ބައެއް ކުޅުންތެރިން

ފަހު ވަގުތު ގޯލް ޖަހައިގެން މޮޅުވުމާއި ޕެނަލްޓީ ޖަހައިގެން މޮޅުމުވުމުގެ ބަދަލުގައި އަވަހަށް ގޯލެއް ޖަހައިގެން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދިނުމަށް އިނގިރޭސި ރަސްގެފާނު ޗާލްސް ގައުމީ ޓީމުގެ ކިބައިން އެދިވަޑައިގެންފި އެވެ.

ގައުމީ ޓީމަށް ފޮނުއްވި މަރުހަބާގެ ރަސްމީ މެސެޖްގައި ޗާލްސް ވިދާޅުވީ ފަހު ވަގުތު ގޯލު ޖަހައިގެން މޮޅުވުމާއި ޕެނަލްޓީ ޖަހައިގެން މޮޅުވުމަކީ މުޅި ގައުމު ޕްރެޝަރަށްދާ ކަމެއް ކަމެއް ކަމަށެވެ. އަދި އެކަމާހެދި ހިތުގެ ހިނގުން އަވަސްވެ، ލޭ މައްޗަށް ދިއުމަކީ ސިއްހީ ގޮތުން ރަނގަޅު ކަމެއްނޫން ކަމަށާއި މިހެންވެ އަވަހަށް ގޯލެއް ޖަހައިގެން ކާމިޔާބު ހޯދުމަށެވެ.

އިނގިރޭސިން މުބާރާތުގެ ފައިނަލުގައި ސްޕޭނާ ދެކޮޅަށް ކުޅެން އިނގިރޭސިން ދަތުރުކުރީ އުނދަގޫ މަގަކުންނެވެ. ދެ ވަނަ ބުރުން ކުއާޓާ ފައިނަލަށް ދަތުރުކުރީ ސްލޮވީނިއާ ކޮޅަށް އެންމެ ފަހު ފަސް މިނިޓްތެރޭގައި ޖޫޑް ބެލިންހަމް ޖެހި ގޯލުން ނަތީޖާ އެއްވަރުކޮށް، އިތުރު ވަގުތުގައި ކެޕްޓަން ހެރީ ކޭން ޖެހި ގޯލުން 2-1ން މޮޅުވެގެންނެވެ.

ސެމީ ފައިނަލަށް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން ސްވިޒަލޭންޑް ބަލިކޮށްގެންނެވެ. ޗާލްސްގެ މެސެޖްގައި ފަހު ވަގުތު ނަތީޖާ ނެރެންޖެހިފައިވުމުގެ ވާހަކަ ފާހަގަކުރެއްވީ މިސަބަބާހުރެ އެވެ.

މިއީ ވިދިވިދިގެން އިނގިރޭސިން ފައިނަލް ކުޅޭ ދެ ވަނަ ފަރެވެ. 2021 ވަނަ އަހަރުގެ ފައިނަލްގައި އިނގިރޭސިން ބަލިވީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

މި ފަހަރުގެ ފައިނަލަކީ 1966ގެ ވޯލްޑްކަޕަށް ފަހު ތައްޓެއް ނުލިބި ދިގުދެމިގެންދާ ސިލްސިލާ ނިންމައި ފުރަތަމަ ފަހަރަށް ޔޫރޯ ކާމިޔާބު ކުރުމަށް އަނެއްކާ ވެސް ލިބިފައިވާ ރަނުގެ ފުރުސަތެކެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

01 މާރިޗު 2017
ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!
15 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

15 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު