Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީގެ މަގުތަކުގައި ތާރު އެޅުން

ރާއްޖެ ވަކިވަކި ޖަޒީރާ ރަށްތަކެއްގެގޮތުގައި އޮތުމަކީ ތަރައްގީއަށް އޮތް ހުރަހެއް ނޫން: އަސްލަމް

ފަހަކަށް އައިސް ތަރައްގީގެ ދުވެލި ވަނީ ބާރުވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 13:55
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

ރާއްޖެ ވަކިވަކި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތުމަކީ ތަރައްގީއަށް އޮތް ހުރަހެއް ނޫންކަމަށް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ، ރާއްޖެ ވަކިވަކި ރަށްތަކެއްގެ ގޮތުގައި އޮތުމަކީ ތަރައްގީއަށް އޮތް ހުރަހެއް ނޫން ކަމަށާއި، އެ ތަރައްގީގެ މައިބަދައަކީ ފެރީގެ ނިޒާމުކަމަށެވެ.

ދުނިޔެ ތަރައްގީވެފައި އޮތަސް ރާއްޖެ ތަރައްގޚވަމުން ދިޔަ ސްޕީޑް ލަސްކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ފަހަކަށް އައިސް ތަރައްގީގެ ދުވެލި ބާރުވެއްޖެކަމަށެވެ. އަދި އޭގެ މައިގަނޑު ސަބަބަކީ ވާދަވެރި ސިޔާސީ ހަރަކާތްތައް ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މީގެ ކުރީގެ ވެރިކަމެއްގައި ވަރަށް ބޮޑަށް ފިކުރު ހުރީ 70 އިންސައްތަ މީހުން މާލެ ސަރަހައްދަށް ޖަމާކުރުމަށްކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ އެއީ ނޫންކަމަށާއި، އެމީހެއްގެ އުފަން ރަށުގައި ދިރިއުޅެން ކޮންމެ މީހަކުވެސް ލޯބިކުރާނެކަމަށެވެ. އަސްލަމް އިތުރަށް ވިދާޅުވީ އަސާސީ ތައުލީމަށްފަހު ރާއްޖެއަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ ދަތުރުފަތުރުގެ ނިޒާމުކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން "ބާރަށް ތަރައްގީ ކުރިއަށްދިޔަ" ޒަމާނުގެގޮތުގައި ތާރީޚުގައި ލިޔެވިގެންދާނެކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހދ. ނައިވާދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި، ޚިދުމަތް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ، އެހެން ސަރުކާރުތަކާ މި ސަރުކާރު ތަފާތުވާނެކަމަށެވެ. އެގޮތުން، މި ސަރުކާރުން ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގަމުންދާއިރު، ރައީސް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ހަމައެކަނި މަޝްރޫއުތައް ނިންމުން ފާހަގަކުރެއްވުމަށް ކަމަށެވެ.

މި ސަރުކާރުން ފެށި މަގު ހެދުމުގެ މަސައްކަތްތަކުގެ ތެރެއިން 5 ރަށެއްގެ މަސައްކަތް މިހާތަނަށް ނިންމާލާފައިވާއިރު، އިތުރު 21 ރަށުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަދި 7 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، އިތުރު 7 ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެއް އެއާޕޯޓުގެ މަސައްކަތް ނިމިފައިވާއިރު، ތިން އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

އިތުރަށް ކިޔާލަން

30 އޯގަސްޓު 2023

ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް

30 އޯގަސްޓު 2023
ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް
29 އޯގަސްޓު 2023

ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް

29 އޯގަސްޓު 2023
ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް
08 އޯގަސްޓު 2023

ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް

08 އޯގަސްޓު 2023
ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް
27 ޖޫން 2023

ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި

27 ޖޫން 2023
ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި
26 ޖޫން 2023

ފްލެޓް ލިސްޓުވެސް އޮތީ ގާތްގަނޑަަށް ނިމިފައި، މާ ގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ - އަސްލަމް

26 ޖޫން 2023
ފްލެޓް ލިސްޓުވެސް އޮތީ ގާތްގަނޑަަށް ނިމިފައި، މާ ގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ - އަސްލަމް
26 ޖޫން 2023

ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން ޖުލައި 15ގެ ނިޔަލަށް - "އެއްވެސް ނަމެއް އުނިވާނެ ކަމަކަށް ނުބެލެވޭ"

26 ޖޫން 2023
ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން ޖުލައި 15ގެ ނިޔަލަށް - "އެއްވެސް ނަމެއް އުނިވާނެ ކަމަކަށް ނުބެލެވޭ"
27 މެއި 2023

މި ސަރުކާރަކީ ވައުދު ފުއްދާ ބައެއް، ހުވަފެން ދައްކާ ބައެއް ނޫން: މިނިސްޓަރު އަސްލަމް

27 މެއި 2023
މި ސަރުކާރަކީ ވައުދު ފުއްދާ ބައެއް، ހުވަފެން ދައްކާ ބައެއް ނޫން: މިނިސްޓަރު އަސްލަމް
27 މެއި 2023

ކިތަންމެ ވަރަކަށް ތޮޅުނަސް މަޝްރޫއުތަކަށް ހުރަސް އެޅޭ ކަންކަން ކޮށްގެން ނުވާނެ: މިނިސްޓަރު އަސްލަމް

27 މެއި 2023
ކިތަންމެ ވަރަކަށް ތޮޅުނަސް މަޝްރޫއުތަކަށް ހުރަސް އެޅޭ ކަންކަން ކޮށްގެން ނުވާނެ: މިނިސްޓަރު އަސްލަމް
23 މެއި 2023

މަކުނުދޫ އެއަރޕޯޓުގެ ކޮންޓްރެކްޓް މަހެއްހާ ދުވަހުގެ ތެރޭގައި ފައިނަލައިޒް ކުރެވޭނެ - އަސްލަމް

23 މެއި 2023
މަކުނުދޫ އެއަރޕޯޓުގެ ކޮންޓްރެކްޓް މަހެއްހާ ދުވަހުގެ ތެރޭގައި ފައިނަލައިޒް ކުރެވޭނެ - އަސްލަމް
23 މެއި 2023

ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފެށޭނީ ކަނޑޫފަލުގެ ސަރވޭއެއް ހެދިގެން - އަސްލަމް

23 މެއި 2023
ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފެށޭނީ ކަނޑޫފަލުގެ ސަރވޭއެއް ހެދިގެން - އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު