Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ

ޕީއެސްޖީގައި މެސީ ހުރީ ހިތްހަމަޖެހިގެން، މިދިޔަ އަހަރަށްވުރެ މިއަހަރު ތަފާތު

މި ސީޒަންގައި އޭނާ އަންނަނީ ޕީއެސްޖީއާއެކު މޮޅު ކުޅުމެއް ދައްކަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 02:28
މެސީ

މެސީ

ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

ބާސެލޯނާގެ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ އަހަރުއެވެ. އެ ކުލަބާއެކު މެސީ ހަދާފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ގިނަ އަހަރުތަކަށްފަހު ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ފުރަތަމަ އަހަރުގައި މެސީއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް، މި ސީޒަންގައި އޭނާ އަންނަނީ ޕީއެސްޖީއާއެކު މޮޅު ކުޅުމެއް ދައްކަމުންނެވެ. ގޯލު ޖެހުުގެ އިތުރުން މެސީ އަންނަނީ ގޯލު ޖެހުމަށް އެހީތެރިވެސް ވެދެމުންނެވެ.

ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަލުން އަނބުރާ މެސީ ބާސެލޯނާއަށް ގެންދަން އެ ކުލަބުން ބޭނުންވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ދާދި ފަހުން މެސީ ބުނީ، ޕީއެސްޖީގައި ހިތްހަމަ ޖެހޭ ކަމަށާއި، މިދިޔަ އަހަރަށްވުތެ މިއަހަރު ތަފާތު ކަމަށެވެ. އޭނާ ބުނީ ޕީއެސްޖީއަށް ބަދަލުވީއިރު ވެސް އެކަން އެގޮތަށް ވާނެ ކަން އެނގޭކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން މެސީ ބުނީ ކުލަބާ މެދު ވެސް އޭނާ ހިތްހަމަ ޖެހޭ ކަމަށާއި، ކުޅުންތެރިންގެ ފަރާތުން އެއްބާރުލުން ވެސް ލިބޭ ކަމަށެވެ. އަދި މެސީ ބުނީ ޕީއެސްޖީއާއެކު ކުރިއަށް ގޮސް، ގިނަ ކާމިޔާބުތައް ހޯދަން ބޭނުންވާ ކަމަށެވެ.

މެސީ ވަނީ ޕީއެސްޖީއަށް ބަދަލުވެ މިހާތަނަށް އެ ޓީމަށް ކުޅެދިން 45 މެޗުގައި 17 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް