Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީނި މަގުގެ ގަސްތައް ކަނޑާ މައްސަލަ

އަމީނީ މަގުގެ ގަސްތައް ކަނޑާ މައްސަލަ މަޖިލީހަށް

މަގުތައް ހަދާއިރު މާލެއަކީ "ހިތްފަސޭހަ" ތަނަކަށް ހެދުމުގެ މަހްފޫމާއި ވިސްނުން ނުގެއްލޭ ގޮތަށް އެ މަގުތައް ހަދަން ޖެހޭ ކަމަށް ވަނީ ބުނެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2022 | ބުދަ 02:07
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ތާރުއެޅުމުގެ މަސައްކަތްކުރާއިރު މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުއެވެ. އެ މައްސަލަ ހުށަހަޅުއްވައި ކުރެއްވި ޓްވީޓެއްގައި ހަސަން ލަތީފް ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ ގަސް ކަނޑާތީ އެކަމުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ވައުދަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި "ޖަޒީރާ ރާއްޖެ މެނިފެސްޓޯ"ގައި އެމްޑީޕީން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިިރިއުޅޭ އެންމެހައި ރައްޔިތުންނަށް ވެފައިވާ މުހިންމު ވައުދެއް ކަމަށެވެ. އަދި މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ޓަކައި ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި ކަމަށާއި މަލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ އޭގެ ތެރެއިން އެއްކަން ކަމަށް ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ބުނެފައިވަނީ މަގުތައް ހަދާއިރު މާލެއަކީ "ހިތްފަސޭހަ" ތަނަކަށް ހެދުމުގެ މަހްފޫމާއި ވިސްނުން ނުގެއްލޭ ގޮތަށް އެ މަގުތައް ހަދަން ޖެހޭ ކަމަށެވެ.

އަމީނީ މަގު ހަދަން ފަށާއިފައިވާއިރު އެ މަގުގައި މިހާރު މަސައްކަތްކުރާ ހިސާބުގައި ހުރި ހިޔާ ދޭ ބޮޑެތި ގިނަ ގަސްތައް ކަނޑަމުންދިއުމަކީ އިންތިހާއަށް ކަންބޮޑުވުން ހުރި ކަމެއްކަން ހަސަން ލަތީފު ހުށަހެޅުއްވި އެ މައްސަލާގައި ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެކަމުން އެތައް ސުވާލެއް އުފެދޭ ކަމަށާއި އަމީނީމަގު ހަދަން ނުފަށައި ބާކީ އޮތް ބޮޑު ބައި ހަދަން ފެށުމާއެކު އެ ހިސާބުގައި ހުރި އެ ފަދަ ބިޔަ ގަސްތައް ކަނޑާލާނެތޯ ސުވާލު އުފެދޭ ކަމަށް ބުނެފައިވެއެވެ.

އަމީނީ މަގުގެ އިތުރުން ވެސް މާލޭގެ އެހެން މަގުތައް ހެދުމުގެ މަސައްކަތް ކުރަން ނިންމާފައިވާއިރު މުޅި މާލެއިން ކިތަށް ގަސް ކަނޑާލަން ޖެހޭނެތޯ އާއި އެ ގަސްތައް ނުކަނޑައި މަގު ނުހެދެނީތޯ ސުވާލު އުފެދޭ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ރަށެއް ނުވަތަ ތަނެއް ހިތްފަސޭހަވުމަށް މެދުވެރިވާ އެތައް ސިފަތަކެއް ހުންނަ ކަމަށާއި އެންމެ މުހިންމު އެއް ސިފައަކީ ގުދުރަތީ ގޮތުން އެ ތަނެއް އުފެދިފައިވާ ގޮތަށް ބަލައި ބޮޑެތި ބަދަލުތައް ނުގެނެސް އެ ތަނެއް ތަރައްގީ ކުރުމުން ލިބޭ ހިތްހަމަޖެހުމައި ހިތްފަސޭހަކަން ކަމަށް ވެސް ވަނީ ބުނެފައެވެ.

މެމްބަރު ހަސަން ލަތީފު މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފައިވަނީ އަމީނީ މަގުގައި ހުރި ގަސްތައް ގެންދަނީ ކ. ކުޑަގިރީގައި ތަރަައްގީ ކުރަމުން އަންނަ ޕިކްނިކް އައިލެންޑަށް ކަމަށެވެ. އަދި އަމީނީ މަގުން ނަގާ ކޮންމެ ގަހަކަށް، އެ މަގު ހަދައި ނިމުމުން ގަހެއް އިންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލިސްއަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު އާރްޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު