Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހި ބަސް

ދިވެހި ބަހުން މުސްތަޤުބަލެއް ނެތްކަމަށް ބައެއް ފަރާތްތަކުން ދެކޭ: އަންވަރު

ދިވެހި ބަސް ދިވެހިންގެ އަތުން ދޫވެގެންދާ ހިސާބަށް ކަންކަން ހިނގަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2022 | އަންގާރަ 03:49
ފެކަލްޓީ އޮފް އާޓްސްގެ ދާރިސް މުއަޙްމަދު އަންވަރު އިބްރާހީމް

ފެކަލްޓީ އޮފް އާޓްސްގެ ދާރިސް މުއަޙްމަދު އަންވަރު އިބްރާހީމް

ޅަފަތުގެ ތައުލީމު ދިވެހި ބަހުން ދޭން ނުޖެހޭ ކަމަށާއި، ދިވެހި ބަހުން މުސްތަޤުބަލެއް ނެތްކަމަށް ބައެއް ފަރާތްތަކުން ދެކޭކަމަށް ފެކަލްޓީ އޮފް އާޓްސްގެ ދާރިސް އަޙްމަދު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފެކަލްޓީ އޮފް އާޓްސްގެ ދާރިސް އަޙްމަދު އަންވަރު އިބްރާހީމް ވިދާޅުވީ، ދިވެހި ބަސް ދިވެހިންގެ އަތުން ދޫވެގެންދާ ހިސާބަށް ކަންކަން ހިނގަމުންދާ ކަމަށާއި، އެކަމުގައި ކޮންމެވެސް ބައެއްގެ އިހުމާލު އޮންނާނެ ކަމަށެވެ. އެގޮތުން ބަލާއިރު، ފަރުދީ ޒިންމާ އަދާކުރެވޭނެ މިންވަރާމެދުވެސް ވިސްނާލަން ޖެހޭ ކަމަށް އަންވަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ޅަފަތުގެ ތައުލީމު ދިވެހި ބަހުން ދޭން ނުޖެހޭ ކަމަށާއި، ދިވެހި ބަހުން މުސްތަޤުބަލެއް ނެތްކަމަށް ބައެއް ފަރާތްތަކުން މިއަދު ދެކޭކަމަށް އަންވަރު ވިދާޅުވިއެވެ.

ޤައުމު އިސް ކުރުމާއި، ޤައުމީ ކަންކަމުގައި ބައިވެރިވުން މިއަދު ގިނަ ފަރާތްތަކުން ދޫކޮށްލާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ، ބައެއް ޤައުމުތަކުގައި މަރުވަމުންދާ ބަސްވެސް ދިރުވާ ކަމަށެވެ. އެއް ކަމަކީ ޒަމާނާއި ޙާލަތާއި ގުޅޭގޮތަށް ބަސް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތްކަން ފާހަގަކުރައްވާ އަންވަރު ވިދާޅުވީ، އެކަމަށްޓަކައި މަސައްކަތް ކުރެވޭ މިންވަރާމެދު ސުުވާލު އުފެދޭ ކަމަށެވެ. އެއީ ބަހަށްޓަކައި ކުރެވޭނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ތުއްތު އިރުން ފަށައިގެން މާދަރީ ބަހަށް އަހުލިވެރި ކުރުވުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް އަންވަރުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.

އަންވަރު އިތުރަށް ވިދާޅުވީ، ޕޯޗުގީޒުން ރާއްޖޭގައި އުޅެފައިވާ އުޅުމުގައި ދިވެހި ބަހުގެ ތެރެއަށް ކޮންމެވެސް ވަރަކަށް އެމީހުންގެ ބަހުގެ އަސަރު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމާގުޅޭ އެކަށީގެންވާ ދިރާސާއެއް ހެދިފައިނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަންވަރު ވިދާޅުވީ، ޔުނިވަރސިޓީގެ ދަރިވަރުންވެސް ބަހުގެ އެކި ދިރާސާތައް ހަދާފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ދިރާސާތައް އާންމުކޮށް، ފުޅާ ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ދިވެހި ބަހުގެ އެކަޑަމީއަށް މުވައްޒަފުންތަކެއް ލައިގެން އެކަނި މި މަސައްކަތްތައް ޙާސިލު ނުވާ ކަމަށާއި، އެކަށީގެންވާ ބަޖެޓު ވެސް ދޭން ޖެހޭ ކަމަށް އަންވަރު ވިދާޅުވިއެވެ.

ޤައުމީ ދުވަހެއް މިއަދު ފާހަގަކުރަމުންދާއިރު، މި ދުވަސް ފާހަގަ ކުރަނީ ކީއްވެތޯވެސް ގިނަ ދަރިވަރުންނަށް ނޭންގޭ ކަމަށާއި، މި ދުވަސް ފާހަގަކުރާ ގޮތަށްވެސް ބަދަލުތަކެއް ގެނެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ބަހަކީ ބަދަލު އަންނާނެ އެއްޗެއްކަން ފާހަގަ ކުރައްވައި އަންވަރު ވިދާޅުވީ، ލަފްޒުތައް އުފައްދާ ފަރާތްތަކުން އުފައްދާ ހުރިހާ ލަފްޒެއް އާންމުކޮށް ބޭނުމެއް ނުކުރާ ކަމަށެވެ. ނަމަވެސް މީޑިއާ ފަދަ ޒަރިއްޔާތަކުން އެފަދަ އައު ބަސްތަަކަށް އަހުލުވެރި ކުރުވުމަށް ދައުރެއް އަދާކުރެވިދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ދިވެހި ބަސްފަށާއިރު

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025
''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު