Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލުން

ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލުމަށްފަހު މައާފަށް އެދުނަސް ރޮނާލްޑޯގެ މައްސަލަ ބަލާނެ

23 ސެޕްޓެމްބަރު 2022 | ހުކުރު 18:42

ރޮނާލްޑޯ އޭނާގެ ކުށް ގަބޫލުކޮށް މައާފަށް އެދިފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 23 ސެޕްޓެމްބަރު 2022 | ހުކުރު 18:42
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

ޕްރިމިއަރ ލީގުގެ މެޗެއް ނިންމުމަށްފަހު އެވަޓަން ސަޕޯޓަރެއްގެ ފޯނު, ކްރިސްޓިއާނޯ ރޮނާލްޑޯ ހަލާކުކޮށްލި މައްސަލަ އިނގިރޭސި އެފްއޭއިން ބަލަން ފަށައިފިއެވެ.

ރޮނާލްޑޯ ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި މިދިޔަ ސީޒަންގައި އެވަޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗަށްފަހު އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ބިންމައްޗަށް އެއްލާލާ، ހަލާކު ކޮށްލާފައެވެ. އޭނާ އެގޮތަށް ކަންތައް ކޮށްފައިވަނީ މެޗުން ބަލިވުމުން ހުރި ނުތަނަވަސްކަމާއި ރުޅިވެރިކަމުގެ ސަބަބުންނެވެ. އެމެޗުން ޔުނައިޓެޑް ބަލިވީ 1-0 ންނެވެ. އެނަތީޖާއާއެކު ޔުނައިޓެޑަށް ވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލިފައެވެ.

ނަމަވެސް ރޮނާލްޑޯ ވަނީ އޭނާއަށް ކުރެވުނު ކުށަށް އެންމެންގެ ކިބައިން މައާފަށް އެދިފައެވެ. މައާފަށް އެދި އިންސްޓަގްރާމްގައި ރޮނާލްޑޯ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދަތި ހާލަތްތަކުގައި ޖަޒްބާތުތައް ކޮންޓްރޯލް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އޭނާއަށް ކުރެވުނީ ގޯސް ކަމެއްކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ އެފަދަ ހާލަތްތަކުގައި ކެތްތެރިވެ، ޒުވާނުންނާއި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ރިވެތި ނަމޫނާއެއް ދައްކަން ޖެހޭ ކަމަށެވެ.

އޭގެ ފަހުން އޭނާ ވަނީ އެކުއްޖާގެ އާއިލާގެ ކިބައިންވެސް މައާފަށް އެދިފައެވެ. އަދި ޔުނައިޓެޑްގެ ސްޓޭޑިއަމްގައި މެޗެއް ބެލުމުގެ ފުރުސަތުވެސް 11 އަހަރުގެ އެކުއްޖާއަށް ރޮނާލްޑޯ ދިނެވެ. އެހެންކަމުން މާސީސައިޑް ފުލުހުން ވަނީ އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައެވެ.

ނަމަވެސް އިނގިރޭސި އެފްއޭއިން ވަނީ އެމައްސަލަ އިތުރަށް ބާލާނެކަމަށް ބުނެ ބަޔާނެއްވެސް ނެރެފައެވެ. އިނގިރޭސި އެފްއޭއިން ބުނީ ކުޅުންތެރިންގެ ޑިސިޕްލިނަރީ ކޮންޑަކްޓާ ހިލާފުވާނަމަ މައްސަލަތައް ބެލޭނެ ކަމަށާއި އެގޮތުން ރޮނާލްޑޯގެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 އެޕްރީލު 2023

މުހިންމު ޕެނަލްޓީ ނާކާމިޔާބުވުމުން ސަކާ މައާފަށް އެދެފި

18 އެޕްރީލު 2023
މުހިންމު ޕެނަލްޓީ ނާކާމިޔާބުވުމުން ސަކާ މައާފަށް އެދެފި
19 ފެބުރުއަރީ 2023

ސަޕޯޓަރެއްގެ ޓެކަލްއަކުން ރޮނާލްޑޯ ސަލާމަތްވީ ކިރިޔާ

19 ފެބުރުއަރީ 2023
ސަޕޯޓަރެއްގެ ޓެކަލްއަކުން ރޮނާލްޑޯ ސަލާމަތްވީ ކިރިޔާ
18 ފެބުރުއަރީ 2023

ޔުނައިޓެޑް މެޗުގައި ބަދަލުކުރުމުން ރުޅިގަދަވިނަމަވެސް، ރަފީނިއާ މައާފަށް އެދެފި

18 ފެބުރުއަރީ 2023
ޔުނައިޓެޑް މެޗުގައި ބަދަލުކުރުމުން ރުޅިގަދަވިނަމަވެސް، ރަފީނިއާ މައާފަށް އެދެފި
16 ފެބުރުއަރީ 2023

މެސީ އާއި ނޭމާ ޕީއެސްޖީގެ ސަޕޯޓަރުން ކިބައިން މައާފަށް އެދެފި!

16 ފެބުރުއަރީ 2023
މެސީ އާއި ނޭމާ ޕީއެސްޖީގެ ސަޕޯޓަރުން ކިބައިން މައާފަށް އެދެފި!
28 ނޮވެމްބަރު 2022

އިދިކޮޅު ޓީމުގެ ކިބައިން މައާފަށް އެދޭ ވަރަށް ބްރެޒިލްގައި ހުނަވެރި ކުޅުންތެރިން އެބަ ތިބި

28 ނޮވެމްބަރު 2022
އިދިކޮޅު ޓީމުގެ ކިބައިން މައާފަށް އެދޭ ވަރަށް ބްރެޒިލްގައި ހުނަވެރި ކުޅުންތެރިން އެބަ ތިބި
20 ނޮވެމްބަރު 2022

ޤަތަރުގެ ދިފާއުގައި ނުކުންނެވީ ފީފާގެ ރައީސް އިންފަންޓީނޯ، "ކުރިއަށް އޮތް 3000 އަހަރު ޔޫރަޕުގެ ޤައުމުތަކުން މައާފަށް އެދެން ޖެހޭނެ"

20 ނޮވެމްބަރު 2022
ޤަތަރުގެ ދިފާއުގައި ނުކުންނެވީ ފީފާގެ ރައީސް އިންފަންޓީނޯ، "ކުރިއަށް އޮތް 3000 އަހަރު ޔޫރަޕުގެ ޤައުމުތަކުން މައާފަށް އެދެން ޖެހޭނެ"
10 އެޕްރީލު 2022

އެވަޓަން ސަޕޯޓަރެއްގެ ފޯނު އެއްލާލުމަށްފަހު ރޮނާލްޑޯ މައާފަށް އެދިއްޖެ

10 އެޕްރީލު 2022
އެވަޓަން ސަޕޯޓަރެއްގެ ފޯނު އެއްލާލުމަށްފަހު ރޮނާލްޑޯ މައާފަށް އެދިއްޖެ
23 އޮކްޓޯބަރު 2019

ގައުމީ ޓީމުގެ މައްސަލައިގައި އެންމެ ފަހުން ސެންޓޭ ވެސް މައާފަށް އެދިއްޖެ

23 އޮކްޓޯބަރު 2019
ގައުމީ ޓީމުގެ މައްސަލައިގައި އެންމެ ފަހުން ސެންޓޭ ވެސް މައާފަށް އެދިއްޖެ
29 އޮކްޓޯބަރު 2017

ދަނޑުމައްޗަށް ކުޑަކަމު ދިޔުމުން ރަތްކާޑު ދެއްކި ކުޅުންތެރިޔާ މައާފަށް އެދިއްޖެ

29 އޮކްޓޯބަރު 2017
ދަނޑުމައްޗަށް ކުޑަކަމު ދިޔުމުން ރަތްކާޑު ދެއްކި ކުޅުންތެރިޔާ މައާފަށް އެދިއްޖެ
08 ޖުލައި 2017

އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ

08 ޖުލައި 2017
އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް