Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖެކް ގްރީލިޝް

ގްރީލިޝް ބުނަނީ ސިޓީގައި އޭނާގެ އެންމެ މޮޅު ކުޅުން ދައްކާނެކަމަށް

ގްރީލިޝް މެންޗެސްޓަރ ސިޓީއަށް ބަދަލުވީ ލީގުގެ ރެކޯޑު އަގަކަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 30 ސެޕްޓެމްބަރު 2022 | ހުކުރު 02:15
ޖެކް ގްރީލިޝް

ޖެކް ގްރީލިޝް

ސީޒަންގެ ކުރިއަށް އޮތް ތަނުގައި އޭނާގެ އެންމެ މޮޅު ކުޅުން ދައްކާނެކަމަށް މެންޗެސްޓަރ ސިޓީގެ ޕްލޭ މޭކަރު ޖެކް ގްރީލިޝް ބުނެފިއެވެ.

ގްރީލިޝް ބުނީ ފާއިތުވި ދުވަސްތަކުގައި އަނިޔާގެ ސަބަބުން އޭނާގެ އެންމެ މޮޅު ކުޅުމާއި ގާތަށްވެސް ނުކުޅެވޭ ކަމަށެވެ. ގްރީލިޝްއަށް ވަނީ މިދިޔަ އޯގަސްޓު މަހުގައި އަނިޔާވުމުގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައެވެ. މި ސީޒަންގައި ގްރީލިޝް މިހާތަނަށް ކުޅެފައިވަނީ ހުރިހާ މުބާރާތެއް އެއްކޮށްލައިގެން ޖުމްލަ ހަ މެޗެވެ.

އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނުކަން ފާހަގަކޮށް ގްރީލިޝް ބުނީ މިހާރު އޭނާގެ ސަމާލުކަން އެންމެ ބޮޑަށް ހުރީ ފިޓްނެސް ރަނގަޅު ކުރުމަށް ކަމަށެވެ. މިއީ ވަގުތުނަގާނެ ކަމެއް ކަމަށާއި, އެހެން ނަމަވެސް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބޭނީ ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ފިޓްނެސް ހޯދައިގެން ކަމަށް ގްރީލިޝް ބުންޏެވެ.

އެސްޓަން ވިލާގައި ހުރުމަށްފަހު ގްރީލިޝް މެންޗެސްޓަރ ސިޓީއަށް ބަދަލުވީ 100 މިލިއަން ޕައުންޑުގެ ރެކޯޑު އަގަކަށެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހު ސިޓީއަށް ބަދަލުވި ގްރީލިޝްއަށް މިހާތަނަށް ސިޓީއަށް ކާމިޔާބުކޮށްދެވުނީ އެންމެ ލަނޑެކެވެ.

މިކަމާއި ގުޅޭ ގޮތުން ގްރީލިޝް ބުނީ ލަނޑު ޖެހުމާއި އެސިސްޓު ކުރުމަކީ އޭނާއަށް އެންމެ މުހިންމު ކަންތައް ނޫން ކަމަށެވެ. އެއީ އެޓޭކިންގ ކުޅުންތެރިއަކަށް ވަރަށް މުހިންމު ކަމެއް ނަމަވެސް އޭނާގެ ވިސްނުން ހުރީ ފުޓްބޯޅައިގައި ހަމައެކަނި ކަމަކީ ލަނޑު ޖެހުން ނޫން ކަމަށް ގްރީލިޝް ބުންޏެވެ.

ޖެކް ގްރީލިޝްއިނގިރޭސިވިލާތްމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު